ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން ބުރެވި ބާރު ދަށްވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މި ކޮޅިގަނޑު މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިޔާގެ ކަންޔާ ކުމާރީގެ އިރު އުތުރުން 200 ކިލޯމީޓަރު ދުރުންނެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ ބުރެވި ތޫފާންގެ ބާރު ދަށްވި ނަމަވެސް ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުކޮށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާއި ދެމުދުގައިކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރައްވައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ބުރެވި ތޫފާންގެ ބާރު ދަށްވި ނަމަވެސް މާދަމާ ވެސް މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. ކޮޅިގަނޑުގެ ސަބަބުން މިހާރު އެންމެ ބޮޑަށް ވިއްސާރަ ކުރަމުން ދަނީ އިންޑިއާގެ ކެރެލާއަށެވެ. ކެރެލާ އަށް ވިއްސާރަ ކުރަމުން ދާތީ ކުރިއަށް އޮތް ތިން ދުވަހަކީ ކެރެލާ އަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވެސް ވަނީ ނިންމާފައެވެ. އަދި މަސްވެރިން ކަނޑުމައްޗަށް ނުނިކުތުމަށާއި އާއްމުން ވެސް އައްސޭރިފަށަށް ނުނިކުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަމާ މާލެ

  ރާއްޖޭގެ މެޓް އޮފީހުން ހަދަނީ ހުސް ދޮގު. މިހާރު ކޮންމެ މީހަކައްވެސް އަމިއްލަ ފޯނުން ބަލާލެވޭ ތޫފާން އޮތްތަން. ތޫފާނާ ބެހޭ ހުރިހާ މައުލޫމާތެއް. ސެޓްލައިޓުން ވަގުތުން ވަގުތައް.

 2. ައަލީސަރީފް

  ކޮންއިރަކުން ރާއްޖެ ފޯރާވަރުވަނީ

 3. ޅޮލް

  ﷲ އައް ހަމްދުކުރަން

  2
  1
 4. ކސނދކ

  އެޗްޕީއޭ އިން އެއްބަސްވުމެއްގަ ސޮއި ކޮށްފަ އޮތީ ބުރެވިއާ. ރައީސް ދަތުރުކުރާއިރު މާ ނުފުއްޕަން