ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޑަކަށް އެމްއެންޑީއެފްއިން އެހީވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށެވެ.

އަދި މި ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމާއި "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅެވެ. އަދި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް

ވައްދާފައެވެ. އަދި މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަލޭކާ ދިޔެ

    ތީ ހުސް ދޮގު. މި ސަރުކާރުން ކުޅޭ ކުޅިވަރުގެ ބައެއް ،،،،،،. އޮޅުވާލަން ނޫޅޭ..!