ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރު ގަދަ ވަމުންދާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެ އެެވެ.

މެޓް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސްރީލަންކާގެ ގަލްފް އޮފް މަންނާރު ސަރަޙައްދުގައި އިން "ބުރެވި" ތޫފާނުގެ ދުވެލި މަޑުވެ، ބާރު
ދަށްވެ، ވެއިތުވެދިޔަ 3 ގަޑިއިރުތެރޭގައި ވަނީ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލު ވެފައިވާ ކަމަށެވެ.

އަދި ހއ.ކެލާއިން ފެށިގެން ގާތްގަނޑަކަށް 642 ކިލޯމީޓަރު ދުރުގައިވާ މިކޮޅިގަނޑު، ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް 6 ގަޑިއިރުތެރޭގަ މަޑުމަޑުން ހުޅަނގު ހުޅަނގުދެކުނަށްޖެހި، އިންޑިއާގެ ރާމަނަތަޕޫރަމާއި ތޫތުކުޑި ހިމެނޭ ސަރަޙައްދު ހުރަސްކުރާނެކަމަށް ބެލެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަ ވަމުންދާ ކަމަށާއި، މިކޮޅިގަނޑު ދަތުރު ކުރަމުންދާނީ ދެކުނު ހުޅަނގުދެކުނަށް، ރާއްޖެއާ ދުރަށް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެންވާ ކަަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަރީ

    ތިޔަ ކޮޅިގަނޑު ބާރުގަދަ ވިވަރަކަށް އަވިވެސް ދަނީ ބާރު ވަމުން. ޢަޖައިބެއްކަހަލަކަމެއް.

    3
    5
  2. މެޓު

    ދެން ނެެއްތަ އާވަހަކައެއް

  3. ޖުޙޭ

    ތިކަމެއް ނޭނގެ އެމްއެމްއޭ ކުދިން މަހަށް ދިޔަ މިއަދު.

    • މެޓް

      ކަލޭ އަށް ބޮޑައް އިނގޭނީ

      1
      2