ފުލުހުންގެ ތެރެއިން ބަޔަކު އިސްވެގެން ސަރުކާރު ވައްޓާލަން "ބަޣާވާތް" ކުރަން އުޅެފިނަމަ ނުވަތަ ކޮށްފިނަމަ އެކަމުގައި ބައިވެރިވި ވަކިވަކި ފުލުހުންނަށް ވަކި ކުށެއްގެ ގޮތުގައި ދައުވާ ކުރެވޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަޣާވާތް ކުރުމަކީ މިހާރު ވެސް ކުށެކެވެ. ސަލާމަތީ ހިދުމަތްތަކޭ ބެހޭ ކޮމިޓީއިން ބިލު ދިރާސާކޮށް އެކުލަވާލި ބިލުގެ ރިޕޯޓްގައި ފުލުހުންގެ ކުށްކުށާ ގުޅޭ ވަކި ބާބެއް ހިމަނާފައިވެއެވެ. އެ ގޮތުން ފުލުހުންގެ ތެރޭގައި ބަޣާވާތް ކުރުމަކީ ކުށެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލް ދިރާސާކޮށް ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ފުލުހުންގެ ތެރޭގައި ނުވަތަ އެހެން ބަޔަކާ ބައިވެރިވެގެން ބަޣާވާތް ކޮށްފިނަމަ ނުވަތަ ބަޣާވާޓް ކުރަން އެޅިނަމަ އެއީ ކުށެކެވެ.

ބަޣާވާތް ކުރަން ރޭވުމާއި ބަޣާވާތަށް ހިތްވަރު ދިނުމާއި އެހެން ބަޔަކު ބަޣާވާތް ކުރަން ރާވަމުންދާ ކަން އެނގިހުރެ ފުލުހަކު އެ ކަން ސިއްރު ކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނާއިލާ

    ފުރަތަމަ ކެނެރީގެއާ ގުޅުންހުރި ފުލުހަކު ހުރިއްޔާ އެކަންކުރޭ. ޜާއްޖޭގެ އަސްލު ބާގީން

    37
  2. ......

    ދިވެހި ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތައް ހުށައަޅާ މެމްބަރުންނާއި ދެކޮޅަށްވެސް ގާނޫނު ހެދެންވާނެ...
    ދިވެހި ގާނޫނު އަސާސީގެ ދަށުން ވެރިކަމާއި މަޖްލިސް އަކީ ސާފުކޮށް ބާތިލް ގޮތުގައި ވާ ތަންތަން...އެހެންވީމަ ބާތިލް މަޖްލިސް އަކުން ހަދާނީވެސް ބާތިލް ގާނޫނުކަމަށް ކަނޑައެޅިގެން ދާނެ...ތިތަނުން ހަދާ އެއްވެސް ގާނޫނަކަށް އަހަރެން ކިޔަމަންވެ ބޯ ނުލަނބާނަން.....

    39
    1
  3. ޙައްގުބަސް

    މިއީ ފުލުހުންގެ ކިބައިން ބަދަލުހިފަން ނަޝީދު އަޑީގައި ހުރެގެން އެމްޑީޕީން ފަރުމާކުރާ ބިލެއް!! މިބިލް ތަސްދީގުވާ ދުވަހުން ފެށިގެން މަޑުމަޑުން ވިސްނުންތެރިކަމާއެކު ފުލުހުންނަށް ފިޔަވަޅުއަޅަމުން ވަކިކުރަމުންދާނީ!! މިއީ އަނިޔާވެރިންގެ ހުރި އަނިޔާވެރިކަން އިތުރަށް ދައްކާލަން ރާވާފައިވާ ބިލެއް!! މިހާރު ތިހެން ބިލްތައް ހަދައިގެން ފުލުހުން ކުޑަކަކުލަށް ތިރިކޮށް ފުލުހުންނަށް އަނިޔާދެވިދާނެ!! މިހާރު އަނިޔާ ދޭ މީހުން މާދަމާ އެކަން ހިތިގޮތަކަށް ތަޖުރިބާވެސް ކުރާނެ!! އަބަދަކު ބާރުވެރިކަންމަތީ ދެމިތިބެވޭނެކަމަށް ހީކުރުމީ ކުށްހީއެއް!! ފުލުހުންނަށް ރަގަނޅަށް ކަންތައްތައް ކޮށްދީގެން ލޯބިހޯދުމުގެ ބަދަލުގައި އަނިޔާވެރިކަން އިސްކުރާނަމަ އެކަން ހަމަ ހިތިގޮތަކަށް ފަހުން ކުރިމަތިލާންޖެހޭނެ!! ވެރިކަމަކީ ބަދަލުވާ އެއްޗެއް!!

    51
    2
    • ސާމިޔާ

      އެހެންނޫނީ ބަޣާވަތުން މަޖިލީހުރަ އޫސް ބަދަލުކުރަން އުޅޭހެންހީވަނީތޯ އްޗެ؟؟

  4. ސްނޭޕް

    ސަޅި

    5
    32
  5. ސްނޭޕް

    މީ ރައީސް ޔާމީން ނިންމަވާފައިވާ ކަމެއް

    6
    47
  6. ގެރި

    ވެރިކަން ވެއްޓިދާނެތީ ޖަނަވާރުތައް ބިރުން ތެޅެނީ..

    52
    3
  7. ޤައުމު

    ވެއްޓެން ކައިރިވުމުގެ އަލާމަތްތައް !

    33
    2
  8. ބީރާ

    ވެރިކަންވެއްޓޭނެ ކަމުގެ ޔަގީންކަން އޮއެގެން ބިރުންތެޅިބާލަނީ ކޮންމެގޮތަކަށް ގާނޫނުހެދިޔަސް ސަރުކާރު ވަށްޓަންއުޅޭބަޔަކު އެކަންކުރާނެ.

    31
  9. އަބްދޫ

    ފެބްރުއަރީ 7 2012 އަކީ ބަގާވާތް ކުރިކަމަށް ހަދަން އުޅުނަސް އެކަމެއްނުކުރެވޭނެ. ގާނޫނުއަސާސީގެ 64 ވަނަމާއްދާގަ ބުނަނީ އައިރުގާނޫނީ އަމުރަށް ތަބަނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ، މިހެން ވުމުން ފުލުންގެ މައްޗަށް ފުލުހުންގެ ވެރިޔާ ކުރާ އަމުރަކި ގައިރުގާނޫނީ އަމުރެއްކަން ކަސަވަރު ކުރެވެހިނދު އެ ވެރިޔާގެ އަމުރަށް ތަބާނުވުމުގެ ހައްގު ފުލުހުންނަށް ގާނޫނުއަސާސީން ލިބިދިފާ ވޭ. ގާނޫނުއަސަސީގަޑުބަޑުކޮށްބާރު ތައް އތަސް ނެގިކަމަށް ލިއުއްވާ ގާނޫނުއަސަސީ ހުއްޓިފައިވާކަން އިއުލާންކޮށް ހުރެމެ.6 ފެބްރުއަރި 2012 ދުވަހުގެރޭ އާޓިފަިސަލަބީޗް ގާ ތަޅަފޮޅުމާ މާރާމާރީ އާ ހަމަނުޖެހުން ހިންގުމަށް ރައީސުލްޖުމަހޫރިއްޔާގެ މަގަމުގަ ހުންނަވައިގެން ގ.ކެނެރީގެ މުހަންމަދުނަސި ދު ކުރެއްވި އަމުރުތަކަށް ތަބާނުވުމުގެ ހައްގު ހުރިހާފުލުހުންނާ ސިފައިންނަށް ލިބިގެންވޭ. އައިރުގާނޫނީ އަމުރޭ މިބުނަނީ އާޓިފިސަލް ބީޗްގަ ބަޔަކު މުޒާހަރާކުރަމުން ދަނިކޮށް ގ.ކެމެރީގެ މުހައްމަދު ނަސީދު ގެއަމުރަށް އެމްޑިޕީ ން މީހުން ގަލަލަޓިބުރިއާއެކު އާޓިފިސަލް ބީޗަށް ވަނުމުން ފުލުހުން އެދެމެދަށް ވަދެ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންފެށުމުން ނަސީދު ތަޅާފޮޅުމަށް ހިތްވަރުދީ ފުލުހުންއެދެމްދުން ނިކުތުމަށް އެންގި އެންގުން ގައިރުގާނޫނީ އަމުރަކަށް ނުވާނެ އެއްވެސް ގޮތެއްނޫންނާން. އަދި ހަވާލުވާނެބަޔަކު އައުމުން ދާނެކަމަށް ބުނުމުން ހަވާލުވާން ސިފައިން ފޮނުވާ ސިފައިން ހަވާލުވުމުން ފުހުހުން އެތަނުން ނިކުމެގެން ދިއުމުން ސިފައިންނަށް އަމުރޔުކޮށް އެދެމެދުން ސިފައިންނެރެ ތަޅަފޮޅުމަކަށް ތަނުގެ ހާލަތު ބަދަލު ކުރުވުމަކީ ރައީސުލްޖުމްހުރިއްޔާގެ މަގަމަގުގާ ހުންނެވި ބޭފުލަކު ކުރެއްވެވިދާނެ އަމުރަކަށް ނުވާތީ އެއަމުރާ ހިލާފަށް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމުގަ ހިފާ އަމަލުކުރުމަކީ ފުލުހުންނާ ސިފައިންގެ ހުވަޔާއެއްގޮތަވާ ގާނޫނީ އަމަލެއްކަންޔަގިން. ވީމާ ގައިރުގާނޫނީ އަމުރު ކުރިފަރާތަށް ގާނޫނީ އަދަބު ލިބެންވާން.

    32
    2
  10. Anonymous

    މާތްﷲ އިރާދަކުރަ އްވަ އިފިނަމަ މިބިލް ތަސްދީގުކުރާ ދުވަހަކީ މިވެރިކަމުގެ ނިމުން ކަމުގަ އިވެސް ވެދާނެ، ތިމާމެން ހިތުހުރި ގޮތަކަށް ކަންކަން ކުރުމާ އި ބޮޑާވެ ކިބުރުވެރި ނުވާށެވެ.

    33
  11. ......

    ޢަނެއް ބޮނޑިބޯންތޯއްޗެއް އެ އުޅެނީ...ދެންވެސް ގޯސްވާނީ އޮބިނޯވެގެން ކަމެއް ކުރީމަ ކުރާމީހާ

    29
    1
  12. މާމީ

    ބަޚާވާއް ކުރި ފުލުހުންނައް ދައުވާ ކުރެވޭނެ. ހުކުމް ކުރި ހުރިހާ ފަނޑިޔާރުން ވަކިކުރެވިއްޖެ.

    19
    3
  13. ބޮއިކަޓް ޢަލީ

    މިއަދު އިސްތިއުފާ، މާދަމާ ބަގާވާތް. ރަގަޅަށް ބަލާލީމަ އިއްޔެ ހުރީ ބޮއެގެން

    25
    1
  14. ނާޝިޒް

    މިޤައުމުގަ ދުވަހަކުވެސް ފުލުހުން ބަޣާވާތެއް ނުކުރޭ 7 ފެބުރުއަރީ އެއީ ޤައުމައްޓަކައި ފުލުހުންވީ ޤުރުބާނީއެއް .. ސާބަހޭ ދިވެހި ފުލުހުން ލީތަލް ހަތިޔާރު ގެންގުޅުން ހުއްދަކުރީ ފުލުހުންގެ ތެރޭގައި ތިބި ޤައުމު ދެކެ ލޯބިވާ ބައެއް ފުލުބުންގެ ދުވަސް ދުއްވާލަން ކުރިކަމެއް ... ހާސްނުވޭ ތިޤާނޫން އުވާލާނަން...

    31
    3
  15. އަލީ

    ފުރަތަމަހަދަންވީ ޔޫތުމިނިސްޓަރީގެ އޮޑިޓުރިޕޯޓުގައިވާ 210 މިލިއަންރުފިޔާސަރުކާރައް ލިބެންޖެހޭބިލެއް މީވެސްވަޣާވާތެއް

    4
    1
  16. ޙހ

    ފުލުހުންނައް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބޭނަމަ ފަނޑިޔާރުންނައްވެސް އެމިނިވަންކަން ލިބެންވާނެ.

    1
    1
  17. އޭއާރު

    ފުލުހުންނާއި ސިފައިން ހައްޔަރުކުރެވޭނެ ގޮތެއްހަދާ ބިރުދެއްކޭތޯ ކޮންމެހެންވެސް ބަލަންވާނެ. ވަގުންނާ ޓެރަރިސްޓް އަމަލުތައްހިންގިމީހުންނާ މަސްތުވާތަކެތި ވިއްކާ އުމުރައްޖަލައްލީ މީހުން މިނިވަންވެ ނިޝާން ގާޒީ އިއްޒުދީން ގެ ޝަރަފުވެރި ލަގަބުދީ އެމީހުންގެ އަޅުންނައް ސިފައިންނާއި ފުލުހުން ހެދިގެން ނުތިބޭނަން. ވއޓނ. ބރގނނނ.

    4
    1
  18. ހުވަދޫ މީހާ

    ބަގާވާތަކުން މި ވަގު ސަރުކާރު ވައްޓާލެވިއްޖިއްޔާ މިފަހަރު މި ބިލު ހުށަހެޅު މީހާގެ ކަންތައްވެސް ނިންމާލާނަން! ވަރަށް ޔަގީންކަމާއެކު މިބުނީ!

    5
    1
  19. Anonymous

    ކޮސްނުގޮވާ ތިބެބަލަ

  20. Anonymous

    ވާނުވާ

  21. ކޮވިޑް

    މީ ބަދަލް ހިފުމެއް ބޭނުމަކީ އިބޫ ވެރިކަން ވައްޓާލުން ،ނަސީދު ސީދާ އިބޫ އަށް ކުރާ ޖެއްސުން،މި ނަސީދާ މައުމޫނާ ހުރި ކޮންތަފާތެއް ސިޔާސީ ގޮތުން، ވެރިކަން ލިބުނީމަ ނުވާނޭ ހޯ ހޯ އޭކިޔާފަ ފިލީ، މިއަދު އިބޫ ވެރިކަމުގަ ހުރީމާ މޭކަރާ ތީ ނަސީދާ މައުމޫން ގެ ސީ ދާ ރޭވުމެއް މީ