ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސަރަ ކުރާނެ ކަމަށާއި،ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ރާއްޖެގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން އުޅެނީ 5 ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވަނީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން މިއަދު މެންދުރު ވިދާޅުވިގޮތުގައި، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރު ގަދަ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދު

    ކަލޭމެން ކިޔާއެއްޗެއް ދުވަހަކުވެސް ދިމައެއް ނުވޭ.

    5
    1
    • އަހުމަދު

      ތި ބުނީ ހަމަ ހެޔޮކޮށް.. ވާރޭ ވެހިވެހި ފެންބޮޑުވެ އެއްދުވަސް ވީމަ ނެރޭނެ އެލާރޓް!!