ކްލީކް ކޮލެޖްގެ ގްރެޖްއޭޝަން – ފޮޓޯ: މިހާރު އޮންލައިން
ކްލީކް ކޮލެޖްގެ ގްރެޖްއޭޝަން – ފޮޓޯ: މިހާރު އޮންލައިން

ކްލީކް ކޮލެޖުގެ 2017 ވަން އަހަރުގެ ދަސްވެނިވުމުގެ ރަސްމިޔާތު ބާއްވައިފިއެވެ.

ކްލީކް ކޮލެޖުގެ 2017 ވަނަ އަހަރުގެ ދަސްވެނިވުން ބޭއްވީ ރޭ ދޮޝިމޭނާ މާލަމްގައެވެ.

މިރަސްމިޔާތުގައި 135 ދަރިވަރުން ކޯސް ފުރިހަމަ ކުރުމުގެ ސަނަދު ދެވުނެވެ. ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންގެ ތެރޭގައި ހެރިއެޓް ވޮޓް ޔުނިވާސިޓީގެ ޑިގްރީކޯސްތަކާއި، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސްތަކާއި، ޑިޕްލޮމާ އަދި ބެޗެލާރސް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި، އޭ.ސީ.ސީ.އޭގެ ސަރޓިފައިޑް އެކައުންޓިނގް ޓެކްނީޝަން ކޯސް ފުރިހަމަ ކުރި ދަރިވަރުން ހިމެނެއެވެ.

މި ހަފްލާ ގެ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް އެވެ.

މި ހަފްލާގައި ދަސްވެނިންނާ މުޙާތަބް ކުރަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި އިޖުތިމާއީ ގިނަ މައްސަލަތައް މި ހިސާބަށް ފޯރުވައި އަދި ފެތުރުމުގައި އެންމެ އިސްދައުރެއް އަދާކުރަނީ މީސް މީޑިއާ ކަމަށެވެ.

" މީސް މީޑިއާގެ ޒަރީއިން ޒުވާނުންނާއި ކުޑަކުދިން އަދި އެހެން އުމުރުގެ މީހުންގެ މެދުގައި ވެސް އެކި ފިކުރުތައް އަށަގަނެ މައްސަލަތައް މަސްހުނި ވެގެން ދާ ތަން ދަނީ ފެންނަމުން " މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ލާދީނީ އަދި ހައްދު ފަހަނައެޅުމުގެ ފިކުރު ފެތުރެން ފެށީ މީގެ މާ ކުރިންނެވެ. އެކަމަށް ވެސް ބޭނުންކުރަމުން ދަނީ މީސް މީޑިއާކަމަށާއި އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް އެ ވާހަކަތައް ފެތުރިގެން އެބަދާކަމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިރަސްމިޔާތުގެ ހޮނަރަބަލް ޗީފްގެސްޓް ޕްރޮފެސަރ ކެވިން އޯގޯރމަން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ އަކީ 70 ޖާރނަލް އާރޓިކަލް، ރިވިއުރްސް އަދި ކޮންފެރެންސް ޕޭޕަރސް ލިޔުމުގެ އިތުރުން "ދަ އޮރިޖިން އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒިމް" ކިޔާ ފޮތެއެް ޝާއިރު ކުރެއްވި ބޭފުޅެކެވެ. އަދި ހެރިއެޓް-ވޮޓް ޔުނިވާރސިޓީގެ ހުރިހާ ކެމްޕަސް ތަކެއްގެ ބިޒްނަސް މެނޭޖްމެންޓްގެ ހެޑް އެވެ.

ކްލީކް ކޮލެޖުން ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ޕްރޮގްރާމް ހިންގާތާ 13 އަހަރު ވެއްޖެއެވެ. 98 އަށް ކުދިން މިޕްރޮގްރާމް ފުރިހަމަ ކޮށްފައި ވާއިރު 30 ކުދިންނަކީ އެ.ބީ.އީ ލެވެލް 6 ނިންމުމަށް ފަހު ހެރިއެޓް-ވޮޓް ޔުނިވާރސިޓީގެ ބެޗްލަރސް ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެ ދަރިވަރުންނެވެ. 2012 އަހަރުގެ އިމްތިހާނުގައި 104 ޑިސްޓިންކްޝަންސް އަދި 66 ހަޔަރ ޑިސްޓިންކްޝަންސް ހޯދާފަ ވެއެވެ.

2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ އެގްޒޭމް ސެޝަންއެއްގައި ކްލީކް ކޮލެޖުގެ ދަރިވަރުން އަންނަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަމުންނެވެ. ޓޮޕްޕޭޕަރ ޕްރައިޒް އަކީ އޭ.ބީ.އީ އިން ބާއްވާ އިންޓަރނޭޝަނަލް އެގްޒޭމްއިން އެ މާއްދާއަކުން އެންމެ މަތީމާރކްސް ހޯދާ ދަރިވަރަކަށް ދޭ އެވޯރޑެވެ. މިއީ އޭ.ބީ.އީގެ 423 އެކްރެޑިޓެޑް ކޮލެޖްގެ ތެރެއިން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުމެކެވެ.

2017 ވަނަ އަހަރުވެސް ވަނީ ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ގެ އިމްތިހާނުން ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފައެވެ. މިހާތަނަށް 28 ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަފައި ވާއިރު، 2012 ވަނަ އަހަރުގެ ޑިސެމްބަރ އިމްތިހާނުން އައިޝަތް ވަފާ މުހައްމަދު ވަނީ 'ޕީޕަލް ޕްލޭނިންގ އެންޑް ރިސޯރސިންގ" އިން ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފައެވެ.

ކްލީކް ކޮލެޖުން ދަރިވަރުންނަށް ދެވޭ އެވޯރޑް އޮފް އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އަކީ ކޮލެޖުގެ އެކިއެކި ހަރަކާތްތަކުގައި ފާހަގަ ކުރެވޭ މިންވަރަށް ބައިވެރި ވުމާއި އެކެޑެމިކް ޕާރފޮރމަންސްއާއި ސްޓޫޑެންޓް ލީޑަރ ޝިޕްއަށް ބެލުމަށްފަހު ދެވޭ އެވޯރޑެކެވެ.

މިރަސްމީޔާތުގައި 2 ދަރިވަރަކަށް މިއެވޯރޑް ހަވާލު ކުރެވުނު. އެއީ އަހުމަދު ތަހުސީން އާއި އަލީ ރުންމާން ރަޝީދުއެވެ.
އަދި ދެ ލެކްޗަރަރ އިންނަށް ވަނީ އެވޯރޑް އޮފް އެކްސަލަން ދީފައެވެ.އެއީ އަޝްރަފް މުހައްމަދު އަލީ އަދި އަހުމަދު ނާސިފް އަށެވެ.

ކިޔުންތެރިންގެ ހިޔާލު