22:28

ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

22:21

މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ހާލަތު ގޯސްވަމުން އަންނަ ތުރުކީވިލާތުން މިއަދު ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ.

22:00

ރާއްޖެ އިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:24

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ކޮވިޑް-19ގެ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ.

11:09

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިއްޔެ އިތުރު 825 މީހަކު މަރުވެއްޖެ.

10:33

ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.


އަންގާރަ ދުވަހަކީ ފަހަކަށް އައިސް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމި އެންމެ ބޮޑު އެއްނިންމު ނިންމި ދުވަހެވެ. އެއީ ރާއްޖޭން ބޭރުން އަންނަން މީހުންނާއި މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު ބަދަލުކޮށް ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް ނިންމި ނިންމުމެވެ.

ކޮވިޑް-19 ދެނެގަތުމަށް ކޮންމެހެން ވެސް 14 ދުވަސް ވަންދެން މީހުން ކަރަންޓީން ކޮށްފަިއ ބައިތިއްބަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވިދާކުވިތާ ހަފްތާއެއް ނުވަނީސް މިގެނައި ބަދަލުގެ ސަބަބުން ދެން ނިކުންނާނެ ނަތީޖާއެއް އަދި ނޭންގެއެވެ. ކޮވިޑް-19 މިހާތަނަށް ކޮންޓްރޯލް ކޮށްފައިވާ ޗައިނާ، ނިއުޒިލެންޑް އަދި ތައިލެންޑް ފަދަ ގައުމުތަކުގައި ކަރަންޓީން މުއްދަތަކީ 14 ދުވަހެވެ. އެމެރިކާގައި ވެސް ކަރަންޓީން މުއްދަތަކީ 14 ދުވަހެވެ. ނަމަވެސް އެމެރިކާ އިން މިހާރު ދަނީ ކަރަންޓީންގެ މުއްދަތު 7 ދުވަހަށް ނުވަތަ 10 ދުވަހަށް ކުރުކުރުމަށް މަޝްވަރާ ކުރަމުންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 21 މީހުންނެވެ. މިއަދު 33 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނައްޓޫ

  ކުރިން/14ދުވަހުން ނަތީޖާއެގޭއިރު މިހާރު/10ދުވަހުން ނަތީޖާއެގެނީ ކިހިނެއްވާކަމެއް؟

 2. ނިކަމެތިން

  ޢާއިލާގެ ލޯބިވާ މީހުން ނިޔާވީމާވެސް މޫނުދެކެލުމަށްވެސް އަދި ޖަނާޒާގައި ބައިވެރިވުމަށް ވެސް މާލެ ނާރުވާފަ ތިޔަ ޢަމަލުކުރަމުންދާގޮތް މި ހިތްތަކުން ފިލައިގެންދާނެކަމަށް ހީނުކުރާތި....
  ޔާﷲ މި ނުބައި ވެރިކަން އަވަސްގޮތަކަށް ބަދަލުކޮށްދެއްވާނދޭވެ.
  އަދި އަޅަމެންގެ މައްޗަށް ހެޔޮލަފާވެރިން އިސްކުރައްވާނދޭވެ.

  11
  • ޢާލަމީ

   ފަހުން ޢާއިލާގެ މީހުންގެ މޫނުދެކެލުމަށް ދަތުރުކުރެވޭ ގޮތަށް ބަދަލުކުރި

   1
   1