ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ލ.ގަމުގައި ބިނާކޮށްފައި އޮތް ސްޓޭޑިއަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ރަސްމީކޮށް ހުޅުއްވައި ދެއްވުމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ލ.ގަމަށް ވަޑައިގެން ރައީސް ޞާލިހް ވަނީ ގަމުގެ ޒޯން ސްޓޭޑިއަމް ރަސްމީކޮށް ހުޅުވައި ދެއްވާފައެވެ. ގަމު ކައުންސިލުން ރައްޔިތުންނަށް ފޮނުވި ދައުވަތުގައި ވިދާޅުވެފައި އޮތީ ރައީސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތަކީ ޒޯން ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ކަމަށެވެ.

ސްނާމީ ކާރިސާގެ ސަބަބުން ގަމުގައި ފްރެންޗް ރެޑްކްރޮސްގެ އެހީގައި ކުރި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ޒޯން ސްޓޭޑިއަމް އިއްޔެ ރަސްމީކޮށް ހުޅުވީ އެސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ފަހުއެވެ. ޓާފް އެޅުމުގެ މަސައްކަތް ފެށީ ރައީސް ޞާލިހްގެ ސަރުކާރުންނެވެ. ނަމަވެސް އެސްޓޭޑިއަމްގެ އިތުރު އެއްވެސް މަސައްކަތެއް ރައީސް ޞާލިހްގެ ސަރުކާރުން ނުކުރެއެވެ.

ރައީސް ޞާލިހްގެ ވާހަކަފުޅަށް ފާޑުވިދާޅުވެ އަދުރޭ ވިދާޅުވީ ރައީސް އަށް އެމަނިކުފާނަށް މުހާތަބު ކުރެވުނީ ކޮންރަށެއްގެ ރައްޔިތުންނާއި ކަން ވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ. "ފޮނަދޫގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް އިއުލާން ކުރެއްވުމުން އަތް ޖަހާނެ މީހަކު ވެސް ނުވި. ގަމުގެ އެތައް މަގެއް އޮތްއިރު ގަމުގެ މަގުތައް ހަދާނެ ވާހަކަ ނުދައްކަވާ އަނެއްކާވެސް ފޮނަދޫގެ މަގުތައް ހަދާ ވާހަކަ ދެއްކެވުމުން ގަމުގެ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ މިސަރުކާރުން އަދިވެސް ކުރިއަށް ގެންދަނީ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކަމަށެވެ.

ރައީސް އިއްޔެ ގަމުގައި އެއްނެޓްވޯކަކުން ކަރަންޓް ދިނުމުގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވިއިރު އެއީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމިފައި އޮތް މަސައްކަތެކެވެ. އެމަސައްކަތުގެ ދަށުން ގަމުގެ ތުނޑީ އަވަށުގެ އިންޖީނުގެ އާބާދުވާ ސަރަހައްދާއި ގުޅާލައި، ތުނޑީ އަވަށުގެ އިންޖީންގެ ނިއްވާލީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ރައީސް އިއްޔެ ލ.އަތޮޅަށް ފެއްޓެވި ދަތުރުފުޅަކީ ރާއްޖޭގެ އެންމެ އަގުބޮޑު އެއްރިސޯޓް ކަމަށްވާ ސިކްސެންސަސް ގައި އާއިލާ އާއިއެކު ޗުއްޓީ ހޭދަކުރެއްވުމަށް ފެއްޓެވި ދަތުރުފުޅެކެވެ. އިއްޔެ ގަމުގައި އޮތް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރޭގެ ވަގުތެއްގައި ރައީސް ވަނީ ޗުއްޓީއަށް ރިސޯޓަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތުއްތޫ ބެއްޔާ

    ރައީސު ގެ ވާހަކަ ފުޅުގައި އެ ސްޓޭޑިއަމްގައި ޓިނު ޖަހާ ވާހަކަ ދައްކަވަން އެމަނިކުފާނު ވަނީ ހަނދުމަފުޅު ނެތިފައި

    14
    5
  2. .....

    ޢެހެންވިއްޔާ ދެން މައުމޫން ގެންދަންދޯ ޖެހޭނީ ހުޅުވަން...އަސްލަކީ ކޮންމެހެން ލުހުވާކަށް މީހަކު ދާކަށްނުޖެހޭނެ...އެވެސް ކުޑަކުރެވިދާނެ ހަރަދެއް...

    7
    2
    • ޝަރަފުލް އަމީން

      އެހެންތަ؟ އައިޖީއެމްއެޗް ވެސް އަދި 1 ފަހަރު ކަލޭ ރަސްމީކޮށް ހުޅުވަންވީއެއްނު.ލަދު ކޮބާ؟

  3. ނާއިލް

    ހުރިހާ ކަމަކަށް އަނގަ ބާނަން ޖެހޭ ހިސާބު ފެއިލް އަދުރޭ
    ދެން ބުރެވި ތޫފާން އޮއްވާ ކިހިނެއް މާފުށި ވަށާ ބުރު ޖަހާނީ މަސްބޯޓުގެ

    6
    19
  4. ކޮރަލް

    އެމްޑީޕީ އިން ވަކި ވާން ވީ އެވެ. އަދި އެހެން މީގުންނަށް ވެސް ނަސޭހަތް ދޭން ވީ އެވެ .

    21
    1
  5. ޢިއްސެ

    މަވެސް މީ ލ ފޮނަދޫ އަށް ނިސްބަތްވާ ޒުވާނެއް.ތީ މައުމޫން ހެދި ތަނެއް ޔާމީން ތިތަން ރީތި ކުރި. ޢިބޫ ވެސް ތިތަން ރީތި ކުރީ. ތީ ކީ އިބޫ ސަރުކާރުން އަލަށް ހެދި ތަނެއް ނޫން. ޢޮޅުވާނުލާ އިބޫ މަހުލޫފް

    22
    2
  6. ބުރެވި

    މަކަރާހީލަތުން ގައުމުހިންގަމުންދާ ސޯލިހު ހަމަބިމަށް ތިރިވާންޖެހޭ ދުވަސް އެބައާދޭ ދެންއޮތީ ބާކީ 3.

    19
    1
  7. ވިސްނާލުމަށް އެދެމޭ

    ފާޑު ނުކިއިއްޔާ ދެރައެއްނުން ..ޝަމްޝުއްދީނުގެ ޒަމާނުގަ ކުރެވިހުރި ބިނާއެއްގެ ބިންގާއަޅަންވެސް ހަފްލާއެއް ބާއްވާފަ އަތްޖަހުވަން ހުރެދާނެ....މިސަރުކާރުގަ ހަމަޖެހޭ އެއްވެސް މީހެއް ހުރިހެން ހީނުވޭ..ހުސްމިކަހަލަ ކަންތައްތަކުރަނީ ސަރުކާރުން...މައްސަލަ ބަލަންވީއޯ 1950ގެ...އަޅެ ހަމަޖެހޭބަޔަކު ނުކުރާނެދޯ ވަގުތުބޭކާރު ކުރަންވެސް މިކަހަލަކަމެ. ދިރާސާކޮށް އަޖުމަބަލަން މޑޕ ކޮއްމެފަހަރަކު ވެރިކަމަށް އަންނަނީ...ދަސްކުރާ ބޯޑު ނައްޓާނުލެވޭ..

    14
    1
  8. ޒަންބެ

    ފާޑުކިޔާކަށް ނުޖެހޭ އަބަދުވެސް ފައިބާ ރައީސް ފަށާ ނުނިމި ހުންނަ ކަންތައް ނިންމާނީ އަ ރރރާ ރައީސް އެއީ ދުނިޔޭގެވެސް އާދަ

    7
    3
  9. ައޮފްބެ

    އަދުރޭ ޓިނުގުނަން ދޭބަލަ!!

    4
    12
  10. ލާމުރަށުމީހާ

    މައުމޫނު ހުޅުވީ ހުސް ފަސްގަނޑެއް.. އޭރު ޓާފެއް ލޮލުން ދެކުނު މީހަކު ނޫޅޭ ރަށެއްގަ..ޔާމީނަށް 5 އަހަރު މާލެ ތައްޤީކޮށްފަ ތި ބޮޑު ދަނޑުގަ ޓާފެއް އަޅާލަން ނުކެރުނު.. 6 ފޫޓު 6 ފޫޓުގެ ރަބަރު ތަރަފާލި އެޅި ފުޓުސެލް ދަނޑުތަކެއް ހެދި ނުއަގުގަ..

    2
    16
  11. ޔާގުންޑޭ

    މަ ހެދި ހުރިހާ ތަނެއް ހުޅުވި ކަން ނޭނގޭތަ ކަލެއަށް..

    3
    2
  12. ޑައިވަރޭ

    ދެން ޔާމީނު ވެރިކަމަށް އަންނަންދެން ނޫނީ އާދޭތޯ ސްޓޭޑިއަމް ނުހުޅުވާ ތިބެންވީތޯ؟؟

  13. މިއަދު

    މިސަރުކާރުން ހިންގާ އަގުބޮޑެތި ބިޔަ ވަރުގަދަ ޕްރަޖެކުޓުތަކަކީ މީދެއްތޯ؟ މިސްކިތެއްގައިނަމަ ކުލަ ބަދަލުކޮސްލާ އަކުން ހުޅުވު. ފްޓޯބޯޅ ދަނޑެއްނަމަ ޕްލޭ އޭރިޔާ ކުރަހަލުމަށްފަހު އަލުން ހުޅުވުން މިސްކިތެއްނަމަ އިމާމުމީހާގެ މުސައްލަ ބަދަލުކޮށްލުން މިހިރަފެންނަނީ ބިޔަ ވަރުގަދަ އަގުބޮޑެތި ޕްރަޖެކުޓުތައް ދެއްތޯ ސާބަސް ރައިސް ސާލުހު

    7
    1