އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މޭސްތިރިޔާގެ ގޮތުގައި ބެލެވޭ އަދި އެމައްސަލައިގައި މިހާތަނަށް ކުރެވުނު ހުރިހާ ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެއިން ހުޅުމާލެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވިކަމަށް އަދީބު އިއުތިރާފްވުމުން ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެއްޖެކަމަށް ޝަރީއަތުން ކަނޑައަޅައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ނުނެ ކަރެކްޝަންސްއިން އިންނެވެ.
ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ މާލޭގައި ދިރިއުޅުއްވަމުން ގެންދެވި އަދީބު ހުޅުމާލޭގެ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގެންފައިވާ ކަން ކަށަވަރު ކުރެވިފައިވެއެވެ. ކުރިއެކޭ އެއް ގޮތަށް އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސް އިން ދަނީ ބަލަމުންނެވެ.
ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އެ މައްސަލައަކީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތެވެ. މި މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ އަދީބު ގޭބަންދުގައި ހުންނަވާތީ ސަރުކާރަށް އަމާޒުވާ ފާޑުކިއުން ދަނީ ގިނަ ވަމުންނެވެ. އަދި ދައުލަތާ އެކު އަދީބު ގާއިމުކުރި ކުށުގެ އިއުތިރާފް އެއްބަސްވުމުގެ ދަށުން އިއްވާފައިވާ ޖަލު ހުކުމާއި ދެ މިލިއަންރުފިޔާގެ ޖޫރިމަނާއަކީ ކުޑަ އަދަބެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ގޭގައި ހުންނަވަނީ ނިދަން މެޝިނެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ. އެ މެޝިން ޖަލުގައި ބޭނުން ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު އެއީ ކޮން ކަހަލަ މެޝިނެއް ކަމެއް އިމްރާން ވިދާޅެއް ނުވެއެވެ.
ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ މާކުރިން ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއިއެކު އަދީބު ގޭބަންދަށް ބަދަލު ކުރިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމް އިއްވާފައިވަނީ އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަންޏެވެ. ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވިއެވެ. ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި ޝަރީއަތް ހިނގަމުންދާއިރު މި ތިން ބޭފުޅުންނަށް ދައުވާ ކުރުމުގައި ހަމަހަމަ ކަމެއް ނެތް ކަމުގެ ޝަކުވާ ވެސް އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ.
ހިޔާނާތުގެ ފައިސާ ލިބި މަންފާ ލިބުނު ކަމަށް ބެލެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު އެ ލިސްޓުގައި ހިމެނޭ ފަރާތްތައް ހާމަކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ނިންމާފައިވަނީ ދައުވާ ކުރުމުގެ މަރުހަލާއާ ހަމައިންނެވެ. އެކަމަކު އިތުރު ބަޔަކަށް އަދިވެސް ދައުވާ އުފުލިފައި ނުވާއިރު ތަހުގީގު ލަސް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މި ހިޔާނަތް ތަހުގީގު ކުރެވެމުން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިތުރުން ރައީސް ސޯލިހް އުފައްދަވާފައިވާ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން އޮޕަރޭޝަނެއްގެ ގޮތުގައެވެ.
އިންސާފު އުތުރިއަރަނީ
ޖަޒީރާ އިންސާފު
ބުރޯ އައް ތި ޖެހުނު ބަލީގެ ނަން އެނގޭތަ؟ތިބަލި ޖެހުނީިމަ ޖަލުގަ ނުހުރެ ލަގްޒަރީ އެޕާޓްމަންޓު ހުންނަން ވެސްޖެހެނީ.ދޯ. އާސަންދަ އިން ހުރުން ވެސް ކަވޯކުރާނެހެން ހީވަނީ.🤦🏾
ސާބަހޭ ސާބަހޭ ޔެލޯ ކުދިން ޑާންސް
ސޯލިހު އަށް ހޯދާ ދެވޭ އިންސާފު މިހިރަ ފެންނަނީ ސޯލިހު ސަރުކާރު އިސްތިއުފާ
ނަޝީދު އަޅެ ފަހެ ސޯލިހު ދަމާކޫއްތާ ދުރުކުރޭ ސޯލިހަކަށް ނުވިއެއްނުން މި ކަމެއް ނަޝީދު ގޮތެއް ހަދާބަލ
ދެން އަތުން ލޭ އަންނަންދެން އަތް ޖަހާ! ޤައުމް ރޮލާ ބަނޑުއަޅާލީމަވެސް އިއްޒަތާއި ލައްޒަތުގައި، އާދައިގެ ނިކަމެތިން ކުރާ ކުދި ކުށްތަކަށް އުމުރު ދުވަސްް ނޫނީ އޮތީ އަދަބާއެކީ މަރުވެދިއުން!
އެމެޝިނަކީ ފެމެލީކޯޓު މެދުވެރިކޮށް އޭނަ ހޯދި މެޝިނެއް ހަތަރެސްފައި ހުރޭ ލޯހުރޭ ހިނގާ އުޅޭ މީ އެންމެން ދަންނަ މެޝިނެއް
އެމް ޑީ ޕީ ބަކަރިތައް ދެން އަތްޖަހާ އިންސާފޭ ކިޔާފަ
އަދީބު ސަލާމަތް ވާނެ ރިޔާސީ އިންތިހބުގެ ކުރިން ޕެރޯލް ގެ ދަށުން އެއީ މިހާރު ބަންދުގެ މުއްދަތުން 5 އަހަރު ކެނޑިއްޖެ ޒިޔަތު އަންނަ އަހަރު ސަލާމަތްވާނެ އެއީ 11 އަހަރުގެ ދެބައިކޮށްފައ އެއްބައި ބަންދު މުއްދަތުން ކެނޑުނީ ކިހާ ސަޅިތޯ އަހަރެމެންގެ ފައިސާ ޚިޔާނަތް ވެފަ އެއް ބަސް ވެފަ ޑީލް ހަދާލުމުން މައާފު ރީތިކޮށް ބަސް އަހައިގެން ގޭގައި ހުރީ
ޕެރޯލް ގާނޫންގެ ބޭނުމެއް ވެސް މިހާރަކު ނެތް ކުޑަކުދިންނާ ބެހުނު މީހަވެސް ޑްރަގް ވިޔަފާރި ކުރިމީހާވެސް ގާނޫނާ ޚިލާފަށް ދޫކޮށްލީ މިކަން ބެލޭނެ ދުވަސް ވެސް އަންނާނެ
އިންސާފަކީ މިއީތޯ ހޯމް މިނިސްޓަރ ވިދާޅުވެ ބައްލަވާ
މަށަށް ފެންނަނީ ރިސޯޓެއްގެ މޫދު ކޮޓަރީގައި ސަރުކާރު ޚަރަދުގައި ބަހައްޓަން
މިއޮތީ ވާ ގައުމެއް ހަލާކާ ކޯފާ އަންނަ އިރު އެންމެން ހަލާކު ވާނެ
އަމީން އެވެނިއުގެ ޕެންޓްހައުސްއެކޭ ނުލިޔުނީކީއްވެބަ. އެކަހަލަ ކިތައްމެ ތަނެއް އަދިބުވަނީގަނެފަ.
މަކަރުވެރި ހީލަތްތެރި ނާގާބިލް ސަރުކާރުންދަނީ މުޅި ޖުޑީޝަރީ ހަލާކު ކޮށް އަދުލު އިންސާފް ގޮށްމުށުތެތެއަށް
ލަމުންނެވެ މި ހާރުން މި ހާރަށް މިކަން ހ ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.
އެއީ ނަޝީދު ދޭ ހަދިޔާއެއް
1 ބިލިޔަން ރުފިޔާ ލިބެނީ 2 މިލިޔަން ރުފިޔާ އަށާ އަދި 20 އަހަރުދުވަހުގެ ޖަލު ހުކުމެއް؟ މިވެސް އޯކޭ! ޖަލުގަ ކާންދެނީ ރައްޔިތުންގެ ފައިސާ އިން. ފަންކާ، އަލި، ނިދާ އެންދު އެއީވެސް ރައްޔިތުންގެ ފައިސާ. އެހެންވީމާ 2 މިލިޔަންވެސް ނުވޭ. އަދި ނުވީ ތާކަށް ރައީސްގެ މާފެއްލިބި މިނިވަންވެސް ވެދާނެ. ކޮންކަހަލަ އިންސާފެއް. އެކަމު އިނސާފުލިބޭދުވަސް އަންނާނެ. ތިފައިސާ ނުދީ ތައުބާވެސް ނުވެވޭނެ. ދެން ލަލަލަ.
މުލީއާގޭގަ ބަހައްޓަން ވީ އެންނު؟ ރައްޔިތުންގެ ފައިސާއިން ގަނެފަ ހުރި އެޕާރޓްމަންޓެއް ތީ.
1953 ގެ ރަސްކަމުގެ އިސާފު މިހާރު މިއޮތީ އަނެއްކާވެސް ރަސްކަން ފެށިފައި އެމްޑީޕީގެ ޑިމޮކްރަސީގެ ފޮރުވިފައިވާ އލފަރުދާގެ ފުރަގަހަކީ ރަސްކަން ކުރުން ވެރިކަމުގެ ނިޒާމް ބަދަލްކޮށްގެން ބަރުލަމާނީޔޭ ކިޔާއިގެން !
އެޅި ބައިކޮޅަށް ހެޔޮކޮށް. ވާދަ ވެ ރިޔާ ޖަލުގާ
އަދީވަށްއެދެވުނީ އަނެއްދިވެ ހިރާއްޖެއަށް!!
ދެން އަތުން ލޭ އަންނަންދެން އަތް ޖަހާ! ޤައުމް ރޮލާ ބަނޑުއަޅާލީމަވެސް އިއްޒަތާއި ލައްޒަތުގައި، އާދައިގެ ނިކަމެތިން ކުރާ ކުދި ކުށްތަކަށް އުމުރު ދުވަސްް ނޫނީ އޮތީ އަދަބާއެކީ މަރުވެދިއުން!
އެމެސެނަކީ އިންސާނަކު އުފެއްދި މެސެނެއްނޫން އެޔަކަށް ކަރަންޓު ދޭކައްނުޖެހޭ ލަދުކޮބާ ލުއްޗާ
ނިދާ މެޝިން. އަންހެނުންދޯއެއީ. ޖަލަކުން އެކަހަލަ މެޝިނެއް ނުލިބޭނެވިއްޔަ. ސާބަހޭ އިމްރާން.
ވަގުންނަށް ފާގަތި ދުވަސްވަރެއް. ދައުލަތުގެ މުދަލުން ވައްކަން ކުރާ މީ ހުން މިނިވަންކަމާއެކު އުފަލުގައި. ސާބަހ ހޭ އިބޫ މަނިކުފާނަށް ވެރިކަން އެބަކުރެވޭ. އަދުލުއިންސާފު މިއޮތީ އާސްމާނުގައި
ހޯމް މިނިސްޓަރު އިމްރާން ވެސް ފެންނަނީ ތިތަނަކުން. ހޯމް މިނިސްޓަރަށް ލިފުޓުން ދިމާވީމަ އަދީބު ބިރުދައްކާ ހުކުމް މާފު ކުރަން މަޖުބޫރެއް ނުކުރާނެބާ؟ ނުރައްކަލެއް ކުރިމައްޗެއް ނުކުރާނެތައަޅެ ބުނެބަލަ؟ އަދީބު ގެންގުޅޭ މީހުންވެސް ނުރައްކާނުކުރާނެތަ؟ އަދީބު ތިޔަ ތަނަކަށް ބަދަލުވުމުގެ ވަރަށް ބޮޑު ސިއްރެއްވާނެ. ސަރުކާރުން އަދީބު މިތާ ހުންނަން ފުރުސަތު ދިނުމުގައި ވެސް މަކަރުވެރި ކަންތައް ތަކެއް ފޮރުވިފައި ހުންނާނެ. ކަރެކްޝަންގެ މީހުންނަށް އަދީބު ބެލެހެއްޓޭނެތަ؟މޫނު ބުރުގާ އަޅައިގެން ބިލްޑިންގ ކުރިމައްޗަށް ނިކުންނައިރު އޮތީ ސަފާރީ ރާއްޖެއިން ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ސަރަހައްދާ ޖެޓީ. ޔާމީނުޔާ ފާތުމައަށް ލަނޑުދިން މީހަކު އިބޫ އަށާއި ފަޒުނާއަށް ބަލާނެ ކަމަށް ހީކުރެވެނީތަ؟ އަދީބުގެ ޖަރީމާތަކަށް ސަރުކާރުގެ ވަލު ދޮރާށި ހުޅުވާދީފައި ބެހެއްޓީމަ ވާގޮތެއްވެސް ފެނިދާނެތާ؟