ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ދަށް ކުރަން ނެގި ވޯޓާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދަށް 30 މިލިއަން ރުފިޔާ ދެއްވި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

އަދީބު، ދައުލަތާ އެކު ގާއިމު ކުރި ސިއްރު ބަޔާނެއް ލީކްވެފައިވާ އިރު، އެ ބަޔާނުގައި އަދީބު ވިދާޅުވީ ދެ ފަނޑިޔާރަކު ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު، އަދީބު މަޝްވަރާ ކުރެއްވި ނަމަވެސް ގާސިމް ހުންނެވީ ފަނޑިޔާރުންގެ އަދަދު ފަހަކަށް ދަށް ކުރާ ވިސްނުމެއްގައި ނޫން ކަމަށެވެ.

ގާސިމް އެގޮތަށް ވިސްނުން ހުރުމުން، އަދީބު ދެން ބައްދަލު ކުރެއްވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިލްހާމްއާއެވެ. އަދީބު ވިދާޅުވި ގޮތުން ފަނޑިޔާރުން ވަކި ކުރެއްވުމަށް ޖޭޕީން ވިޕެއް ނެރުމަށް އިލްހާމަށް ފުރަތަމަ ހުށަހެޅުއްވީ 50 މިލިއަން ރުފިޔާއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަމަށް އެއްބަސްވެވަޑައިނުގެންނެވި އަދީބު ވިދާޅުވިއެވެ.

އަދީބު ފަހުން، ވަނީ އެ އަދަދު 30 މިލިއަން ރުފިޔާ އަށް ދަށްކޮށްފައެވެ. އެ ފައިސާ ހަމަ ކުރީ އަދީބު ވިދާޅުވި ގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި "ރޫޓް ރާއްޕެ" އަތުންނެވެ. އެގޮތުން ސަލީމް އަތުން 20 މިލިއަން ރުފިޔާ އަދި ރާއްޕެ އަތުން 10 މިލިއަން ރުފިޔާ ނެންގެވި ކަމަށް އަދީބު ވިދާޅުވިއެވެ.

އެފައިސާ ހަމަ ކުރީ އަދީބު ވިދާޅުވިގޮތުން ރެޑްވޭވް އަހުމަދު ސަލީމް[އޭދަފުށީ ދާއިރާގެ މެމްބަރު] އާއި 'ރޫޓް ރާއްޕެ' އަތުންނެވެ. އެއީ ސަލީމް އަތުން 20 މިލިއަން ރުފިޔާ އަދި ރާއްޕެ އަތުން 10 މިލިއަން ރުފިޔާ އެވެ.

ވޯޓު ނެގުމުގެ ކުރިން 10 މިލިއަން ރުފިޔާ އިލްހާމާއި ހަވާލު ކުރެއްވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދީބު ވިދާޅުވީ ވޯޓުގެ ފަހުން ވެސް އިތުރު 20 މިލިއަން ރުފިޔާ އޭނާ ވާނީ އިލްހާމާއި އެކި ފަހަރު މަތިން ހަވާލު ކުރައްވާފައި ކަމަށެވެ.

ނަމަވެސް އިލްހާމް އެކަން ދޮގު ކުރައްވައި ވިދާޅުވީ އަދީބުގެ ފަރާތުން އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ.އަދި ކޮރަޕްޝަންގެ ތުހުމަތުކޮށް އެއްވެސް މުއައްސަސާއަކުން ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ފަސް އަހަރު ކުރިން 2015 ގައި އޭރުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފައެވެ. އެގޮތަށް ފާސް ކުރުމަށް ޖޭޕީ އާއި އެމްޑީޕީ އާއި ޕީޕީއެމް މެމްބަރުން ވެސް ވޯޓު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ކޮވިޑް

  ހެލޯ ރިޔަލިޓީ...... ، ރިޔަލިޓީ އަކީ މީނަ ސަރުކާރަކާ ގުޅޭނީ މުޅި އާއިލާ އަށް ވަޒީފާ ދޭގޮތަށް އޯކޭ އެއްވެސް ފެންވަރެއް ނެތަސް މީ ރިޔަލިޓީ އަކީ..... އެހެން ވީމަ ޤަބޫލް ކުރެވޭ އަދީބް ތިބުނި ގޮތް ވެދާނެކަމަށް. މެއިބީ އިޓްސް އަ ރިއަލިޓީ ދެއްތޯ؟

  26
  1
  • ކޮރޯނާ

   ކާކު ފެންވަރެއްނެތީ؟

   2
   2
   • އިބިލީސް

    ފެންވަރު ހުންނަނީ ކޮންކަމަކަށްކަން އެބަފެނެއެއްނު. ވަގުންގެ ދިފާއުގައި އެ ވަގުންގެ ކިބައިން ފައިދާލިބޭ ވަގުން ތީ

    • ސްޕައިޑާ

     ފުރަތަމަ އިލްހާމްގެ ހުރީ ކޮން ފެންވަރެއްތޯ ބަލާލަބަލަ. ވަރަށް ސާފްކޮށް މިބުނަނީ އޯލެވެލެގަ ޔޫ ސެޓެއް ލިބުން މީހެއް އިލްހާމަކީ

 2. ސަން

  ކާކު އެއްބަސްވާނީ! މީހުން އަދި ޝަރީޢަތުން ވެސް ކަމުގެ ހަޤީޤަތް ނިންމަނީ އިއުތިރާފަކަށް ނޫން. ވަށައިގެންވާ ކަންކަމާއި ފެންނަ ހުރި ހެކިތަކަށް ބުރަވެ.

  20
 3. އަންނިގެ ހަގު އަނބި

  އަދީބުގެ ސިއްރު ބަޔާންތަކަށް މަދުވަނީ ކަސްބީ އަންހެންކުދިންތަކެއް، ސިޔާސީ ވެރިން ގުނބޯ ހައްދަން... ރައްޔިތުން ބައްދަން....

  25
  3
 4. ޙައްގުބަސް

  ހެހެ ކާކު އެެއްބަސްވާނީ!! އެކަކުވެސް އެއްބަހެއްނުވާނެ!! ޙަގީގަތަކީ އެމްއެމްޕީއާރުއެސްގެ ޚިޔާނާތުގެ ފައިސާގެ ބޭނުން އޭރުގެ ސަރުކާރުގެތެރެއިން އަދީބު ބޭނުންކުރީ ހުރިހާކަމެއްކުރަން!! އެއީ އޭރު ބޭނުންވާ ގޮތަށް ބިލްތައް ފާސްކުރުމުގަޔާއި އެކިއެކި ސިޔާސީ ޑިލްތައް ހެދުމަށް!! މިކަން ކުރުމުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހުރިހާ ވެރިންނާ އެޕާޓީތަކަށް އޭރު ނިސްބަތްވި ގިނަ މަޖްލިސް މެމްބަރުންނަށާ މިހާރު އެއުޅޭ ބައެއް މެމްބަރުންނަށް ލިބުނު!! އެއީ ޙަގީގަތަކީ!! ދެން އަދީބާ ޒިޔަތާއެކު މިހާރުގެ ސަރުކާރުން އެއްބަސްވުންތައް އެކުލަވާލާ ޑީލްތައް ހަދާ ލުއިދީގެން އެއުޅެނީ މިދެމީހުންގެ އަނގަ ބަންދުކޮށް މިސަރުކާރުން ބޭނުންވާގޮތަށް އެމީހުންގެ ބަޔާންތަކާ ވާހަކަތައް ބައްޓަންކުރުވުމުގެ ބޭނުމުގައި!! އަދި އޭރު ބުރޯ ބޭނުންވިގޮތަށް ޑީލްތައް ހަދަން ނަޝީދު އެެއްބަސްވީ އޭނަގެ ޖަލު ޙުކުމުން ސަލާމަތްވުމުގެ ޑީލްއާއެކު!! އެވެސަ ބްރޯއަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައިގެން!! އެމްއެމްޕީއާރުއެސްގެ ޚިޔާނާތުގެ ފައިސާގެ ބޮޑުބައެއް އޭރު އިދިކޮޅު ޕާޓީގައި ތިބި ނަޝީދަށާ އިބޫއަށް ލިބުނުކަމީ މިހާރު ބަޔަކު ޝައްކުކުރާ ކަމެއްނޫން!! މިކަންތައްވެސް ބަޔާންތަކަށް ތިލަވިޔަނުދޭން އަދީބާއެކު ހަދާފައިވާ ޑީލް ކުރިން މިދެންނެވީ!! މިޑީލްތެރެއިން މިމީހުންގެ ވާދަވެރިޔާ އަދި އަދީބުގެ ދުޝްމަން ޔާމީން ގިއްގަޅުވަމުން އެގެންދަނީ!!

  49
 5. ނއަތޮޅު

  ބުނާތީ އަޑުއެހިން ރިޔާސީ އިންތިހާބުގަ މީނަގެ އާއިލާވެސް އެމްޑީޕީއަށް ވާގިވެރިވީ މީނަ ބަންދުކޮށްފަ އޮތީމަ ސަލާމަތްކުރާށޭ.އެކަންވީމަ އެތިބީ އަޅަނުލާ... ނެތް ވަޒީފާތައް އުފައްދައިގެން އާއިލާގެ މީހުންނަށް ވަޒީފާ ދީފަ އެބަތިބި.މީނަ މިނިވަން ވީމަ އެކަން ކޮށްދިން މީހުންގެ ބޮލުގަ ކޮޅުފައިޖަހާފަ. އެހެންވީމަ ކިހިނެތް އެނގެނީ ތި ލާރިއެއްގަ ވެސް ނުހިފާނެކަމެއް.

 6. ހަބީބު

  އެފައިސާ އިން އިލްހާމް މާލޭގައި ފުޅާވިޔަފާރިއެއް ފެއްޓިކަން އެންމެނަށް އެގޭ

 7. އަންނި

  ރަނގަޅު ދޮގުކުރޭ ސާބިތު ނުވަންޏާ އަދަބެއް ނުދެވޭނެ.

  • ކެކެކެ

   ސާބިތު ނުވިޔަސް އަދަބު ދީފާނެ އަލީ ރަޝީދުއާ ހަވާލު ކުރަނިކޮށް.

 8. މިސޮރު

  ދައުލަތާއި އެކު ހެދޭ ސިއްރުބަޔާންތައް ލީކުވާނަމަ އޭގެ މާނައަކީ ދައުލަތުގަ އެއްވެސް ހަމައެއް ލަމައެއް ހަރުދަނާ ކަމެއް ނެތޭ...ފޫނެއް ފައެކޭވެސް ބުނެވިދާނެ...މިކަހަލަ ދައުލަތަކުން ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް އޮވެދާނެ ކަމަށް އުންމީދު ކުރާނީވެސް ސިނކުޑީގެ ބޭނުން ރަނގަޅަށް ނުކުރާބަޔަކު..

 9. އަހްމަދު

  މިހާރުއެއްބަސްވާކަށްނުޖެހޭ އަދީބުއާ ޒިއަތު ހެކިބަސްދިނީމާ ހުކުމްކުރުމުގެ ގާބިލްކަންނެތް ފަނޑިޔާރެއްވިއްޔާ ޖެހޭނީގޭގަހުންނައް ވަރަށްސާފު

  10
 10. ތެނަދޫބެއްޔައު

  ޔާމީނަށް އިންތިޚާބް ގެއްލުމުގެ އަދި ރާއްޖެއަށް މިފަހުގައި ދިމާވި އެންމެހައި ދަތިޙާލެއް ޖެއްސުމުގައި އިސްކޮށް ޙަރަކާތްތެރިވީ މީހެއް މީނާއަކީ! މަޖިލީހުގެ ސްޕީކަރު ސިސްޓަމް ގެ ވާގަނޑު ބުރިކޮށްލީ މީހަކު ތިކަހަލަ ކަމެއް ކޮށްފާނެކަމަށް ވަރަށް ހީވޭ! އަދި ކޮންމެ ސަރުކާރެއްގައި މީނާގެ އައުލާދުންނަށް ވަޒީފާ ހޯދައިދޭ! މިފަހުން ހައިކޯޓުގެ ރަޖިސްޓްރާ އެއްތޯ އެއްޗެއް، އޭގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިނުއަލް ގެ ފަނޑިޔާރުކަން.. މީހުސް މީނާ ކޮއްކޮ މެންނަށް ހޯދައިދޭ ކަންކަން.. މިމީހުން ވަރުބަޔަކު ނެތިގެން ދިވެހިން ހޭކެނޑޭނެ ވިއްޔާ!

  12
 11. ޏ

  ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރީ މޑޕ ގެ ރަތްލާ ޖެހި އިސްމީހުންނެވެ އެއީކޮން ބައެއްކަން އެންމެހާ ރައްޔިތުންނަށް ވަރަށް ސާ ފެވެ ހުދު ފޮތްޗަށް ވާން ކިތަންމެ
  މަސައަކަތެއް ކުރިއަސް އެކަމެއް ނުވާނެއެވެ އަދި އެދައުވާ
  ތައްކުރެވި ބަދަލުވެސް ހޯދޭނެއެވެ އެކަން އެއޮތީ ނުހަނު
  ރީތިކޮށް ނިމި ފައި ކަމަށް ހީ ނުކުރާށެވެ.

 12. ކިނބޫ

  ދޮގެއް ކުރާނެ ކަމެއް ނެތް. އަދީބު ދޮގެއް ނަހަދާނެނު. ކަލޭމެންގެ ވައްކަމުގެ ވާހަކަ ދެއްކީމަތަ ދޮގަށް ވަނީ؟ ތިތިބަގެން އަމިއްލައަށް އޮރިޔާން ވަނީ. ސޭޓުވެސް ޖަނގިޔާ ބޭލޭނެ އަދި. ތާލިޔާ ތާލިތާ.