ބަންގްލްދޭޝްގެ ދިދަ ހިފައިގެން މުޅި ދުނިޔެއަަށް ދަތުރުކުރަމުންދާ އެ ގައުމުގެ އަންހެނެއް ކަަމަށްވާ ނަޖުމުއްނަހާރުގެ 144 ވަނަ ގައުމަށް ރާއްޖެ ވެއްޖެ އެވެ.

އޭނާ އެ ދަތުރު ފަށައިގެން އުޅޭތާ މިހާރު މި އަހަރަށް 19 އަހަރުވާނެ އެވެ.

އޭނާ އެ ދަތުރު ފަށައިގަތީ 2000 ވަނަ އަހަރު އެވެ.

ލަކްޝިމްޕޫރްއަށް ނިސްބަތްވާ ނަޖުމުންނަހާރް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. އޭނާ ރާއްޖެ އައުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ ވެރިން ވަނީއޭނާއަށް މަރުހަބާ ކިޔާފައެވެ.

ނަޖުމުއްނަހާރްގެ އަމާޒަކަށްވެފައި ވަނީ ދުނިޔޭގެ ސުލްހަ އަދި އަންހެންުންނާއި ކުޑަކުދިން ކުރިއެރުވުަށް ހޭލުންތެރިކަން އިތުރު ކުރުމުން ގޮތުން 200 ގައުމަކަށް ޒިޔާރަތް ކުރުމެވެ.

އޭނާ ވެފައި ވަނީ ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދާފައިވާ ފަރާތަކަށެވެ. އޭނާގެ އެ މަސައްކަތް ބަލައިގަނެ އެތައް ބަޔަކު އޭނާއަށް އެވޯޑްވެސް އަރުވާފައި ވެއެވެ. އެގޮތުން ދަ ޕީސް ޓޯޗް ބެއަރރާ އެވޯޑާއި ސަކްސެސްފުލް ވުމެން އެވޯޑާއި، ރެޑްކެރެސެންޓް މޯޓިވޭޝަން އެވޯޑް ހިމެނެއެވެ.

ނަޖުމުން މިހާރު ކުރަމުންދާ މަސައްކަތަކީ ދުނިޔޭގެ ގައުމުތަކުގެ ޒުވާނުން ގުޅުވައިދިނުމަށް އިންސްޕިރޭޝަން ގްލޯބަލް ޕްލެޓްފޯމެއް ގާއިމް ކުރުމެވެ.