ނ. ހޮޅުދޫގައި ނުރައްކާތެރި އެކްސިޑެންްޓެއް ހިނގައި އަންހެނަކާއި ފިރިހެނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ނިޔާވި ދެމީހުން ނަގާފައި ވަނީ އެރަށުގެ ބަނދަރު ތެރެއިންނެވެ. އެ ދެމީހުން މޫދުން ނެގި އިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި ނިޔާވީ، އުމުރުން 27 އަހަރުގެ ހުސްނާ މުޙައްމަދު އާއި އުމުރުން 26 އަހަރުގެ އަހްމަދު އަދީލް ނަމަކަށްކިޔާ، ދެ ޒުވާނުންނެވެ.

ހޮޅުދޫގައި މިރޭ އެކްސިޑެންޓުވީ ސައިކަލް

ހޮޅުދޫގައި މިރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ދެމީހަކު ނިޔާވިކަން، ހޮޅުދޫ ކައުންސިލުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެކްސިޑެންޓު ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާކަމަށާއި، އެކްސިޑެންޓު ހިނގާފައިވަނި މިރޭ 1:45 ހާއިރުކަމަށް ބެލެވޭ ކަމަށް، ހޮޅުދޫ ކައުންސިލުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ރިޕޯޓްކޮށްފައި ވަނީ، އެ ސަރަޙައްދުން ދިޔަ މީހަކަށް، އެކްސިޑެންޓުވި ދެމީހުން ފަޅު ތެރެއިން ފެނިގެންނެވެ. ނަމަވެސް އޭނާއަށްވެސް އެކްސިޑެންޓް ހިނގި މަންޒަރު ފެނުނުކަމެއް އަދި ޔަޤީނެއް ނުވެއެވެ.

ހޮޅުދޫގައި އެކްސިޑެންޓުވި ސައިކަލް ފަޅުތެރެއިން ނަގަނީ

ހޮޅުދޫ ކައުންސިލުން ވިދާޅުވީ، ޢާންމު ފަރާތަކުން މި ހާދިސާ ރިޕޯޓްކުރިތާ ފަސް ވަރަކަށް މިނެޓު ތެރޭގައި، ފުލުހުންނާއި ގުޅިގެން އެކްސިޑެންޓުވި ދެ މީހުން ފަޅުތެރެއިން ނެގި ކަމަށެވެ. އަދި އެވަގުތު އެމީހުންގެ އެއްވެސް ޙަރަކާތެއް ނެތްކަމަށާއި، އެހެން ނަމަވެސް އޭރު އެމީހުން ތިބީ ނިޔާވެފައިކަމެއް ނޭނގޭ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ބެލެވޭގޮތުގައި މި އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިނީ ނިޔާވި އަންހެން މީހާއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގެ މަޢުލުމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 1:30 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުނާއި ސައިކަލް ނަގާފައިވަނީ އެރަށު ފަޅުތެރެއިން ކަމަށާއި، އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލުމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި، މިރޭގެ އެކްސިޑެންޓުގައި ނިޔާވި އަންހެންމީހާ އަކީ، ހޮޅުދޫގައި ކުޅިވަރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. އެގޮތުން ފުޓްބޯޅަ، ބަށި، ނެޓްބޯޅަ އަދި ބެޑްމިންޓަން ކުޅުމުގައިވެސް އޭނާއަކީ އެރަށުގައި ފާހަނގަކޮށްލެވޭ ޒުވާނެކެވެ. އެނގިފައިވާގޮތުގައި، އޭނާގެ މަންމަވެސް ވަނީ ކެންސަރު ބައްޔަށް ފަރުވާދެމުން ދަނިކޮށް މި އަހަރުގެ ތެރޭގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ތުނިޔަ

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން!

  2. ބުރުގާ

    ރަގަޅައް ބައްލަވާލައްވައިގެން އިދެ، ސައިކަލު އަތްގަނޑައް ކޮޅުނެތްކޮޅައް އަނބުރާލީމާ ދެން ޖެހޭނީ ފަޅުތެރެއިން ނަގަން. #ވަރައް ވާހަކަ

    • ހުސެން

      މައްޔިތާއަށް ހެޔޮދުއާކުރުން ވެސް މިހާރު ނެތީތޯ؟ ތިބާ ވެސް މަރުވާނެ ދުވަހެއް އަންނާނެކަން ހަނދާން ކުރާތި، އަދި އެއީ ކޮންދުވަހެއްގެ ކޮންވަގުތެއްގައި، ކޮންކަމެއް ކުރަނިކޮށެއް ނޭގޭނެ.

  3. ާއަަހުސަނު

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން!

  4. ޒާޔާ

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން!

  5. ޖޯން

    ކަންހިގީ އެއްގަޑި ސާޅިސްފަހޭގައި މަސް ސަޅަ ޕޮޅިހުންނައް ރިޕޯޓުކުރީ އެއްގަޑި ތިރީހުގައި

  6. احمد

    إنا لله وإنا إليه راجعون

  7. މާމިގިލީ މީހާ

    މާމިގިލި ބަނދަރަށް ވެއްޓުނު މީހާ ސަލަމަތް ވި.މާ ފޫންވާނެ. އަމިއްލެޔަށް ވެެއްޓުނުނަމަ ކޮންމެވެސް އެކަކު ސަލާމަތް ވިސް.

  8. ކަޅުސޮރު

    ބުރުގާމެންނައް މާބޮޑަށް އިނގެނީ މިހާރު ޖަޖްކޮށްލީ......

  9. ޒާޔާ

    إنا لله وإنا إليه راجعون

  10. ބިސް

    ކައުންސިލުން މަޢުލޫމާތު ދިނީ 1:45 ހާއިރުކަމަށް އެކްސިޑެންޓް ހިގީ އެކަމު ފުލުހުންނަށް އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ 1:30ގަ.. މީ އަޖައިބެއް.. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން..

    • ކުކުޅުއަޅާއެ

      އެއީ ދެމުއައްސަސާގެ ދެގަޑި. ފުލުހުންގެ ގަޑިއާއި ކައުންސިލްގެ ގަޑީގައި އެވަރުގެ ތަފާތެއް ހުރެދާނެ. ދުނިޔޭގެ އެއްގައުމުން އަނެއް ގައުމަށްވެސް ގަޑި ތަފާތުވޭ.

      • ޚއުންސިލާ

        ކުރިމަތީ ހުންނަ ދެ އިމާރަތުގެ ގަޑީގައި އެވަރުގެ ފަރަގު ހުރުން ހަމަ މައްސަލައެއްނޫންބާ

  11. މަރީadam

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން

  12. މަރީ

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން

  13. މ

    އަޖައިބެއް ނުވާނެތަ، މީގަ ނުބައެއް ވާހެން ހީވޭ އެބަ، ދެރަ ކަމެއް.

  14. ނަސީރު

    إنا لله وإنا إليه راجعون

    • ނާނަ

      إنا لله وإنا إليه راجعون

  15. ނަާ

    إنا لله وإنا إليه راجعون

  16. ޟަ

    ތި ވީ ގޮތެއް ބުނެދޭން ވެއްޖެ އެއްނު....ސުވަރުގޭގެ ނިޢުމަތް މަރުޙޫމުންނަށް މިންވަރު ކުރައްވާށި

    • ޢަބޯ

      إنا لله وإنا إليه راجعون

    • މީ

      އާމީން ޔާﷲ

  17. އަޙުމަދު

    އަމުދުން ރޯދަމަހު، ދަންވަރު، ހިލޭ އަންހެކާ ފިރިހެނެއް، އަހަރުމެންގެ އުޅުންވެސް

    އިސްލާހުވާން އެބަޖެހޭ. ދިމާވީ ހިތާމަވެރި ހާދިސާއެއް. ދެ ފުރާނަ އަށް ވެސް ﷲ ގެ

    ރަޙުމަތް މިންވަރު ކުރަށްވާށި. އާމީން

  18. މުހައްމަދު

    إنا لله وإنا إليه راجعون

  19. ޟަނndދdn

    އޭ ބަލަ މީގަވާގޮތެއް ނޭންގެ އެއެނު... އެކްސިޑެންޓްވީ 1:45 ގަ.... އެކަމު އެކްސިޑެންޓު ހިގައިފިކަން އެގިއްޖެ 1:30 ގަ....އެވީ ކިހިނެއް...

  20. މޯޑު

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން!

  21. ހޮޅުދޫ މޭން

    އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއަުން.ބުނެވޭ ގޮތުން އެއެކްސިޑެންޓް ގައި ވީގޮތަކީ ވާޓަރުގައި ސައިކަލް ޖެހުނީ.

  22. މާސްޓަރ

    05 މިނެޓްތެރޭގައި ފުލުހުން. ތިއައީ ހަމަ ގައިމުވެސް ރޯދައަށް ހުރެ ހެދުނު ދޮގެއް.

    • ޕުރޯ ބުރޯ

      ބަލަ ޕޮލިސް ސުޓޭސަން އިންނަނީ ބަނދަރުގައޭ، ކީވެތަ ނާދެވެންވީ

  23. އަލީ

    إنا لله وإنا إليه راجعون

  24. މީ

    إنا لله وإنا إليه راجعون

  25. ކިޓީ

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން!

  26. ސައީދު

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން

  27. ީ

    إنا لله وإنا إليه راجعون

  28. ސީނު

    އެކްސިޑެންޓް ވީތަންފެނިފައެއްނެތް، ދެހަށިގަނޑު ނެގީ މޫދުން. ދެން ކިހިނެތް އިނގުނީ ސައިކަލު ދުއްވަން އިނީ އަންހެން މީހާ ކަމެއް..

    ދެން މިތާ އިބްރަތްލިބިގަންނަންވީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަން. ވީމާ ﷲ އަށް އުރެދުންތެރިވެފައިވާ ޙާލަތެއްގައި މަރުބައްދަލުކުރަން ނޭދި ހެޔޮއަމަލެއް ކުރުންމަތީ ހުއްޓައި ދުނިޔެއާއި ވަކިވުން މުހިންމު....

  29. ޟމމ

    إنا لله وإنا إليه راجعون