މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލޭ ސަރަހައްދުން 32 މީހުން އަދި މީހުން ދިރިއުޅޭ ރަށްތަކުން ދެމީހުންނާއި ރިސޯޓްތަކުން ދެމީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު 36 މީހުން ކޮވިޑް-19 އަށް ފައްސިވީ 1801 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

މިއަދަކީ ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފަހަކަށް އައިސް އެންމެ ގިނަ މީހުން ބަލިން ރަނގަޅުވި ދުވަހެވެ. މިއަދު 153 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެއާއިއެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 898 އަށް މަރުވެފައެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްތަކުގެ އަދަދު ރާއްޖޭގައި މިހައި މަދުވި ފުރަތަމަ ދުވަހެވެ.

މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް 86 އަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު