އަލީ ވަހީދު ޖޭޕީއާ ގުޅިވަޑައިގަތުމަކީ ރަހްމަތުގެ ވިލާގަނޑެއް ލިބުން ފަދަ ކަމެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބައެއް ބޭފުޅުން ގުޅިވަޑައިގަތުމަށް ޖަރުމަންވިލާތުގެ ފްރެންކްފާޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިވަގުތުވެސް އޮތް އެންމެ ކާމިޔާބު ސިޔާސީ ޕާޓީ އަކީ ޖުމުހޫރީ ޕާޓީ ކަމަށް ވިދާޅުވެ މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އަލީ ވަހީދުގެ އިރުތުން ޖުމްހޫރީ ޕާޓީއާއި ރޭ ގުޅިވަޑައިގެންނެވި އެހެން ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.

ގާސިމު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މިހާ ކައިވެރިވެފައި ވަނިކޮށް ޖޭޕީއާ ގުޅިވަޑައިގަންނަވާ އިލްމީ ބޭފުޅުންނާއި ތަޖުރިބާ ހުރި ބޭފުޅުންގެ އަދަދު އިތުރުވެފައިވުމަކީ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމަށެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ކުރިއަށް އޮތް ޖޫން މަހުގެ ފަހު ދިހައިގެ ތެރޭގައި އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެެވެ.

"ޕާޓީގެ އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކޮންގްރެސްގައި ހުށަހަޅާނަން. އަދި އަސާސީ ގަވައިދަށް ގެނެވޭ ބަދަލާއެކު ޖޭޕީގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާނެ" ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ ޕާޓީއަށް ރައީސްއެއްގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"މިކަންކަން ކުރިއަށް ދާނީ ޑިމޮކްރެޓިކް ހަމަތަކާ އުސޫލުތަކާ އިންތަކާމިންތަކުގެ ތެރެއިން ކަން އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުންނަށް ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަށް ވެސް ބަދަލުތައް ގެންނަނީ ކުރިމަގު ހޯދުމަށާއި ކާމިޔާބު ހޯދުމަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ހުރިހާ ދާއިރާތަކަކުންވެސް ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ހޯދައިދިނުމަށް އަބަަދުވެސް ދަތުރުކުރާނީ އިރުއަރާ ކޮޅަށް ކަމަށާއި އިރުއޮއްސޭ ކޮޅަށް ނޫން ކަމަށެވެ.

"މިފަހަރު މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު. އިންތިހާބު ކާމިޔާބު ކުރާނީ 70 އިންސައްތަ ވޯޓާ އެކު" ގާސިމު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން ޖުމްހޫރީ ޕާޓީ ބަލައިގެންފައި ނުވާ ދުވަސްވަރެއް ނެތް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ ނުލައި ރިޔާސީ އިންތިހާބުކޮށް ވެރިކަން ހޯދުނު އެއްވެސް ޕާޓީއެއް ނެތް ކަމަށް ފެންނަން އޮތުމަކީ ޖުމްހޫރީ ޕާޓީ އެންމެ ކާމިޔާބު ޕާޓީ ކަމަށް ގަބޫލުކުރާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް އިއްވާފައިވީ ނަމަވެސް އެހުކުމަކީ ނިހާއީ ހުކުމަކަށް ނުވާތީއާއި އެ ހުކުމާ ގުޅިގެން ހައިކޯޓާއި ސުޕްރީމް ކޯޓުން މިހާތަނަށްވެސް ގޮތެއް ނިންމާފައި ނުވާތީ އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ނޫން ކަމަށް ނުބުނެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަސްލުހާލަތު

    ރަހުމަތެކޭ؟؟ އޭގެ އިދިކޮޅު ތިޔައީ.. ބަލަ އޭނަ ނޫންތަ ބުނީ ޤާސިމަކީ ބޮޑު ބާޢީއޭ.. ތިޔަ ރަހުމަތުގަ ހުރި ފެންވަރަކީ.. 2008ގަ އޭނާ ހުރި ފަޅި ޑީއާރުޕީ އިންތިހާބުގަ ބަލިވީ.. އެމްޑީޕީއާ ގުޅުނީ އެވެރިކަން ވެއްޓުނީ.. 2013ގަ ވެސް އޭނާ ހުރި ފަޅި އެމްޑީޕީ ބަލިވީ..އޭނާގެ ޗެއަރޕަރސަންކަމުގެ ދަށުން ބޭއްވި ހުރިހާ އިންތިހާބެއްގަވެސް ބަލިވީ.. އޭނާ އިސްތިއުފާދިނީ ކައުންސިލްތަކުގެ މެޖޯރިޓީ ނަގައި އިންތިހާބު ކާމިޔާބުކުރީ.. ރަގުމަތަކަށް ވުރެއް ބޮޑަށް ބަދު ނަސީބެއް ތިޔައީ..ޤާސިމުގެ ހަލާކު

  2. މޫސަ

    ދެން ކިޔާނެ އެއްޗެއް ނޭނގިގެންގިގެން ކޮސްގޮވާ ކުފުރުވޭ

  3. އެހެންތޭ

    އަލީ ވަހީދު ޖޭޕީއާ ގުޅުމަކީ ރަހުމަތުގެ ވިލާގަނޑެއް ލިބުން ފަދަ ކަމެއް ކަމަށް ގާސިމް ބުނި ނަމަވެސް ތިޔާއީ އެމްޑީޕީގެ ފަރާތުން ޖޭޕީ އަށް ފޮނުވާފައިވާ އެޖެންޓުންނޭ އެމެން ފޭކް ޕްރައިމަރީ އެއް ބާއްވާ ނިންމާ އިއުލާން ކުރުމުން ދެން އަލީ ވަހީދު ވެސް ބުނާނީ ކެނެރީގެ ނަޝީދު ވަގު ކަލޭގެ އަށް ކޯލިޝަންގެ ކެންޑިޑެސީ ދޭން އޭ މީއޭ ތިގޭމް އެންޑް ޕޮއިންޓް އަކީ. އަލީ ވަހީދު ޖޭޕީ އާއި ގުޅުމުން އެގިގެން ދަނީ އެމްޑީޕީ ތެރެވެސް އެއޮތީ ފަޅަ ފަޅައިގެން ގޮސްފައޭ މިހާރު ރާ އަތޮޅަށް ވެސް ކެމްޕެއިން ކުރަން ދަނީ ތަނެއް ދޮރެއް ނުދަންނަ ރަންރީނދޫ ޓްވިޓަރޭ މެންނޭ އެމެން ނަކީ އެއީ އާންމުންނާއި ވާހަކަ ދެއްކޭ ފެންވަރުގެ ބަޔެއް ނޫނޭ އެމެންނަކީ އެއީ ފައިސާ ވެރިންނެއް ނޫނޭ އަދި އެމެންނަކީ އެއީ މާލޭ މީހުންނެއް ނޫނޭ އަދި އެމެންނަކީ އެއީ މާލޭގައި ނުފޫޒު ގަދަ ވިޔަފާރި ކުރާ މީހުންގެ ދަރިންނެއް ނޫނޭ ދެން އެވަރުގެ ކަނޑު ކޮހުން ދަ ރާއްޖެތެރެއަށް ފޮނުވައިގެން އެމެން ކެމްޕެއިން ކުރަނީއޭ ކިޔާ ޖައްސަނީ ފޭކް ގޭމް އޭ އައްޑޫ މީހުން ރާ އަތޮޅަށް ކެމްޕެއިން ކުރަން ދިއުމުން ރާ އަތޮޅު މީހުން އައްޑޫ މީހުން ދައްކާ ވާހަކަ އަޑު އަހާނަމަ ދިވެހިން އިޒްރޭލު މީހުން ދައްކާ ވާހަކަ ވެސް ގަބޫލުކުރާނެއޭ މަމެން ބުނަން ނެތީމު ދޯ.

  4. ނައިންޓީ

    ޢަލީ ވަޙީދަކީ ސިޔާސީ މަސްބުރިއެއް. ޕޯޑިއަމް ތަކުގައާއި ފިލާ އޮވެގެން ނިކަން ފުއްޕާނެ. ކަމެއް ކުރަން ޖެހޭއިރަށް ކޮށްމެސް ދްރާމާއެއް ކުޅެ ފިލާނެ. ގާސިމް އަތުގަ ފައިސާ ހުރީމާ، ދެން ސިޔާސީ މައިދާނުން ޖޭޕީ ތެރެއިން ހޫނު ގޮނޑިއެއް ލިބިދާނެކަމުގެ ދަނޑިވަޅުބަލާފަ ދެމެނީ. ޕޯދިއަމްގަ ކިތަންމެ އަޑުއެރުވިޔަސް ޖޭޕީން މިހާޒަމާނުގަ ޖޭޕީގަ ހުރެ ޖޭޕީއަށް ޚިދުމަތްކުރި އިސް ފަރާތްތަކަށް ނުދެވުނު މަގާމަކާ ޢިއްޒަތެއް ދޭން އެކަށީގެންވާ މީހެއް ނޫން ޢަލީވަހީދަކީ. މާދަމާ ނޫން އަނެއް ދުވަހު އެހެން ދިމާއަކަށް ދާނެ. ބުއްދިވެރި ލީޑަރަކު ޢަލީވަހީދު ކަހަލަ ދެކޮޅުން ކާ މަސްބުރިއެއް ބޭނުމެއް ނުކުރާނެ.

  5. ހުސޭނުބޭ

    އެހެންވިއްޔާ ތި ރަޙުމަތުގެ ވިލާގަނޑުގެ ފެން މިފަހަރު ވެހޭނީ ތިން މައްޗަށް........ ޤާސިމްބެޔަށްވުރެ ބޮޑު ދޮޅުރޯނާއެއް ދުވަހަކުވެސް ނުދެކެން. ތިއީ އެސޮރި ލަންޑަނުގައި އުފަލުގައި އުޅުމަށް ހަދާލި މޮޅު އެތިފަހަރެއް. އެސޮރަށްވެސް އެނގޭ އުމުރުކަޓާފައިވާ މީހަކަށް ރައީސްކަމަށް ކުރިމަތިނުލެވޭއިރު ޤާސިމްބެ ވެރިކަމަށް ގެންނަށް ތާޢީދުކުރާނެ ބަޔަކު ނޫލޭކަން.

  6. Anonymous

    ގާސިމް ވިދާޅުވީ ރަގަޅުވާހަކަ ފުޅެކެވެ.

    އެ ކަޅުވިލާގަޑުން ރަގަޅުފެންލިބެއެވެ
    އެ ކަޅުވިލާގަޑުން ރަގަޅު ނޫން ފެންލިބެއެވެ

    އެ ކަޅުވިލާގަޑުން ބައެއްފަހަރު މުސީބާތަކަށް ﷲ މެދުވެރި ކުރައްވައެެވެ.
    އެ މުސީބާތުން ސަލާމަތް ނުވެވި ވަރަށް ގިނަ މުއްދަތު ނަގައެވެ

    އެއީވެސް ރަހުމަތެއްކަމުގައި ބަލާށެވެ

  7. ނުރަބޯ

    ކާސިމަކީ ހަމަފައްކާ ހޭނުޖެހޭ ތުއްތު ކުއްޖެއް. މިސާލަކަށް އޭނާއަށް ވެރި ކަމަށް ކުރިމަތިލެވޭކަށް އޮތީކީވެސް ނޫން. އެކަމަކު ހަމަ އަތުގައި ހުރި ލާރިކޮޅު ތަޅާ އެބުރުއްސަނީ ޕާޓީ ތަކުން މީހުން ގަންނަން؟

  8. ބޮއްބޮ

    އަނެއްކާވެސް މެންބަރުންނަށާ ފަނޑިޔާރުންނަށް ރިޝްވަތު ޖަހާލަން ވިސްނަނީ ތޯއްޗެ. އެކަންކަން މެނޭޖް ކުރަން ހުންނަންޖެހޭނީ ޢަލީވަޙީދު ކަހަލަ ލަދުހަޔާތުން އަރުއްވައިގެންފަ ހުރިމީހެއްތާ...........!!!!

  9. ގަނީ

    ގާސިމަށް ރޯދަމަހަށްވުރެވެސް އަލީވަހީދުގެ ރަހްމަތް މާބޮޑު.

  10. ޢުމަރުބޭ

    ސުބުޙާނަﷲ. ރަޙުމަތާޙަވާލުވަލުވެން ހުރިމީހާދޯ.
    ތިއު:ެނީ ޤާސިމް ފެލާލަން!!!!!!!!!!!!

  11. ސަލީ

    ބުސް ބުސް ބުސް ކޮބާތަ ބުއްޅަބެ ފެނުއެޅިގެންދާއިރު ވެސް ހަރުން ނިކުމެވޭ ގޮތެއް ނުވޭ!...

  12. ައަސަދު

    ރަޙްމަތުގެ ވިލާގަޑަކާ އަލީ ވަޙީދާ އެއްވަރުވާނެތަ؟މީނައަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ.