"ވާމްއަޕް" މުޒާހަރާގެ ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަނިޔާވި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން، އިތުރު ފަރުވާ އަށް ސްރީލަންކާ އަށް މިއަދު ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ އޭނާ ހައްޔަރުކުރަން އުޅުނު ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ރާއްޖެޓީވީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އިތުރު ފަރުވާއަށް ހުސެން މިއަދު މެންދުރުފަހު ލަންކާއަށް ދިއުމަށް ބޯޑިންޕާސް ކެނޑިފަހުން ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ކުށެއްނެތް ބަލިމީހަކު އިތުރު ފަރުވާއަށް ފުރަންގޮސް ހުއްޓާ އިމިގްރޭޝަން އޮފިޝަލަކާ ފުލުހުން ގުޅިގެން ހިންގީ ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ރާއްޖެ ޓީވީ އިން ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ފުލުހުން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން، ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މީޑިޔާގައި ދައުރު ކުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ.

އިތުރު ފަރުވާ އަށް ހުސެއިން މިއަދު ލަންކާ އަށް ފުރިއިރު އޭނާ އަށް އަނިޔާވެފައި ވަނީ، އެއްވުމުގައި ބައިވެރިވި މީހުން ފަހަތަށް ނުޖެހުމުން ބާރުގެ ބޭނުން ކޮށްގެން އެފަރާތްތައް ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރި ވަގުތުއެވެ.

މިހާދިސާގައި ހުސެއިންއަށް އަނިޔާވުމާއި ގުޅިގެން އޭނާ އަށް އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވާއިރު، ފަހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ.

ރާއްޖެޓީވީ އިން ބުނިގޮތުގައި، ހުސެއިން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޮތީ ހޭނެތިފައެވެ. އެ ޓީވީން ބުނީ، ފުލުހުން ގަސްތުގައި ހުސައިންއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޕޮފުބާ

  ރާ ޓީވީގެ ނޫސްވެރިޔާ ހައްޔަރު ކުރަން އުޅުނުނަމަ ހައްޔަރުކުރާނެ އެއަށްވުރެމާ ތާއީދު ބޮޑުމީހުން ވެސް ހައްޔަރުކުރެ ނޫސްވެރިޔާއެއީ ވަކިންކާކު

 2. ޣާދިރު

  ތިޔަކަމުގަވެސް ހެދެން ހުރި ދޮގެއްވިއްޔާ ވާނެ ހަދާލަން..

 3. ޢައިޝަތު

  ފިތުނަ ފަސާދަ ބައިގަނޑު... ރ ޓީ ވީ ބަންދު ކުރަން ގޮވާލަން.

 4. ވަހީދު

  މަހިތަޢްއަރާ ރާޓީވީގަ އެއުޅޭ ދޭތެރެޖައްސާ ފިތުނަފަސާދަ އުފައްދާ މީހުންހިތަކަށްނާރާބާ އަދިދުވަހެއްއޮތްކަން

 5. އަހްމަދު

  އެ ގޮ ލާ މަރ ު ވ ެ އ ް ޖ ެ.

 6. ާހ

  ޜާޓީވީ މީހުން ދުވަހަކުވެސް ތެދެއް ނަހަދާނެ..ނޫސް ވެރިން ޕާޓޭ ވައްތަރަށް އުޅޭތީ ވަރަށް ދެރަ...

 7. Anonymous

  ކަލޯ އަނެއްކަ ސަލާމަތުން އާދެވޭނެބާ...!! ނޫސްވެރިންނަކީ ގެއްލޭ ބަޔެއްކަން ހަނދާކޮށް އަރުވަން..

 8. Anonymous

  އަނިޔާއަކީ ކޮންކަމެއްކަން ކިހިނެއް ވާކަމެއްކަން އެގޭނީ އަނިޔާ ލިބުނީމަ. ޙައްްޤަކީ ކޮބައިކަމާ ބާތިލަކީ ކޮބައިކަން އެގޭނީ އެކަމާޖެހުނީމަ. އަނިޔާ ކުރިއްޔާ ކުރި ބަޔަކަށް އެގޭނޭ އަނިޔާ ކުރިކަން. ނޫނީ ނުކުރާކަން. އެކަން ބާއްވާ. އަނިޔާއަށް ޖަޒާދެއްވާނީ ﷲ. ޔަޤިންވާކަމަކީ އަނިޔާއިން ނުފިލޭނެކަން. ކޮންމެސް ގޮތަކުން އަނިޔާވެރިންނަށް އޭގެ ޖަޒާ ދެއްވާނެ.

 9. ހުމާމު

  މަރާނުލިކަން ރަނގަޅެއްނު!