އުރީދޫ ނެޓްވާކް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗްތަކެއް އެއް ވިއުގަޔަަކުން ގުޅާލައިފި އެވެ.

ފެނަކަ ބިލްޑިންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައާއި އުރީދޫ އާއި ދެމެދު ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމުގައި ފެނައިގެ ފަރާތުން ސޮއި ކުރެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމާން އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމާން ވިދާޅުވީ މީގެ ކުރިން ފެނަކައިގެ ހިދުމަތްތައް ދެމުން ގެންދިޔައީ އެކި ނެޓްވާކްތައް ބޭނުންކޮށްގެން ކަމަށާއި އޭގެ ސަބަބުން އެކި ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުން ކަމަށެވެ. ނަމަވެސް މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ހުރިހާ ބްރާންޗްތަކަކަށް އެއް ސްޕީޑެއްގައި އިންޓަނެޓް ދެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އަދި އެއްބަސްވުމުގެ ދަށުން ހެޑް އޮފީހުގައި މިވަގުތު ބޭނުންކުރަމުން ގެންދާ އީއާރުޕީ ބިލިންގް އާއި އެޗްއާރު ފަދަ މުހިންމު ސޮފްޓްވެއާތައް އެއް ނެޓްވާކެއްގެ ދަށުން ގެންދިއުމުން އާންމުކޮށް ދިމާވާ އިންޓަނެޓްގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށްވެސް ލަމާން ވިދާޅުވިއެވެ. އަދި ވަކި ވަކި ބްރާންޗްތަކާއި ހެޑް އޮފީހުން ބޭނުންވާ ލިޔެކިޔުންތައް ވަގުތުން ވަގުތަށް ފެނަކައިގެ އިންޓްރާނެޓް އިން ޝެއާ ކޮށްލެވޭނެ ކަމަށް ވެސް ލަބާން ވިދާޅުވިއެވެ.

އުރީދޫގެ ނެޓްވާކުން ފެނަކައިގެ ހުރިހާ ބްރާންޗްތައް ގުޅާލުމުން އެ ކުންފުނިން އެ ނެޓްވާކްތަކަށް ކުރަމުން އައި ހޭދަ 50 ޕަސެންޓް ކުޑަކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  2. އަހުމަދު

    ބޭކާރު ލާރި ބޮޑިއެއް އުރިޑޫއަށް ތިދެވެނީ

    • ކަޓް

      ދިވެހި މަދު ސްޓާފަކަށް ލިބޭ މުސާރަކޮޅު ފިޔަވައި ހުރިހާ އެއްޗެއް ރާއްޖެއިން ބޭރަށް .
      ކީއްވެ ދިރާގު ނުވަތަ ރއލ އާއި އެކު މިކަން ނުކުރީ.

  3. ނިމާލް

    ކޮންއިރަކު؟