އިދިކޮޅު ހަރަކާތްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަމްސީލު ކުރައްވަމުން ގެންދަވާ އައިމިނަތު ނާދިރާ މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ނާދިރާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ މިރޭ 21:30 އަށެވެ. ނަމަވެސް ނާދިރާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ ކޮން މައްސަލަ އަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

ނާދިރާ އަކީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެއް ކަމަށްވާއިރު މި މަހުގެ ތިންވަނަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަބޭސް

    އަޅެފަހެ މިއުޅޭ ކޯލިސަނުގައި ތިބި އަދާލަތާއި ޖޭޕީ އަދި މައުމޫނަށް ތާއިދު ކުރާމީހުންނަށް ހަމ އެއްޗެއް ނުވިސްނެނީތަ ރައިސްނަޝީދުގެ ނުބައި ރޭވުމުން ޤާސިމު ހައްޔަރު ކުރުވި ޖަމީލު އަރުވަލެއްވީ މައުމޫނު ބަންދު ކުރުވީ އަިމްރާނު ކަސްތަޅު އެޅުވީ ދެންތިބި އިސްކުދިންކޮޅުވެސް ދެކޮޅަށް ދަމުވަނީ މިހުރިހާގަނޑެއްގަންނައިރު ކޮބަ ވެރިކަމަށް ބޫތުކައިފަހުރި ނަޝީގެ ޕާޓީ ކުދިން އެކުދިން ބަންދު ނުކުރަނީ ކީއްވެ ކީއްވެ އިބޫ ބަންދު ނުކުރަނީ ކީއްވެ މަރިޔާ ބަންދު ނުކުރަނީ ކީއްވެ ޑީ ޑީ ބަންދު ނުކުރަނީ އަޅެފަހެ ވިސްނަބަލަ ތި އެއްމެން ބަންދުވެ ހައްޔަރު ކުވައިގެންވެސް ނަޝީދު ބަލަނެ ވެރިކަމަށް އާދެވޭޔޯ އަޅެފަހެ މައުމޫނާއި ޤާސިމު އަދި އިމްރަނު މިކަންތައްތަކާ ފުންކޮށް ވިސްނަބަލަ