ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޔާސީ ހަރަކާތްތައް ހިންގަވަނީ އިދިކޮޅު ފަރާތްތަކުން ކަސްތޮޅު އެޅުވުމަށް ފަހު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށެވެ. ރައީސް ވަނީ ލ. ކައްދުއަށް ވަޑައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލައްވައިފައެވެ. އަދި އެއަށްފަހު ލ. ގަމަށް ވަޑައިގަންނަވާ، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވެއެވެ.

ރައީސް ޓެގް ކުރައްވައި ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލެއްވުމަށް ގޮވާލައްވައިފައެވެ. އަދި ރަށްރަށަށް ދަތުރުކޮށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތެއް އިދިކޮޅަށް ވެސް އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީ ހަރަކާތް ހިންގަވަން އުޅުއްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށް ފަހު،" މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވިއެވެ.

"ހުދުމުހުތާރު ވެރިކަން މި ފެށުނީ،"

ރައީސް ވަނީ ގަމަށް ވަޑައިގެން ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްޠިތާހުކޮށްދެއްވައިފައެވެ.

އަދި ގަމުގައި ތަރައްގީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތިތާހުކޮށް ދެއްވައި އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިސޮރު

    ކުޑަކުދިން އެކުގަ ކުޅެން އުޅެފަ އެއްކުއްޖަކު އަތުގަ އޮންނަ އެތި އަނެއް ކުއްޖާ އަތަށް ނުދިނުމުން ރޮމުންގޮސް ބޮޑެއްޗަށްތިބޭ މީހުންކައިރި ކުރާކަހަލަ ޝަކުވާ އެއް...ފަހަރެއްގަ ވެދާނެ ޖަމީލު އަދިވެސް ސިޔާސީ ގޮތުން ޅަ އީ ކަމަށް ނުވަތަ މި ގައުމުގެ ރައްޔިތުން ނާތަހުޒީބުވުން ނުވަތަ ހޭލުންތެރިކަން ނެތީކަމަށް...

    3
    4
  2. ލޮލްލް

    ދިވެހިންނަކީ ކިހާ ހަނދާންބަލި ބައެއްކަން މީގެން ދޭހަ ވަނީ. މީހެއްގެ 3 އަހަރެއްހާ ދުވަސްކުރިން ސަރުކާރު މީހަކާއި ދިމާއަށް ނިއްކުރި ހިއްލާލި މީހަކުވިއްޔާވެސް އޮތީ ޖަލުގަ. މީޑިއާތައް ރޯކޮށް، ނޫސްވެރިން ޖަަލަށްލާ، ގެއްލުވާލާ، އިދިކޮޅުގަ ތިބި ޕޯޑިއަމެއް ކައިރިއަށް އަރާލަން ކެރުނު މީހަކު ވެއްޖެއްޔާމުން ވެސް ޖަލަށްލާފައި، ދީނީ ޝެއިޚުން ބިރުން އަކުރެއް މީހުން އެއްވާ ތަނެއްގައި ކިޔަން ނުކެރޭ މިންވަރަށް ފިއްތާފައި، އެންމެ ކުޑަމިނުން ތިމާއަށް ވެރިކަން ގެނެސްދިން މީހުންވެސް ޖަލަށްލާފައި، ފޮޓޯގަ އެއިން ގަރަހިތަވެސް ރާއްޖެ ދޫކޮށްދާވަރުކޮއްލާފައި ، މިއަދު ހަމަ މި ގޮލާ ނިކުމެ މުންޖޭ މިކިޔަނީ.... ރަނގަޅު ވާހަކައެއް އަސްލު، ޔާންޓޭ އެންމެ ފުރަތަމަ ދުއްވާލީ އެކުގައި އުޅުނު އައުވާނުން....

    1
    1
    • Anonymous

      ސުބުޙާނަﷲ. ކަލޭ ކޮން ގައުމެއްގަ ތިއުޅުނީ. ލޮލުގަ އަނދުން އަޅުވާ ބޮނޑިބަތް ކެވުނަސް ތިއީ ފުކެއް ބޮޑުވަރު. މިރާއްޖެއަކު ނޫޅެޔޭ ދެން ރީނދޫ ހުން ޖެހިފަ ހުރި މީހުން ދައްކާ ބުހުތާނު ދޮގު ވާހަކަ އަޑުއަހާނެ މީހެއް. މިވެރިކަން އައި ފަހުން އެއްވެސް މީހަކު މަރެއްނުވޭ ނުވެސް ގެއްލޭ ދޯ. ފަރުވާ ކުޑަ ކަމުން ތުއްތު ކުދިންމަރު ނުވޭދޯ.އިދިކޮޅޭމީޑިޔާއޭގޮވަންލަދުކޮބާ

  3. ޔާގުންޑޭ

    ކަސްތޮލު އެޅިފަ ވީނަމަ ކަލެއަށް ތިހެން ނޫޅެވޭނެ.. ކަސްތޮޅުގައި ޖެހިފަ މިވީ މަށެއްނު