ލ.ގަމުގައި ތެޔޮ ބައުޒަރެއްގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 10:00 ކަންހާއިރު ލ.ގަން ލިންކް ރޯޑްގައި މިއެކްސިޑެންޓް ހިނގީ ބައުޒަރު ދުއްވާފައި ދަނިކޮށް ސައިކަލް ފަހަތުން އައިސް ބައުޒަރުގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާއަށެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ސަމަދު ވިދާޅުވީ، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އޭނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

"މާލެ ފޮނުވުމަށް އާސަންދަ އެޕްރޫވަލް ލިބިފައި ވަނީ، މޯލްޑިވިއަން ޑާޓާޑް ފްލައިޓް ގަޑި ލިބުނީމަ ފޮނުވާލެވެނޭ". ސަމަދު ވިދާޅުވިއެވެ.

ސަމަދު ވިދާޅުވީ، އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި. ފަޔަށްވެސް އަނިތާކެއް ވެފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރެނދު ލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ވެސް ގަމުގެ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެފައި ވެއެވެ. އޭނާ ނިޔާވީ މަގުމަތީ ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނުފޯލި

    މިހާރު އަހަރެން އިންތިހާއަށް ލަދު ގަންނަމު އަހަންނަކީ އަހަންނަކީ ދިވެއްސެކޭ ބުނަން 😢
    އުމުރުން އަދި ފަންސަވީހަކައް އަހަރުވީ އެކަމަކު މިހާރު ލިޔުންތަކުގައި މިހުންނަ ބަސްތަކެއް ދައިތައަކައް ނޭނގެ، ކިތަންމެހާވެސް ދެރަ، އަލުން ބޭބީ ނާސަރީއަށާ ގުރޭޑު މަދަރުސާއަށް ދާންވީ އެކަމަކު އެކަންވެސް ވާނީ ޝަރުތު ހަމަވަންޏާތާ
    ދައިތަ ބޭނުމެއް ނޫން ދިވެހިބަހަށް ހުތުރު އަރުވާކައް ސޯ ދައިތަ ޕީސް އައުޓް ✌️