ފުލުހުންނަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ މާއްދާ އުނިނުކޮށް ލީތަލް ހަތިޔާރު ފުލުހުންނަށް ގެންގުޅެވޭ ގޮތަށް ބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ބިލް ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލް ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓްގައިވާ ގޮތުން ފުލުހުންނަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދޭ މާއްދާއަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް މާއްދާ ހިމެނޭ ގޮތަށް ބިލް އެކުލަވާފައިވެއެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންނާ މަތިކޮށްފައިވާ ޒިންމާ އަދާ ކުރުމަށްޓަކައި ފުލުހުން ގެންގުޅެން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރުގެ ހުއްދައާއެކު ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ހަތިޔާރެއް ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކަމާ ބެހޭ ގަވާއިދެއް ވެސް އެކުލަވާލަން ޖެހޭ ކަމަށް ބިލުގައިވެއެވެ. އެ ގަވާއިދުގައިވާ ގޮތެއްގެ މަތިން އެ ހަތިޔާރުތައް ރާއްޖެއަށް އެތެރެކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ފުލުހުންނަށް ގެންގުޅުމަށް ހުއްދަ ދީފައިވާ ލީތަލް ހަތިޔާރުތައް އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ އުސޫޅުތަކާ އެއްވެސް ފުލުހަކު ހިލާފް ވެއްޖެ ނަމަ އެ ފުލުހަކު ކުރަނީ ޖިނާއީ ކުށެއް ކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ.

ދާދި ފަހުން ފުލުހުން ލެސްލީތަލް ބައެއް ހަތިޔާރު ގެންގުޅެން ނިންމުމުން މަޖިލީހުގައި ބައެއް މެންބަރުން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ މެންބަރުން ވިދާޅުވެފައިވާ ގޮތުގައި އޭގެ ސަބަބުން ބައެއް އޮފިސަރުން ނަހަމަ ގޮތުގައި ބޭނުންކޮށް އާއްމުންނަށް ނުހައްގު އަނިޔާތަކެއް ލިބުމުގެ ފުރުސަތު ބޮޑު ވާނެއެވެ.

ލަފާކުރެވޭ ގޮތުގައި ފުލުހުންގެ ބިލް އަންނަ ހަފްތާގައި މަޖިލީހުން ފާސްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދޯ

    ސަޅިކަމެއް ؟؟؟ މަގު މަތިން ފެލާ ލާފިއްޔާ ޔޯ؟؟

    17
    3
  2. ާއަބޫ

    ޢޮތީ އެންމެ 3 ސުވާލު :
    1- ދިވެހި ފުލުހުން ލީތަލް ހަތިޔާރު ނޫނީ ހަނގުރާމަވެރި ހަތިޔާރު ބޭނުން ކޮށްގެން ހިންގަން ޖެހެނީ ކޮން އޮޕަރޭޝަނެއްބާ ؟ ޢަދި ދިވެހި މުޖުތަމައުގައި ކުށްކުރުމުގެ މާހައުލުގައި އެއްވެސް ވަރަކަށް ލީތަލް ހަތިޔާރު ގެންގުޅޭބާ ؟
    2- ދިވެހި ފުލުހުންގެ އިޚުލާސްތެރި ކަމާއި ގާބިލު ކަމާއި މެދު ގައުމުގެ ބޮޑު ނިސްބަތެއް ސުވާލު އުފައްދާއިރު އެފަދަ ބައެއްގެ އަތްމަތްޗަށް ލީތަލް ހަތިޔާރު ދޫކ ކޮށްލުމަ ކީ ހަމަ ބުއްދިވެރި ނިންމުމެއްބާ ؟
    3- ލީތަލް ހަތިޔާރު ހޯދައި، އެބަލަހައްޓައި، އެއަށް ތަމްރީނު ކޮށް އިތުރު މުއައްސަސާއެއް އެ ކަމަށް ޚަރަދު ކުރުމުގެ ގާބިލު ކަން ރާއްޖޭގެ އިގުތިސާދީ ހާލަތުގައި ވޭބާ ؟
    * ދިވެހި ގާނޫނު އަސާސީ އިން ކަނޑައަޅާފައި ވާގޮތުން ހަނގުރާމަވެރި ނޫނީ އުދުވާނީ އެއްވެސް ހާލަތެއްގައި އެ ކަމަށް ތައްޔާރު ކޮށް އި ކިއުޕް ކޮށްފައި އޮންނަ ގައުމީ ދިފާއީ ވަ ކި ބާރެއް އެބަ އޮތް.
    * މިވަގުތަށް ގައުމުގެ ހަމަ ޖެހުމާއި އިގްތިސާދަށް ކުރިމަތި ވާނެ ބޮޑު ގޮންޖެހުމެއް، ފަހުން ތި ކަމާ ހިތާމަ ކުރާނެ ނިންމުމެއް.
    ﷲ އާއި ވަ ކީލް.

    25
    11
    • ޙައްގުބަސް

      ކަލޯ ހަމަޖެހޭ ވާހަކަ ދައްކާ!! މިއީ 80 އިގެ އަހަރު ތަކެއްނޫން!! ކަލޯގެ ތިޔަ ވިސްނުން ތިހިރީ ނޭފަތުކުރިއާހަމަޔަށް!! ތަންކޮޅަށް ދުރަށް ވިސްނޭ މީހުން މިކަހަލަ ބޮޑެތި ބަދަލުތައް ގެންނަނީ!! ކަލޯގެ ފުތަމަ ސުވާލަކީވެސް ހަމަ އެއްވެސް އޮށްޓަރެއް ހުރި ސުވާލެއްނޫން!! މިމުޖުތަމަޢުގައި ހަނގުރާމަކުރާތީތަ ސިފައިންނަށް މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެން ހަތިޔާރުދީފަ ހުންނަނީ؟ މިހާރު ފުލުހުންނަށް ހަތިޔާރު ފޯރޮށްދީ ވަސީލަތްތައް ގާއިމުކޮށްދެނީ ދުރަށްވިސްނާ ދިރާސާކުރާ ފަރާތްތަކުން ދިރާސާތަކެއްކޮށް ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލާ ރާއްޖޭގެ މަދަނީ މަސްލަޙަތު އެންމެ ރަގަނޅުގޮތުގައި ދިފާއުުކުރުމުގެ ބޭނުމުގައި!! ފުލުހުންނަށް ހަތިޔާރު ފޯރުކޮށް ދެވުނަސް ފުލުހުންގެތެރެއިން ހަތިޔާރު ގެންގުޅޭނީ އެކަމަށް ޚާއްސަ މަދު ބަޔަކު!! ކޮންމެ ފުލުހަކު ކަމަރުގައި ފިސްތޯލައެއް ޖަހައިގެން ނޫޅޭނެ!! އެހެންކަމުން ކަލޯމެންކަހަލަ ނޭފަތު ކުރިއާ ހަމަޔަށް ވިސްނާ މީހުންގެ ކަންބޮޑުވުންތައް ހުންނާނެ!! ދެން ބުރަދައޭ މިކިޔާ މީހުން ވަރަށް މޭގަ ރިއްސާ ކަމެއް ފުލުހުން ހަތިޔާރު ގެންގުޅެވޭގޮތްވުން!! އެކަން ވިޔަނުދޭން އެމަސައްކަތްކުރަނީ ފުލުހުންނާ އެބައި މީހުނާ ވަކިވި ހިސާބުން ފެށިގެން މިއަދާ ހަމަޔަށްވެސް!!

      5
      4
  3. ސަމާ މާލެ

    ވަރަށް ކަޑަ ކަމެއްތީ. ކަމާ ނުބެހޭ މީހުންގެ ގަޔައް ބަޑި ޖަހާނީ.

    33
    9
  4. ބިލްބެރެެޑޭ

    ތި މީހުންނަށް ހަތިޔާރު ދިނީމަ ވައްކަންވެސް އިތުރު ވެދާނެ، މިތާހިންގާ ގިނަ ޖަރީމާތަކުގަ ތިމީހުންގެ އެހީ ލިބޭ
    ތި މިގައުމަށް ޖެހިފަ އޮށް ވަބާއެއް

    27
    7
  5. ގޮނޑި ކޮއްކޮ ސަރުކާރު

    މީވެސް ރައްޔިތުން ބިރތިޔަ ކޮމިޓީގައި ތިބި ރޯނު އެދުރުންނަށް ފުރަތަމަ ލީތަލް ހަތިޔާރަކީ ކޮންއެއްޗެއްކަން އެނގޭބާ؟ ނޭންގޭނެ. ނޭންގޭތީތާ ފުލުހުންނަށް ލީތަލް ހަތިޔާރުދީގެން ކަރުދަންމަޅިއެއްގައި ޖެހެނީ. ނަޝީދުގެ ބޯއީން ބޭނުންވާ ގޮތަކަށް ލީތަލް ހަތިޔާރާއެކު ސަރުކާރު ވެއްޓުމުގެ ކޮޅުމަތި ފެށޭނެ.

    20
    8
  6. ގެރި

    ރައީސް ޔާމީން ދޫކޮށްލުމަށް އެދިގެން ގޮވާ އަޑު ގަދަވާތީ ސަރުކާރަށް ހަޖަމު ނުވެގެން ތެޅޭތަން މި ފެންނަނީ.... ވައުދު ނުފުއްދާ ގުންޑާ އެމްޑީޕި

    25
    7
  7. އެޖެންޑާ ގެރި

    ރައްޔިތުން ދުނިޔޭގަ ތިބީމަ އެކަމާވެސް މި ސަރުކާރުން ހާސްވަނީ؟ ރައީސް ޔާމީން ދޫކޮށްނުލައިގެން ބާއްވާ މުޒާހަރާތައް ހުއްޓުވަން ކުޅޭ ކުޅިވަރަކާ ވައްތަރީ

    18
    2
  8. ޙަމަަ

    ފުލުހުން އަދި ލީތަލް ހަތިޔާރު ބޭނުންކޮށްފައެއް ނުވޭ.
    ދާދި ފަހުން ބޭނުންކުރިޔޭ ތިކިޔަނީ ލީތަލް ހަތިޔާރެއް ނޫން.

    13
    2
  9. އެޖެނެޑާ ފެންނުވަރާ ހިކަނދި

    މިހާރު ޖޫރިމަނާ ދެއްކޭލެއް ލަސްވެގެންތޯ މިކަން މި ކުރަނީ

    16
    1
  10. ޢލީ

    ޢާންމު ރައްޔިތުން އަތުން ދެން ފެނިގެންދާނެ ތި ހަތިޔާރުތައް

    16
    1
  11. ޔާމީން2023

    މަރުހަބާ ރައްޔިތުންގެ ސަރުކާރު ހެހެހެ. އަދިވެސް ނަންވާނީ ހަމަ ޔާމީނު

    13
    1
  12. ޔާމީން2023

    ޑޯން އޮފް އަ ސިވިލް ވޯ. ތެންކިއު ލާޑީނީ އެންޑީޕީ

    13
    2
  13. ކިޔުންތެރިއެއް

    މިހާރު ތި ފުލުހުންގެ މަދުބަޔަކު ރައްޔިތުންނަށް ކުރާ އަނިޔާއަށް އިންސާފް ނުލިބޭއިރު އަދި ހަތިޔާރު ދީފަ ބައިތިއްބަންވީ ދެއްތޯ. ދެން ބަލަންތިބޭތި ހަތިޔާރު ބޭނުން ނުކޮށް ފުލުހުންނަށް އެމީހުންގެ އެއްވެސް ޒިންމާއެއް އަދާނުކުރެވޭތަން ފެއްނާނީ.

    16
  14. ޢާލިމް

    ލީތަލް ހަތިޔާރު ކަމަށް މި ބުނަނީ ފަޔަރއާމްސް ބާ؟

    10
  15. މިކޮމެންޓް ކިޔާލާތި ޚާސަކޮށް އެމްޑީޕީ ކުދިން

    އާތަޖުރިބާއަކުން ރާއްޖެ ތިކޮމެޓިން ފުލުހުނަށް ތިދިން ފުރުސަތު ތިކޮމެޓީ ގައި ތިބިމީހުން ވިސްނާތި އަބަދަކު މިވެރިކަމެއް އަބަދު އޮންނާނެ ކަމަށް ހީނުކުރާތި އެހެވީމާ ތިކޮމެޓިން ތިނިންމި ނިންމަށް ބަދަލެއް ދެންއަންނަ ސަރުކާރެއް ގައި ތިނިންމިނިންމުމާއި އެއްގޮތަށް ފުލުހު ނަށް ހަމައެބާރު އޮންނާނެކަން ދަންނާތި މިވެރިކަން ބަދަލުވި ދުވަހަކުން ފުލުހުނަށް ހަތިޔާރު ހަވާލުކުރުމުގައި ބައިވެރިވެ ރުހުން މިއަދު ފުލުހުނަށްދީ ފަ މާދަމާ ވެރިކަން ބަދަލުވެ މިހާރު އިނދި ކޮޅުގައި ތިބިމީހުން ވެރިކަމަށް އައީމަ ތިބައަގަނޑު ހަމަ އެ ފުލުހުންގެ ދޮޅިދަށަށް އަތްލަން މިއަދު ތިގޮތަށް ކަންތައް ކޮށް ފަ މާދަން މަގުމަށްޗަށް ނުކުތުމަކީ އެމްޑީޕީ .ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ.މީހުންއަބަދުވެސް ހާވަމުން ދާހަޑިޔެއް އަދިތިމާމެން ތިނިންމި ނިންމުން ތަކާއިދެކޮޅަށް ތިމާމެން ތެދުވާން ޖެހޭ ދުވަސް އައުމަކީ ތިބައަގަޑަށް ހަޖަމް ނުކުރެވޭނެ ދުވަހެއްކަން ދަނެގެން ތިބެކުރާކަމެއްކުރާތި!

  16. ލ.ގަމު

    ތިކަންކުރިމިހުން ތިކަމާއި ދެކޮޅަށް ފަހުން މަގުމަށްޗަށް ނުކުމެ ފުލުހުންގެ ދޮޅިދަށަށް އަތްލާދުވަސް އަދި އަންނާނެ ތިކަންތައް ދފެން އަންނަ ސަރުކާރެއްގެ ބޮލުގައި އަޅުވާތި 0ޓޮލަރެންސްގެ ނަމުގައި މުޅި ރާއްޖެ ލޫޓުވާލައި ފި!

  17. ޙ

    ދެރަކަމެއް

  18. ކޮރަލް

    ރާއްޖޭގަ އާއްމުން ހަތިޔާރެއް ނުގެން ގުޅެ އެވެ.

    2
    1
  19. Anonymous

    ޢިޖުލު ގަބީލާގެ މޮޔަސޮރު ބީތާވެއްޖެ ނުކުރަން ޖެހޭ ކަންތައްވެސް އެކުރީ ގައުމެއްވާނެތް ވަޒީފާއެއްގެ ބޭނުމުގައި ތިތަންތަނުގަ އުޅޭ މަރުމޯލުން ކަހަލަ ސޮރު ސޮރުގެ އަތައް ހަތިޔާރު ދޫކުރީމަ ހަތަރެސްކަން ހަމަވެ ނިމުނީ

    1
    1
  20. ހުކޫމަތު

    ކަލޭމެން ހަލާކުވެގެންދާނީ ތިހެން ހަދާ ދެކޮޅުނުޖެހޭ ޤާނޫނުތައް ހެދުމުގައި..އިސްލާމް ދީނާ ﷲގެ ޙުކުމް ފުޅުތަކަށް ގިންޖަހާ ހަދާ އެއްވެސް ޤާނޫނަކުން ޤަވައިދަކުން ކުރާ މަންފާއެއް ނޯންނާނެ. އަބްދުވެސް އިޞްލާހު ހުށަހަޅަން ޖެހޭނީ،....އެއަކުން އަމާންކަމެއް ނާންނާނެ..

    1
    1