ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި، މަތީ ތައުލީމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަކީ ގާނޫނަކުން ކަނޑައަޅާފައިވާ ވަކި މުއައްސަސާ އަކަށް ހަދާނެ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމުގެ ސިޔާސަތު ވީޑިއޯގެ ޒަރީއާ އިން ހާމަކުރައްވަމުން އުމަރު ވިދާޅުވީ، ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު، ފައިސާގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމުން މަހްރޫވިޔަ ނުދެއްވާނެ ކަމަށެވެ.

"ރާއްޖޭގެ މަތީ ތައުލީމު ނިންމާ ކޮންމެ ދަރިވަރަކު ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކޮށް، އަޅުގަނޑުގެ ވެރިކަމެއްގައި ސަރުކާރުން އެ ދަރިވަރަކު ސްޕޮންސާ ކުރާނެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ލޯނު ނަގައިގެން، މިހާރު މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތައް ވެސް މާފުކޮށްދީ، އެ ދަރިވަރުން ވެސް އެ ސްކީމްގައި ބައިވެރި ކުރެވޭނެ ކަމަށެވެ.

އުމަރު ވިދާޅުވީ، އޭނާގެ ސަރުކާރެއްގެ އަމާޒަކީ ސާނަވީ އާއި މަތީ ސާނަވީ ނިންމާ ކޮންމެ ދަރިވަރަކީ މަތީ ތައުލީމް ހާސިލް ކުރާނެ ދަރިވަރަކަށް ހެދުން ކަމަށާއި އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

"އަތޮޅުތަކާއި މާލޭގެ މަތީ ތައުލީމުގައި މި އޮތް ފަރަގު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނައްތާލައި، މަތީ ތައުލީމު މުޅި ރާއްޖެ އަށް ފަތުރާލާނަން" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ދީނީ އިލްމުވެރިން އިތުރު ކުރުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދޭނެ އެވެ.

"މަތީ ތައުލީމް ދިނުމުގެ ގާބިލްކަން ހުރި އަމިއްލަ ފަރާތްތަކަށް ބިން ހިލޭ ދޫކުރުމާއި އިމާރާތް ކުރުމަށާއި ވަސީލަތް ހޯދުމަށް ހިލޭ އެހީ ދިނުމާއި އިމާރާތް ކުރުމަށާއި ތަކެތި ހޯދުމަށް ލުއި ލޯނު ހޯދައި ދިނުމުގައި ސަރުކާރުން އެހީތެރިވާނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މުޅި ރާއްޖޭގައި، މަތީ ތައުލީމު ހާސިލް ކޮށްގެން ތިބި މީހުންގެ ނިސްބަތަކީ އާބާދީގެ 0.2 ޕަސެންޓް ކަމަށާއި މިއީ ކިޔަވާ ކުދިންގެ މައިންބަފައިން ވަރަށް ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"ކޮންމެ އަހަރަކު އޯ ލެވެލް އިން ހޮވާލެވޭ ދެ ޖިންސުގެ 100 ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމާއި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން ދުނިޔޭގެ އެންމެ މަތީ ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދެވޭނެ" އުމަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ސަަބަސް

  2. މާމިގިލީ މީހާ

    ވަރަށް ހީވޭ މިފަހަރު އުމަރު ހޮވޭނެހެން..

  3. ހުސޭނުބޭ

    އަހަރެންގެ ސިޔާސީ ވަޢުދު: އުމަރަށް ހިލޭ ކިޔަވާދޭނަން.

  4. ނުރަބޯ

    އެއްމެ މުހިއްމު މައްސަލަ ނެގިނަމަ މާ ރަނގަޅުވީސް އެއީ ބޯހިޔާވަހި ކަން. ތިމަންނަ ހޮވިއްޖެއްޔާ އެއްމެން ނަށް ފްލެޓް ހިލޭދޭނަމޭ ބުނިނަމަ ވަރަށް ގިނަބަޔަކު ގުއިރޯނުގައި ޖެހޭނެ.

  5. ޞަހި

    ޢަގައިން ތިކަން ނުވެއްޖިޔާ ރަންގަލު

  6. ލީޝާ

    ވ ރަނގަޅު ކަމެއް
    މިހާރު މިޖެހެނީ ކިޔަވަން ނެގި ލޯނު ދައްކާލަ ދައްކާލަ ހުންނަން. ވަޒީފާވެސް ލިބުނީ ކިޔަވާ ނިމުނުތާ އެތައް އަހަރެއް ފަހުން .

  7. ރާއްޖެ

    އުމަރު ވެރިކަން ހޯދަންވެގެން ތިޖަހަނީ ސަކަރާ.

  8. ބޮއްބޮ

    އޭތެދެއް މަތީތަޢުލީމު ހިލޭދޭނެ އެކަމަކު ޖެހޭނީ އެއްކަލަ ހަރުގަނޑަށް އަރާފަ ސަލާމަތުން ފައިބަން.

  9. ޢުމަރު

    އެމެރިކާގެ ރައީސަކަށް ޢުމަރު ރަގަޅުވާނެ.ހަރުގަޑުގެ މައްސަލަ ވަރަށް އަވަހަށް ބަލާނެ.ކުރިން ލިބުނުވަރަށް ވެސް ވޯޓެއް ނުލިބޭނެ.

  10. ދައްތަ

    ޕޮލިޓިކަލް ސައިންސް އިން މާސްޓާސް ހަދައިގެން ބޮނބި ފާކުރާން އޮވެބަލަ. ކޮން މަތީތައުލީމެއް ތިރީ ތައުލީމެއް ކިޔާކަށް. އެއޮތީ ސަބްމެރިން ގަނޑު ނަގިލި ކަހާލާފަ ދެންމެ ކުރި ވިއްސާރައިގަ އިހަށް އޭތި މައެތިރި ކޮށްފަ އެހެން ކަމަކާ އުޅެބަލަ. މިގައުމުގަ ކަލޭމެން ތިހެން ތެޅި ތެޅި ތިއްބާ ނުރަވާން ފެށީ އެވެސް ސިޔާސީ ގޮތުން ފުންނާބު އުސްނޫން ތަނެއް ނެތްފަދަ މީހުންނާއެކު. ދިން ހިޔާލެއް ދިން ފިކުރެއް މީގެ ކުރިޔަކުން ބަޔަކު ނުދެކޭ. އަހަރެމެން ދުށިން ލެޕް ޓޮޕަކާއި އެންމެ ރިސޯޓަކުން މިގައުމު ހިންގިތަންވެސް. އެކަހަލަ ކޮސް ނުގޮވާ ބްރޯ.

  11. މުށުންދޫވިގުރާ

    ފެންނަ މަންޒަރަށް ބަލާއިރު ރައީސް ނަޝީދާއި އެމްޑީޕީ ހިތުން އެއުޅެނީ އެމްޑީޕީ މެމްބަރުން ނަޝީދު ކެންޑިޑޭޓަކަށް ހޮވީމާ ބޭރުގެ ޕުރެޝަރާހެދި އިލެކްޝަންސް އިން ނަޝީދު ބައިވެރިކުރާނެކަމަށް. ނަޝީދަކީ ޖިނާއީ ކުށެއްގެ ޙުކުމުގައިހުރި މީހެއް. ނޯޗާންސް ޓު ކޮންޓެސްޓް. ނަޝީދު އެއުޅޭގޮތުްނ އެމްޑީޕީ އަށް ކެންޑިޑޭޓެއް ނުނެރެވި، ޖޭޕީއިން ޤާސިމަށް ނުނިކުމެވޭތީ ކެންޑިޑޭޓެއް ނުނެރެވި، އެންމެ ފަހުން ރިޔާސީ އިންތިޙާބުގައި އޮންނާނީ ރައީސް ޔާމިނާއި އުމަރު ނަސީރު. އަޅެ ބަލަންތިބޭތި މިހެންވާތަން.

  12. ރަށްދު

    އުމަރަށް ވޯޓް ލާންޖެހޭ އެއްވެސް ސަބަބެއްނެތް ކޮންޚިދުމަތެއް މިގައުމަށް ކޮއްދިން މީހެއްތީ ޕާޓީތަށް ލޫޓުވީ

  13. ޔަގީނޭ

    އަޅުގަނޑުގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ކޮށްދޭނަން ކަމަށް އުމަރު ބުނުމުން އެކަން ވާނެ ކަމާއި މެދު މަމެންނަށް އެއްވެސް ޝައްކެއް ނެތެވެ. ރާއްޖޭގައި އޯލެވެލް ކޮންމެ އަހަރަކު ހަދާނީ ކުރިއަށް އޮތް 10 އަހަރު ދުވަސް ވަންދެން އަހަރަކު 15 ހާސް އެންމެ ގިނަވެގެން ވެސް. އެމެންނަށް މަތީ ތައްލީމް ގެ ފުރުސަތު ހިލޭ ދެވޭނެއެވެ. އެގޮތަކީ އެއީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ސިންގަޕޯރގައި ހުރި ފެންވަރުގެ ޔުނިވަރސިޓީ އެއް ކަމަށްވާ ނޭޝަނަލް ޔުނިވަރސިޓީ އާއި އެކު ޖޮއިންޓް ވެންޗަރ އެއް ހެދިދާނެ ކުރިއަށް އޮތް 100 އަހަރަށް. އަދި އެއަށް ފަހު އެޑިއުކޭޝަނަލް ޕާރކެއް މިހާރު އެސްޓީއޯ ހޮޓާ ހުރި ބިމުގައި ހެދިދާނެއެވެ. އެސްޓީއޯ އަތުން އެތަން ސަރުކާރަށް ނަގާ އޭގެ ބަދަލުގައި އެސްޓީއޯ އަށް ތިލަފުށި އިރުން އޮތް ފަޅު ހިއްކާ އެތަނުގައި އިންޑަސްޓްރިއަލް ޕާރކެއް ހަދަން 100 އަހަރަށް އެފަޅު ދޭނީ އެސްޓީއޯ އަށް. މިހެން ހަދައިފިނަމަ ރާއްޖޭގައި ތިބެގެން ސިންގަޕޯރގެ ނޭޝަނަލް ޔުނިވަރސިޓީން މިދެންނެވުނު 15 ހާސް ކުދިންނަށް ކިޔެވޭނެ ކަން އެއީ ކަށަވަރު ވެ ޔަގީން ވާ ކަމެކޭ.

  14. ލުކްވެލް

    ވަނަ ތިނެއް އެކަމަކު އަޒުމް އެކެއް މިއަޒުމް ގައި ދިވެހި ދަރިއަކު ބުރަ ކޮށް މަސައްކަތް ކުރަމުން ދިރިއުޅުން އާރާސްތު ކުރަން ރެއާއި ދުވާލު ހެޔޮ ގޮތުގައި މަސައްކަތް ކުރާ ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ. މިތަން ފެނޭތޭ ރާއްޖޭގެ ރިސޯރޓް އޯނަރުންގެ ގޮތުގައި ތިބި ބޮޑެތި މަހުޖަނުންނަށް އެމަހުޖަނުން އަމިއްލަ އަށް ތިމަންނާ މެންނަކީ އެއީ ޓޫރިޒަމް އިންޑަސްޓްރީގެ ޕައިނިއަރުންނޭ ބުނި އަޑު މަމެން އަޑު އެހީމޭ އެއާރޕޯރޓްގެ ބިޒްނެސް ކްލާސް ލޫންޖް ތެރޭގައި އެމެން ތިބި އިރު. މަމެން ނުދެކެމޭ އެމެންނަކީ އެއީ ރާއްޖޭގެ ޓޫރިޒަމް ޕައިނިއަރުން ކަމަށް ސަބަބަކީ އެއީ ރާއްޖޭގެ ޓޫރިޒަމް ކޮއްޅަށް ޖެހީ ދިވެހި އެތައް ބަޔެއްގެ ބުރަ މަސައްކަތުން ވަރަށް ތެދުވެރިކަން މަތީ ވަޒީފާ ސާހިބު މީހާ އަށް އަދާ ކޮށްގެން ނޭ އެކަމަކު ޓޫރިޒަމް އިންޑަސްޓްރީ ކޮއްޅަށް ޖެހި ތިމާމެން ބޮޑެތި މަހުޖަނުންނަށް ވުމުން ދިވެހިން އެއް ފަރާތް ކުރުމަށް ފަހު ދޮން މީހުންނަށް ޖީއެމް ކަން ދިނުން އެއީ ގައުމަށް ހަރާމްކޯރު ވުން ނޫން ދެން ކޮން ކަމެއް ތޭ.

  15. ލުކްވެލް

    އަޅުގަނޑުގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ކޮށްދޭނަން ކަމަށް އުމަރު ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ހިލޭ މަތީ ތައްލީމް ދިވެހި ދަރިންނަށް ކިޔަވާ ދީގެން ނަމަވެސް އެބަޖެހެއެއް ނޫންތޭ ރާއްޖޭގައި ހުރިއްޔާ ހުރި ހުރިހާ ރިސޯރޓްސް ތަކާއި އަދި އަޕްކަމިންގް ރިސޯރޓްސް ތަކުގައި ހުރި މަތީ ފަންތިއާއި އަދި މެދު ފަންތީގެ ވަޒީފާ ތަކަކީ އެއީ ދިވެހިންނަށް ހަމަ އެކަނި އެސައިން ކުރެވޭ ވަޒީފާ ތަކަށް ހަދަން. ރާއްޖޭގެ ރިސޯރޓެއްގެ ދޮން ޖީއެމް އެއްގެ މަހު ބޭސިކް ރެމިއުނިރޭޝަން އަކީ އެއީ މަހަކު 10 ހާސް ޑޮލަރޭ އަދި އައުޓް އޮޕް ޕޮކެޓް އެކްސްޕެންސެސް އަދި ޕާރޑިއަމް ނުލައޭ އެއީ ރާއްޖޭގެ ރިސޯރޓްސް ތަކުގެ ގިނަ ޖީއެމް މެންނަށް ތިބެނީ ބޭރު މީހުންނޭ އެކަމަކު އެމެންނަށް ދިވެހިންނަށް ވުރެން މޮޅަށް ކުރެވޭ އެއްވެސް ކަމެއް މަމެންނަށް ފެންނާން ނެތޭ އެމެން ގެންނަ ސެރޓިފިކެޓްސް ތަކަކީ ވެސް ފޭކް ސެރޓިފިކެޓްސް ތަކޭ ބާލިދީ ގައި ފޫ ކަނޑާފައި ކަނޑަށް ބާލާ ބޭރު މީހުންނަށް ރާއްޖޭގެ ވަޒީފާގެ ބާޒާރު މިގޮތަށް ދޫކޮށްލަން ހެޔޮނުވާނެއޭ އިމިގްރޭޝަން އިން ބަލަނީ ރާއްޖެ އަށް ގެންނަ ލޭބަރުން ނުގެނެސްވާނެ ގޮތެއް ވޭތޯ އޭ ދިވެހިން ކިޔަވަނީ ލޭބަރުންނަށް ވާން ނޫނޭ އެމެން ވެސް ބޭނުންވެއޭ ރިސޯރޓްސް ތަކުގެ ޖީއެމް ކަން އިމިގްރޭޝަން ގައި ތިބި ގަމާރުން ތަކަށް މިވަރު ނުވިސްނެނީ އެއީ ކީއްވެތޭ މަހަކު 500 ޑޮލަރުން ފެށިގެން މަތީ ހުރިހާ މަގާމް ތަަކަށް ރިސޯރޓްސް ތަކުން މީހުން ދެން ގެނެވޭނީ ރައީސް އޮފީހުގައި އޮންނަ ކޮމެޓީ އަކުން އެހުރިހާ މީހުންގެ ސީވީ ތައް ސްކްރީން ކުރުމަށް ފަހު އަދި އެމެންގެ ސެރޓިފިކެޓްސް ތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ކުރުމަށް ފަހުގައޭ މިނޫން އެއްވެސް ގޮތެއް މަމެން މިއަކު ބޭނުމެއް ނޫނޭ މީ މަމެންގެ ގައުމޭ އަދި މީ މަމެންގެ ވެރިކަމޭ މިކަން މިހެން ނުވާންވީ އެއީ ކީއްވެތޭ ކެނެރީގެ ނަޝީދު ނަގޫ ކެނޑި އޭ އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ރިސޯރޓްސް ތަކުގެ މަތީ މަގާމް ތަކަށް ބޭރު މީހުންނަށް އާދެވޭނެ ގޮތް ހަދާދިނީ ތްރީ އޭ އައްޔަ މެން ފަދަ ޔަހޫދީންގެ ޑީއެންއޭ ހުރި އަމިއްލަ އެދުން ބޮޑު އާލާތުން ބުނުމުން.

  16. މުހަންމަދު

    އުމަރު.. ތީޔައީ ކުޑަކުދީން ކުރާކަހަލަކަމެއް.. ނަޝީދު އެވާހަކަ ދައްކާއީރައް އުމަރުވެސް ހަމަ އެގޮތައް ކީޔަންފެށީ.. އޭރުން އަޑުއަހާ މީހާގެ ހީތައް އަރާނީ ކީކޭތޯ ވީސްނާލުން ރަނގަޅު..

  17. އަސަދު

    ސަޅި އުމަރު

  18. ދިސްއިޒްއިޓް

    އަޅުގަނޑުގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ކޮށްދޭނަން ކަމަށް އުމަރު ވިދާޅުވުން އެއީ ޔަގީނުންވެސް ދިވެހި ގައުމަށް ފައިދާ ވާނެ ކަމެކޭ ދުރު ރާސްތާ އަށް ބަލާނަމަ. އުމަރުގެ މެނިފެސްޓޯ ގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ 70 ހާސް ބިދޭސީން އެމެންގެ ގައުމަށް އަނބުރާ ފޮނުވާލާނެ ކަމަށް ބުނުން އެއީ ވެސް ގައުމަށް ފައިދާ ވާނެ ކަމެކޭ. މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީން ފިލައިގެން އުޅެނީ އެއީ ސީދާ އިމިގްރޭޝަން ގެ ބޮޑު ނެޓްވޯރކެެއްގެ އަތެއް އޭގައި އޮވެގެން އަދި ފުލުހުންގެ ބޮޑުންގެ އަތެއް ވެސް އޭގައި އޮވެގެން އަދި އިކޮނޮމިކް މިނިސްޓްރީގެ ބޮޑުންގެ އަތެއް ވެސް އޭގައި އޮވެގެން އަދި ރައީސް އޮފީހުގެ ބޮޑުންގެ އަތެއް ވެސް އޭގައި އޮވެގެން ކަން އެއީ މަމެން ތުހުމަތު ކުރާ ގޮތް. އެހެން ނަމަ މަމެންގެ ވެރިކަމަށް 5 އަހަރު ފުރުނު އިރު އެކަން ހައްލުވާނެއެވެ. އިކޮނޮމިކް މިނިސްޓަރު ސައީދު ގެ ޒިންމާ އެއް މިކަން ހައްލު ކުރުމަކީ އެކަމަކު އޭނާ މިކަމާއި ގުޅޭ ގޮތުން އެއްވެސް ސްޓޭޓްމެންޓެއް ދީފައި ނެތޭ އިކޮނޮމިކް މިނިސްޓްރީ އަކީ ސައިއްޓޭ ގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ މަމެން ވޯޓް ދީގެން ހޮވާފައިވާ އިކޮނޮމިކް މިނިސްޓަރެއް ނުހުންނާނެއޭ ވަޒީފާ ތެދުވެރި ކަމާއި އަދި ހީވާގި ކަމާއި އެކު އަދާ ނުކުރެވޭނަމަ ގެއަށް ކަނޑާލަންވީ އޭ ލެޓް ބައި ގޯންސް ބީ ބައި ގޯންސް އޭ މީއޭ މަމެން ގެންގުޅޭ ތިއަރީ އަކީ ދިސް އިޒް އިޓް..

  19. ޖައްސާތި

    އަޅުގަނޑުގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ކޮށްދޭނަން ކަމަށް އުމަރު އުމަރުގެ މެނިފެސްޓޯ ގައި ބަޔާން ކުރާ ނަމަ މަމެން އެކަމުގައި އުފާ ކުރަމޭ އެކަމަކު ލަންކާ އިންޑިއާ އަށް ނޫން މަތީ ތައްލީމް ހާސިލް ކުރަން ދިވެހި ދަރިން ފޮނުވާނީ. އެކަން ކުރަން ޖެހޭނީ ސިންގަޕޯރ ނުވަތަ ޖަޕާން ނުވަތަ ޗައިނާ ނުވަތަ ރާއްޖޭގައެވެ. މަމެން ގަބޫލުކުރާ ގޮތުގައި ލަންކާ ގައި ކިޔަވާ މީހުން ބަދަލުވާނީ ވަގުންނަށޭ ބްރޯ އެއީ މިސާލޭ ފެންނާން ހުރި ދެން ރަންރީނދޫ ބޮޑޭ އެއީ އަނެއް މިސާލޭ އެހެންވެއޭ އޭނާ 200 މިލިއަން ޑޮލަރުގެ ކަޓެއް ޖައްސައިގެން އިންޑިއާގެ ގުއިމަރުދޯނު ނަން ކިޔާ ކުންފުންނަކަށް ރާއްޖޭގެ ދިވެހިންގެ އެއާރޕޯރޓް އެބަދަވި ވިއްކާލީ. މީގައި އެންމެ ރަނގަޅު ވާނީ ހުޅުމާލޭގައި އެޑިއުޕާރކެއް ހަދާ އެޕާރކް އިން ދިވެހި ކޮލެޖްސް ތަކަށް ވެސް ބޮޑު ބިން ތައް 100 އަހަރަށް ދީގެން އަދި ގައުމީ ޔުނިވަރސިޓީ އާއި ސިންގަޕޯރގެ ޔުނިވަރސިޓީ ތަކާއި ގުޅިގެން ހުޅުމާލޭގައި ގައުމީ ޔުނިވަރސިޓީ ބިނާ ކޮށް ގެން އެކަން ކުރިއްޔާއޭ.

  20. ދީދީ

    މަގޭ ސިޔާސީ ވަޢުދު އުމަރުގެ ސިކުނޑިއަށް ހިލޭ ބޭސްފަރުވާ ކޮށްދޭނަން

  21. ާއުމަރު ނަސީރު

    ތީ މިހާރު ވެސް މީހަކައް ހިލޭ އެއްޗެއް ދޭ މީހެއް ނޫން.