މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 37 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލޭ ސަރަހައްދުން ވަނީ 30 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށުން ދެމީހުން، ރިސޯޓްތަކުން ދެމީހުން އަދި ސަފާރީތަކާއި ޔޮޓްތަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

މިއަދު 37 މީހަކު ކޮވިޑް-19 އަށް ފައްސިވީ 1753 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

އިއްޔެ ރާއްޖެ އިން 36 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 45 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދަކީ 890 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 78 އެވެ.

މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން 708 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަތޮޅުތަކުގެ ރަށްތަކުގައި 27 މީހުން ރިސޯޓްތަކުގައި 55 މީހުން، ޔޮޓްތަކާއި ސަފާރީތަކުގައި ތިން މީހުން ރިސޯޓް ތަރައްޤީ ކުރަމުންދާ ރަށްތަކުގައި 96 މީހުން އަދި އިންޑަސްޓްރިއަލް ރަށެއްގައި އެކަކު ކޮވިޑް-19 އަށް ފައްސިވެފައި އެބަހުއްޓެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް 47 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު