ޖުމްހޫރީ ޕާޓީއާ ރޭ ގުޅިވަޑައިގަތް އަލީ ވަހީދު، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ހަމަޖައްސަވައިފިއެވެ.

އަލީ ވަހީދު މި މަޤާމަށް ހަމަޖެއްސެވިކަން ހާމަކުރައްވާފައިވަނީ ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލީ ވަހީދު ޕޮލިޓިކަލް އެޑްވައިޒަރުކަމަށް ހަމަޖައްސަވާފައިވާކަމަށާއި އޭނާގެ ސަބަބުން ޕާޓީއަށް އިތުރު ބުންވަރާއި ޖޯޝެއް ގެނުވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ.

"އަޅުގަނޑުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަޤާމަށް އަލީ ވަހީދު، ޖޭޕީ އަށް އިތުރު ބުންވަރާއި ޖޯޝެއް ގެނުވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން." ޤާސިމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެން، އެޕާޓީއަށް ސޮއިކުރައްވާފައިވަނީ ރޭ ޖަރުމަނުވިލާތުގެ ފްރެންކްފާޓުގައި ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައެވެ. އެހަފްލާގައި އެޕާޓީގެ ލީޑަރުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑަރ. މުޙައްމަދު ޖަމީލު އަޙުމަދާއި އެޕާޓީގެ އަމީން އިބްރާހީމްވެސް ބައިވެރިވެވަޑައިގަތެވެ.

ރޭ އޮތް ޙަފްލާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވެފައިވަނީ ވެރިކަން ހޯދުމަށް ކޯލިޝަން ނުހޭދޭނަމަ ނުހެދޭނީ އެމްޑީޕީއާއެކު ކަމަށް ވިދާޅުވެ، އެޕާޓީއަށް ހޫނު ރައްދެއް ދެއްވާފައެވެ. އެހެންނަމަވެސް، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމް އޮތްކަމުގައިވިޔަސް ކާމިޔާބު ހޯދުމުގައި ތަފާތުތަކެއް ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ކުރިން ހުންނެވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ރޫޅުނީތާ

  2. ސަލާން

    ރިސޯރޓްތައްވެސްދޭންވީ އަދިވެސް ތިންމަހުގެ ސާވިސްޗާރޖް ނުލިބޭ.
    ސްޓަރފުންނަށްދޭންޖެހޭ ލާރިކޮޅުނުދީ އަދިވެސް ސިޔާސީކަންކަމާށް ލާރިކޮޅު ހަރަދުކުރަނީ. ވިސްނާލާތި ދުވަހެއްއޮތްކަން

  3. ހަހަ

    ހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަ

  4. އީސަ

    ކާކުތަ ދެން މީނަގެ އެޑްވައިސް ގަބޫލުކުރާނީ؟ ސިޔާސީ ބޮޑު ފެއިލިޔަރެއް. މީ އަހަރެމެން ހަދައިގެން ދައްކާ ވާހަކައެއްނޫން ތާރީހް ހެކިވާނެ. މިތާ ކޮފީ މޭޒްގައި އެސްޕްރެސޯ އެއް ނަގައިގެންއިދެ ސްމާރޓް ފޯނުން މި ބަލައިލަނީ މީނާގެ ސިޔާސީ ކެރިޔަރު ފެށުނު ގޮތާއި ނިމުނުގޮތް މި ކޮފީ ބޮއެނިމުމުގެ ކުރިން. ފޫހިނަމެއް ތިޔައީ މިހާރު ސިޔާސީ މައިދާނުގައި.

  5. ޙަފްޞާ / މާލެ

    މިފަހަރ ކަލެޔާބުނާކަށް ރީތިކޮށް ސޭޓް ދޮވެލާތި! ސޭޓަށް ތަޢުރީފްކޮށް މޮޅުވާހަކައެއް ބުނެލާއިރަށް ކީސާކީސާއިން ރުފިޔާ ލިބޭނެ! ބޯނެތް ބުރުމާ!!!!

  6. ބޫންބޫން

    ތިދެން ތި ޕާޓީ ހަލާކުވީ