ނ. ހޮޅުދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންްޓްގައި ނިޔާވި ދެ ޒުވާނުން ވަޅުލައިފިއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ހުސްނާ މުޙައްމަދު އާއި އުމުރުން 26 އަހަރުގެ އަހްމަދު އަދީލްއެވެ. މި ދެ ޒުވާނުން ވަޅުލާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ނިޔާވި ދެމީހުން ނަގާފައި ވަނީ އެރަށުގެ ބަނދަރު ތެރެއިންނެވެ. އެ ދެމީހުން މޫދުން ނެގި އިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ބެލެވޭގޮތުގައި މި އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިނީ ނިޔާވި އަންހެން މީހާއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 1:30 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނާއި ސައިކަލް ނަގާފައިވަނީ އެރަށު ފަޅުތެރެއިން ކަމަށާއި، އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަހްމަދު އަދީލް

ފުލުހުން މިހާރު މި ހާދިސާ ތަހުޤީޤު ކުރަމުން އަންނައިރު މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި، ރޭގެ އެކްސިޑެންޓުގައި ނިޔާވި އަންހެންމީހާ އަކީ، ހޮޅުދޫގައި ކުޅިވަރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. އެގޮތުން ފުޓްބޯޅަ، ބަށި، ނެޓްބޯޅަ އަދި ބެޑްމިންޓަން ކުޅުމުގައިވެސް އޭނާއަކީ އެރަށުގައި ފާހަނގަކޮށްލެވޭ ޒުވާނެކެވެ. އެނގިފައިވާގޮތުގައި، އޭނާގެ މަންމަވެސް ވަނީ ކެންސަރު ބައްޔަށް ފަރުވާދެމުން ދަނިކޮށް މި އަހަރުގެ ތެރޭގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕަޗޭ

    ސުންޕާ ރަށެއް ތީ!

    • ިހަޮޅުދޫ މީހާ

      މީ ސުންޕާ ރަށެއް ނޫން.ތި މީހަކީ ފަހަރެއްގަ ސުންޕާ މީހަކަށް ވެދާނެ.

  2. ސުއި
  3. ޢަނާ

    ޕަޗޭ އަށް ކިހިނެއް އެނގެނީ ސުންޕާ ރަށެއްކަން. ޥާނުވާ ނޭނގޭ ވާހަކަ ނުދައްކާ.ދެޒުވާނުންނަށް ރަހްމަތްލައްވާށި. q

  4. ޒާޔާ

    ހާދަދެރައޭ ﷲ 2ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށި