ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، އެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއް ކަމަށެވެ.

އަދި އެއީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހޭކަަށާއި، އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހޭ ކަމަށެވެ. އަދި އެކަން މި ބިލުން ހަސިލުވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ، މި ޤާނޫނުން ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުން ކަށަވަރުވާ ކަމަށެވެ.

"އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުމެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ޙައިޞިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުމެވެ". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަދި ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަން ކަމަށްވެސް ބުނެފައި ވެއެވެ،

ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި ޢާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މިސޮރު

    މަ ހަމަ ހިނި އަންނަނީ...ފުލުހުންގެ ހިދުމަތަށް ހުރަސް އެޅުމަށްޓަކައި ކިތެއްކިތެއް ކަންތައްތޯ އެމް.ޑީ.ޕީ އިން ކޮށްފަ ހުރީ...އަދި ފުލުހުންގެ އަގުވެއްޓޭނެ ކިތެއް ކިތެއް ވާހަކަތޯ ދައްކާފަ ހުރީ...

    17
  2. ސަޓޯ

    އަންނި އަލުން ފަނޑިޔާރުން ހައްޔަރު ކުރީމަ އިޙްތިޖާޖް ނުކުރެވޭނެ ކަހަލަ ބިލެއް ތިއީ..

    20
  3. ބޭބެ

    ފުލުހުންގެ ބިލު ފަރުމާކޮށްފައިވަނީ ވަރަށް ހީލަތްތެރިކޮށް!! ވަރަށް ފަސޭހައިން ބޭނުންވާ މީހަކު މަގާމުން ދުރުކޮށް ވަޒީފާއިން ވަކިކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބިލެތް! އަދި ފުލުހުންގެ ހުވާ ބަދަލުކޮށް ދީނަށްވުރެން ކުރިއަށް ޙައްގުތައްލާ އޮޅުން ބޮޑުކޮށް ފަރުމާކޮށްފައިވާ ހުވައެއް އޮތީ ބިލުގައި!! މިބިލުގައި ރަގަނޅު ކަންތައްތަކެއް ހުރި ނަމަވެސް ބިލުގެ މަައިގަނޑު މަގުސަދަކަށްވެފައި އޮތީ ރައިސް ނަޝީދު ނުވަތަ އެމްޑީޕީން ފުލުުުހުންގެ ކިބައިން ބަދަލުހިފުން!! ފުލުހުންނަށް ގެއްލުން ދިނުމާއި ނިކަމެތި ކުރުމާ އެއްވެސް ބައެއްނޫންކަމަށް ދެއްކުން!!

    23
  4. ހޮޅިމީހާ

    އާ އާމުންގެ ޚިޔާލާ އެކުގަ އޭ މި ބަ އިގަނޑު މިހާރަކަށް އަ އިސް މި ކިޔާނީ ކޮންބަޔަކު އޮޅުވާލަން ވެގެންބާވަ އޭ މަގޭ ހިތަށް އަރާ. އެ އީ ކޮން އާ އްމުނެ އްގެ، ކިހިނެ އް ކޮން އިރަކު ހޯދި ޚިޔާލެ އްތަ؟ ކަލޭމެން ކިތަންމެ ރޭވުމެ އް ރޭވިޔަސް، އެ މަޅި އަކަށް ކަލޭމެންގެ ބޯ މެހޭނެ މަޅި ލާހިކެ އް ނޫން ހޯދާކަށް. އޭތި އޮންނާނެ ތަ އްޔާރީ ހާލަތުގަ އި. ތިބޭ މޮޅު ރޭވުންތަ އް ރާވަން. ﷲ ގެ ތަޤުދީރު ގެ ކުރިމަތީގަ އި އަންނި އަށް އިންޑިޔާ އިން ލަ އިދޭ ޙު އްޖަތް ކަހެރަވަކަކަށް ވެސް ނުވާނެ.

    13
  5. އިޒުރޭލް

    ކެނެރީގޭ ސޮރު އެމަގާމުގައިދެގެން ދިވެހި ރައްޔިތުންނަށް ފައިދާ ހުރިގޮތަކަށް އެއްވެސް ބިލެއްފާހެއްނުކުރާނެ ތީފުލުހުންގެ ބިލް އަދި ސިފައިންގެ ބިލެއްވެސް ފާސްކުރާނެ ދިވެހިން އަދިވެސްތިބެނީ އޭނަހަދާއެއްޗެއްހަދަން އެއީ މިގައުމަށް ޖެހިފަހުރި މުސީބާތެއް

    1
    1
  6. އަލިފުތާ ބެއްޔާ

    ހޯދޭނެ ކުރި އެރުމެއް ކިޔައެއް ނުދެވޭނެ.. އެބިލުން ސަރުކާރު ހާސިލް ކުރަން ބޭނުންވަނީ އެންމެ ކަމެއް ، ދެންހުރި ބައި ތަކަކީ މަތި އޮމާން ކޮށްލަން ދަމާފައި އިން ފަށުވި ފަރުދާއެއް.. ބަލަންތިބޭ

  7. ވަޒީރެއާލާ

    ތިޔަ ބިލުގައި ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދުމުގެ މާއްދާ އެބައޮތްބާ؟