22:08

ރާޢްޖެ އިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:35

ސްރީލަންކާ އިން މިއަދު 669 މީހަކު ކޮވިޑް-19 އަށް ފައްސިވެ ހަތް މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައި.

21:31

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ހޮސްޕިޓަލްތައް ފުރިފައިވާތީ ބައެއް ސްޓޭޓްތަކުގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އާއިލާތަކުން އެމީހުންގެ އާއިލާ މެންބަރުން އެޑްމިޓް ކުރާނެ އައިސީޔޫ ހޯދަން ފޭސްބުކްގައި ޓްވިޓާ ފަދަ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ސަލާންޖަހަން ފަށައިފި.

20:29

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި.

15:38

ދުނިޔެއިން 13 ވަނަ އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޕޮލެންޑުން އިތުރު 502 މީހަކު، އެ ބަލީގައި މަރުވެއްެޖެ،

15:17

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 508 މީހަކު މަރުވެއްޖެ.

10:59

ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދަތުރުފަތުރު ކުރުން ހިފަހައްޓާފައިވާ މި ހާލަތުގައި ހާއްސަ އިސްތިސްނާގައި ދައުލަތުގެ ވެރީންނާއި ހިދުމަތްތެރީން ދަތުރު ކުރަން ހުއްދަ ދީފައި ވިޔަސް އެ އިސްތިސްނާގެ ދަށުން ސަރުކާރުގެ ވެރީންގެ އާއިލާތައް ދަތުރު ކުރަން ހުއްދަ ދެވިގެން ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ.

10:38

ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއިން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި.

10:06

ނޮވެމްބަރ މަހު ރާއްޖެއަށް 35000 ފަތުުރުވެރިން ވަނީ ޒިޔާރަތްކޮށްފައި ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަކޮށްފި.

08:24

ކޮވިޑް-19: އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، ހޮސްޕިޓަލްތައް ފުރެނީ!


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ އިތުރު ވަމުންނެވެ. ހާއްސަކޮށް ހުޅަނގު އެމެރިކާ ބައްރާއި ޔޫރަޕްގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި، އަދި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ވަނީ 678713 މީހަކު ކޮވިޑް-19 އަށް ފައްސިވެ އަދި ކޮވިޑް-19 ޖެހިގެން 12678 އަށް މީހުން މަރުވެފައެވެ.

މިއަދު މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އަށްވުރެ ގިނަ މީހުން މިއަދު މަރުވުމުގެ ފުރުސަތު އެބައޮތެވެ. މިއަދު މިހާތަނަށް 421,439 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 8,010 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތައް ބަލާއިރު މިއަދު ވެސް ރާއްޖެ އިން ވަނީ 37 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގުތް

    މީހުން ބިރުގަންނަވަން ފާޑްފާޑުގެ ވާހަކަ ނުދައްކާ ތިބެބަލަ!!