22:53

ކޮވިޑް-19 ފެތުރުން އެންމެ ދުވަހަކުން ހުއްޓުވާލާ ބޭހެއް ދެނެގަނެވިއްޖެ.

22:35

ކޮވިޑް-19 ޖެހިގެން މިއަދު ވެސް އިޓަލީވިލާތުން އިތުރު 814 މީހަކު މަރުވެއްޖެ.

22:01

ރާއްޖެ އިން އިތުރު 37 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:57

ކޮވިޑް-19 އާއި ގުޅޭ ކުރު ފިލްމެއް ނެރެފި.

https://twitter.com/HPA_MV/status/1334903229860073472

19:14

16:05

11:13

ކޮވިޑް-19: ހެކަރުންގެ ހަމަލާތައް ވެކްސިން ރައްކާކޮށްފައި ހުންނަ ތަންތަނަށް އަމާޒުވާން ފަށައިފި.

08:58

ޗައިނާގެ ސިނޮވެކް ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނެއް އާއްމުކޮށް ދިނުމަށް ތުރުކީވިލާތުން ތައްޔާރުވާން ފަށައިފި.

08:35

ކޮވިޑް-19: ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

08:22

ކޮވިޑް-19 ޖެހިގެެން ފުއްޕާމެއަށް ލިބިފައި ހުންނަ ގެއްލުން ރަނގަޅުވޭ.


ކޮވިޑް-19 އަށް ދުނިޔޭގެ ގިނަ ގައުމުތަކުން ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވެ، ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. މިއަދު މިހާތަނަށް 417,621 މީހަކު ކޮވިޑް-19 އަށް ފައްސިވެ 8,725 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން މިއަދަކީ އަނެއްކާވެސް ރެކޯޑް އަދަދަކަށް މީހުން މަރުވާ ދުވަހަކަށްވުން އެކަށީގެންވެއެވެ.

މިއަދު ރާއްޖޭގެ ހާލަތައް ބަލާއިރު 36 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދަކީ ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފަހަކަށް އައިސް އެންމެ ގިނަ މީހުން ބަލިން ރަނގަޅުވި ދުވަހެވެ. މިއަދު 153 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެއާއިއެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 898 އަށް މަރުވެފައެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްތަކުގެ އަދަދު ރާއްޖޭގައި މިހައި މަދުވި ފުރަތަމަ ދުވަހެވެ.

މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް 86 އަށް މަދުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ....

    ވަގުތު ކުދިންނަށް އަދިކިރިޔާތަ ފެނުނީ ދުނިޔެ ގޯހުން ގޯހަށް ދިޔަތަން...އެހެންވެދާނެތާ ދުނިޔެއަށް ބަލަނީ ނާށްޓެއްގެ ކުޑަލޯވަޅަކުން ކަމަށްވަންޏާދޯ...ވަގުތު ކުދިންނަށް ކެރޭނެތަ މި ވޭތުވެ ދިޔަ 10 އަހަރު ދުނިޔެއިން މަރުވި މީހުންގެ ހިސާބާއި މިއަހަރު މަރުވި މީހުންގެ ހިސާބު އަޅާކިޔާލަން...ނޫސްވެރިކަން ކުރުމަކީ ކޮބައިކަންވެސް އެނގޭ އެހެނަސް ތިވެސް އިންސާނުން ކަމަށްވަންޏާ ގޮތެއްވެސް ހުންނަންވާނެތާ...ދޯ...

    1
    2
    • ތުގުވަ

      ވާނުވާގަތަ؟ ވޭތުވެ ދިހަ އަހަރު ކޮވިޑް އޮތްތަ؟ ބަލީގެ ސަބަބުން ދުނިޔޭގެ ހާލަތު މިއަދު ގޯހަށް ދިޔަ ވާހަކަ ލިޔެފަ އޮތީ