ކުރިއަށް އޮތް 10 ދުވަސްތެރޭގައި ތެލަސީމިއާ ސެންޓަރު ޢިމާރާތް ކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެން ވިދާޅުވީ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގަންނަވާ، ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމާއި ގުޅިގެން އާއްމުކުރެއްވި ޚަބަރެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަޙައްދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަސް ސްޓޭންޑް ހުންނަ ސަރަޙައްދާއި، އައު ޕާކުކުރާ ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ވަޑައިގެންނެވި ކަމަށެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ފައިޞަލް ނަސީމް އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ މަޝްރޫޢުތައް ކުރިއަށްދާ ގޮތުގައި މަޢުލޫމާތު ނައިބު ރައީސް ފައިޞަލް ނަސީމާއި ޙިއްޞާ ކުރައްވާފައެވެ.

"މި ގޮތުން، ސެންޓްރަލް ޕާކުގައި ކުރަމުންދާ މަސައްކަތްތައް އަންނަ މަހު ނިންމައިލެވޭނެ ކަމަށާއި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ތެލަސީމިއާ ސެންޓަރު ޢިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމުގައި އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވިއެވެ." ރައީސް އޮފީހުގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް 10 ދުވަސްތެރޭގައި ތެލަސީމިއާ ސެންޓަރު ޢިމާރާތް ކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން މިވިދާޅުވީ ފަހަކަށް އައިސް ތެލެސީމިއާ ސެންޓަރާއި ގުޅިގެން ތެލެސީމިއާ ކުދިންގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. ތެލެސީމިއާ ސެންޓަރު މިހާރު ހިންގަމުން ގެންދާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި އިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހެލްތް

    ޚަބަރު ނިމުނިއިރުވެސް ނޭނގުނު ތެލަސީމީއާ ސެންޓަރު އަޅަނީ ކޮންތާކު ކަމެއް؟ މިހާރުގެ އިމާރާތް ތަޅާލާފަ އެތަނުގައި ހަދަނީތަ؟ ނޫނީ އެހެންތަނެއްގައި އަޅަނީތަ؟

  2. ާށް.

    ކިިހިނެެއް؟ ކޮން ވަސީލަތްތަކާ އެކީ؟..... ކުއްލިއަކަށް "އިމާރާތް ކުރަން ފަށާނެ" އޭ ބުނުމުން ނިމުނީ ތޯ؟....

  3. އަހްމަދު

    ޗެއާރމަން ބެޓެރީ ކޮބައިބާ !

  4. ރާބޯ

    މި އުޅޭ ލާދީނީ ބަ އިގަނޑު ލަދެ އްވެސްނުގަނޭތަ މަސް ވެރިން ކުރިމަށްޗަށް އަރަން ލަދުހަޔާތް ކުޑަޔަސް ނޫނޭ ތި އީ ބޮޑުވަރު މިމާމެންގެ މުޅި އުމުރު ދުވަހު ވެރިކަމުގަ އި ތިބެވޭނެ ކަމަށް ހީކުރާނަ އެއީތިމާމެންގެ އަމި އްލަ އެނދުން ވެރިކަމެ އް ވަގަށް ނަގަ އިގެން ވެރިކަމަށް އަރާފަ އިވެސް ވަ އްކަން ދެންކިހިނެ ވަ އއކަން ކުރުމުގަ އިވެސް ހަ އްދުފަހަނަ އަޅާފަ އި ދޮގު ހެނދުމުގަ އިވެސް އިންތިހާ އެކަމަކު 0-ޓޮލަރެންސް ސޯ މިރީނދޫ ބަ އިގަނޑަށް ކިޔާނެނަމެ އް ނޭގެ ކިޔާފަ ނުކިޔާނެ އެ އްޗެ އްވެސްނޭގެ!

  5. ޑރ. ރާމީ ހަސަން މަނިކު މ. ވައިނުޖެހޭގެއާގެ

    ދުންޔާ ވަނީ ނަސީމް ގެ ޤާބިލް ކަމާއިމެދު ޓްވީޓް ކޮށްފައެވެ. މިއީ ވަރަށް ބޭއިންސާފު-ވެރި ކޮށް ކުރި ޓްވީޓެއް ކަން ހެލްތު މިނިސްޓްރީ އިން ކަންތައްތައް މިގެންދަވާ ގޮތުން ފެނިގެން އެބަދެއެވެ. ހަމަ މީހަކު ތާކު ހުއްޓެކޭ ކިޔާފައި ދެއުޅިއެއް ނުވާ ޓްވީޓް ކުރީމާ ޤައުމަށް ލިބޭނީ ގެއްލުންކަން ވިސްނާލުމަކީ ވެސް އޮންނަކަމެކެވެ. ކޮންމެއަކަސް، މައުމޫނު ގެ ދަރިންނާއި މައުމޫނު އުޅުނީ އަހަރުމެންގެ ޖީބުން ލާރި ނަގައިގެން ބޮޑުސިންގާހަ، އެތައް މިލިއަން ޑޮލަރެއްގެ ގަނޑުވަރެއް އަޅައިގެންނެވެ. އެ ގަނޑުވަރު ގައި ގަލޯޙާއްޖަ ކުރަން ހުރި ފާޙާނާތަށިތައް ވެސް ހުރީ ރަން އެކުލެވޭ ގޮތަށް ރަނުންނެވެ. ވީމާ އެ ގަނޑުވަރުން ބޭރުކޮށްލާ، ނެރެނު ބަޔަކާއި ދޭތެރޭ ގަދަރުޅި އައުމަކީ އެކަށީގެންވާ ކަމެކެވެ. ދުންޔާ ކުރާ ޓްވީޓް ތައް ހުންނަނީ އެއްވެސް ހެއްކެއް ނުދައްކައެވެ. ނަސީމް ޤާބިލް ނޫނޭ ބުނާއިރު، ނަސީމް ވަޑައިގެން "ޓްރިނީ ކޮލެޖް" އަކީ ސީދާ އިނގިރޭސިން ބިނާ ކުރިތަނެކެވެ.

    2
    8
    • ޝައްފަ

      ދުންޔާ ގެ ޓްވީޓް ތަކުގައި ހުންނަނީ ހަމަނުޖެހޭ ވާހަކަ. ގަނޑުވަރުން ބޭރުކޮށްލީމަ ނަސީމް ދެކެ ގަދަރުޅި އައީ ދުންޔާ. ހައްހައް ގަލޯޙާއްޖަ ޖަހާފައި އޮތީމާ ވަރަށް ހިނިއައި. އަސްލުވެސް ފާޙާނާ ތަށިތައް ގަނޑުވަރުގައި ހުރީ ރަނުން! ކެރޭކަން ދުންޔާ މެނަށް. ރައްޔިތުން ގެ ލާރީގަ ރަނުން ފާޙާނާ ތަށި !

  6. ލޭއަޅާ ކުއްޖެއް

    2020 ގައި ތިޔަބުނާ ތެެލެސީމިއާ ސެންޓަރު އަޅަން ބިން ބެއްލެވި. ޢަދި ރައީސް އޮފީހުންވަނީ ޕރެސް ރިލީސް އެއް ނެރެފަ 2020ގައި. ޥެރިކަން ނިމެންވީމަ ހުރިހާކަމެއްވެސް ވޭ. 2023ގައި ހެލްތް މިނިސްޓަރ ބައްދަލުކުރުމުން ބުނީ ރާއްޖެއަށް ޓުއަރިސްޓުން އާދޭތޯ ދުޢާކުރާށޭ. ބެޖެޓް ނެތޭ. މިހާރު މާވަހަރެއް ލިބުނީ ތޯ އެެއްޗެއް.