އިންޑިއާ މީހުންގެ ސަބަބުން ދިވެހިންގެ ސަލާމަތް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު (ޝުޖާ) ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިިދާޅުވެފައި ވަނީ އިންޑިއާ މީހެއްގެ ފަރާތުން ދިވެހި ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މާލެ މަގުމަތީގައި ދިވެހި ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އިންޑިއާ މީހުންގެ ފަރާތުން ދިވެހިންގެ ސަލާމަތް ގެއްލޭ ކަމަށެވެެ.

އެ އިންޑިއާ މީހާގެ ޝިކާރައަކަށްވި މީހެއްގެ އާއިލާ މީހަކު ވަނީ އެކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 22:01 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން 54 އަހަރުގެ އިންޑިއާ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް ވަނީ ބިދޭސީންގެ ފަރާތުން އެކި ފަހަރު މަތިން ދިވެހިންނަށް ޖިންސީ ގޯނާ ފޯރާފައެވެ. މިފަދަ މައްސަލަތަކުގައި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މި މައްސަލަ ފެންމަތި ވެފައި ވަނީ މިހާރު އިދިކޮޅުގައި އޮތް ޕީއެެންސީ އާއި ޕީޕީއެމް އަށް ތާއިދުކުރާ ފަރާތްތަކުން އިންޑިއާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެމީހުން ބުނަމުން އަންނަ ގޮތުގައި އިންޑިއާއިން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އިންޑިއާ މީހުންގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    ކުޑަކުދިންނާއިބެހުން،ޖިންސީފުރައްސާރަ ކުރުން ރޭޕްކުރުން މިޤާނޫނު ތަކުގެ ސަބަބުން ކުއްވަނީމަދުބާނޫންނަމަ ގިނަބާ ޔަޤީނުންވެސް ބޮޑެތި އަދަބުތަކެއް ކަޑައެޅިފައި އޮންނަ މިޤާނޫނުތަކުގެ ސަބަބުން ކުއްކުރާމީހުންގެ އަދަދު މަދުވާނެ އެކަމު ކުށުގެ ރެކޯޑް ވަނީ ގިނަ ޤާނޫނުތައް އޮންނަގޮތަށްބަލާއިރު މީހެއްގެ އަބުރުކަތިލާލަން ބޭނުންވެއްޖެނަމަ މިފަދަ ކަމެއްގެ ތުހުމަތު ކޮށް ޕޮލިހަށް މައްސަލަ ހުށައަޅަންވީ އެހިސާބުން އެކަމުގެ އަސްލާއި ހަމަޔަށް ދެވޭއިރު ތާކުންތާކުނުޖެހޭ އެކަމު މީހާގެ އަބުރުގެއްލި މުޖުތަމަޢުއަށް މިހާފަޟީހަތްވެ ބެރަށް ނުކުމެ އުޅެން ނުކެރޭވަރުވޭ ވާހަކަދައްކަން ނޭންގޭ ކުޑަކުއްޖާކުރެން އަހާލަންވީ ކާފަ ތަދުކުރީހޭ އާއެކޭ މިހިސާބުން ކާފަ ރަނގަޅަށްމަޅީގެ ޖެހުނީ މުސްކުޅިވިދުވަހު މުޅިޢާއިލާގެ އަގުވެއްޓި ފަޟީހަތްވީ މިއީ އިތުރަށް ވިސްނަންޖެހޭކަމެއް