ދީނީއިލްމުވެރިޔާ އައްޝައިހް އަލީ ޒައިދާއި ފިރިހެނަކު މީގެ ދެދުވަސް ކުރިން މަގުމަތިން ދިމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި މަގުމަތުން އަންހެނަކު މިއަދު ދިމާކުރުމުން އެއީ "އާއްމު ކަމެއްކަން" ދެއްކުމަށް ކުރި ޓްވީޓެއްގައެވެ.

"މީސް މީހުންނާއި މަގުމަތިން ފޮށުމަކީ މިހާރު ވަރަށް އާއްމުވެއްޖެ ކަމެއް. މީގެ ދެދުވަހެއް ކުރިން އަޅުގަނޑު ހުޅުމާލެ ތެރޭގައި ސައިކަލްގައި ދަނިކޮށް އަޅުގަނޑާ ވެސް ފިރިހެނަކު އެއްޗެހި ކިޔައި ފޮށުނު. އަޅުގަނޑު ދެކެނީ މިގޮތައް ފޮށި ހަދާ މީހުންނަކީ އަޙްލާޤު ދަސްކުރަން ވެއްޖެ ބައެކޭ." ޒައިދު ވިދާޅުވިއެވެ.

މަގުމަތިން މީހުންނާއި ފޮށުމަކީ އާއްމުކަމެއް ކަމަށް ޒައިދު މިއަދު ވިދާޅުވިއިރު ހޯމް މިނިސްޓަރ އިމްރާން އާއި މަގުމަތިން ދިމާކޮށްލި އަންހެން މީހާ އަކީ އިމްރާންގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު ކަމަށް ބުނާ އަންހެނެކެވެ. އޭނާ މިއަދު ވެސް ޝަކުވާކުރީ އިމްރާންގެ ނުފޫޒުން އެމައްސަލަ ނުބެލޭތީއެވެ.

އަންހެން މީހާ ވަނީ މީގެ ކުރިން އެމައްސަލަ ޖެންޑާ މިނިސްޓްރީއަށް ދެފަހަރު ހުށަހަޅާފައެވެ. ނަމަވެސް އެމިނިސްޓްރީން އެމައްސަލަ ބަލާފައެއް ނުވެއެވެ. ފުލުހުން ވެސް ވަނީ އެމައްސަލަ އާއި ގުޅޭ އޯޑިއޯގެ ސައްހަކަން ކަށަވަރު ކުރަން މަސައްކަތް ކުރާކަމަށް ބުނެފައެވެ. ނަމަވެސް ފަސްމަސް ދުވަސް ވީއިރުވެސް އޯޑިއޯ އާއި ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ފުލުހުން ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އަޙްމަދް

    ތީ ބޮޑުގުޅަ ޝޭޙުން ބޮޑު ބަލާވެރިކަމެއް މިގައުމަށް ޖެހިފައި !

    93
    24
  2. މާމީ

    ދެރަވީ ދޯ އިމްރާނާ އަންހެނަކު ފޮށުނީމަ؟ ކަލޭމެނާ މީހުން ނުފޮށި ހޯއްނުލައްވަނީ އަދި މީހުންގެ އަޚްލާގު ރަގަޅު ކަމުން އެހެންނޫންނަމަ ކަލޭމެން ގެއިންވެސް ނިކުތަ ނުދޭނެ.

    96
    5
  3. އާދަމުގެދަރި

    އަދާލަތާއި އަބުރުވެރިކަމާއި ގަދަރު ގެއްލިގެން ދިޔައިމާ ގައުމަކުން ފެންނާނެ ހުރިހާ މަންޒަރެއް މިއަދު މިދަނީ ފެންނަމުން. މީ އެއްދުވަހުން ވީ ކަމެއް ނޫން. މީ 2004 ވަނަ އަހަރުން ފެށިގެން ބަޔަކު މީހުން ކުރި މަސައްކަތުގެ ނަތީޖާ. މި ނަތީޖާ މިގައުމަށް ގެނައުމުގައި ދީނީ މީހުންގެ ދައުރު ވަކި ކުޑައެއް ނޫންް. ހަގީގީ ހައްދުފަހަނަޅައިދިއުން މި އޮތީ ފެށިފައި.

    78
    3
  4. ޢަފްލާ

    އަޚްލާގް ދަސްކުރަންޖެހޭ މީހުންގެ ތެރޭ ހިމެނެ އެކަކު ޝޭޚް ޢިމްރާން އަކީ

    101
    4
  5. ޙަސަނު

    ޤާދިޔާނީން ފަދަ ބައެއް ތީ

    20
    2
  6. ނަގޫރޯޅި

    މީސް މީހުނާ ބެހުން އާންމެއްނުވެ، އެކަމު ކަލެޔާ އިލްޔާސް އަދި އިމްރާނު ކަހަލަ މނފގ ނާ މަގުމަތިންވެސް ދިމާ ނުކުރަންވީ ސަބަބެއް ނޭގުނު.

    42
    3
  7. ޅަބޭ

    ޒައިދަކީ ފާޖިރެއް.

    27
    4
  8. ކޮއިފުޅު

    ތިމީސްމީހުން ދައްކާވާހަކަށް ގަބޫލު ކުރާނެ ބަޔަކުމިގައުމު ނެތީމަތިހެންތިވަނީ އަދި ފެންނާނެ ތިއައްވުރެ ބޮޱެތިކަންތައްތަ

    37
    2
  9. ބަދަލު

    ޝެއިޙް އިމްރާންއަށް ވެސް ތިފިލާވަޅު ދަސްކޮށްދީބަލަ މީސްމީހުންގެ އުރަމަތީގަ ނުހިފަން

    46
    2
  10. ކޮއިފުޅު

    އަދާލަތު ޕާޓީއަކީވަގުތުން ވަގުތަށް އުވާލަންޖެހޭ ޕާޓީއެއްކަން މިގައުމުގެ ގިނަ ރަތްޔަތުން ދެކެންބޭނުން

    38
    2
  11. ކޮއިފުޅު

    ތިމީސްމީހުންނަށް ހަމްދަރުދީވާނެ ބަޔަކުމިގައުމު ނޫޅެއެވެ

    32
    4
  12. ޢަލީ

    ޚަވާރިޖް ޝެއިޚް

    28
    3
  13. ....

    ވަރަށް ރަނގަޅު ވާހަކައެއް...އެފަދަ މީހުން ޖެހޭ އަޚްލާޤް ދަސްކޮށް އެއަށް އަމަލު ކުރަން...ހަމަ އެހެންމެ އެހެން އެންމެންވެސް އެކަކުވެސް ދޫކުކޮށް ކުރަން ޖެހޭނެ ކަމެއް އެއީ...
    މިއަދުގެ ހަގީގަތަކީ ޒައިދުމެން ވަދެ ތިތިބަ ސިސްޓަމަކީ އަޚްލާޤް ނެތިކޮށްލާ މުޖުތަމަޢު ފަސާކޮށްލާ އެއްޗެކަށްވާ އިރު، އޭގެ ތެރޭގައި ހުރެ ބުނުމުން ތިވާހަކަ ގަބޫލު ކުރާނެ މީހުން ނެތްކަން....އިއްޔެ ޒައިދުމެން ބުނަމުން އައީ ޑިމޮކްރަސީ އެއީ ކުފުރު ނިޒާމެކޭ...މިއަދު ޒައިދު ތިހުރީ އެކުފުރު ނިޒާމުގެ މުގުލާ ހަމާގަ އަޅުގަނޑޭ ކިޔަން...ކާކުގެ އަޅެއްތޯ ޑިމޮކްރަސީގެ އަޅެއްތޯ އަހަރެން ހިތައް އަރާ...
    މިއަދު ދޭދޭ މީހުން ކިޔާ އެކައްޗަކީ ޒައިދުމެން ކުފުރޭ ބުނި ނިޒާމު ޒައިދުމެން ވަންނަން ވުމުން ހުއްދަވެގެންދާ ގޮތުގެ ދީނާ ދުރުކަމުގެ ވާހަކަ...ދީނީ އިލްމުވެރިންތަކެއް އެއްކޮޅަށް އަރާ ވޯޓްލާން ބުނި މީހަކަށް ވޯޓްލުން ހުއްދަވެފަ އެނޫން މީހަކަށް ވޯޓްލުން ހަރާމް ވާތީ އޭގެ ހަމަނުޖެހޭ ވާހަކަ...
    ތިޔަ ބުނާ އަޚްލާޤެއް ގެ ވާހަކަ ޒައިދު ތީގެ ތެރޭ ހުރެ ދެއްކީމާ ރައްޔިތުން ދެކޭނީ އެއީ ޖޯކަކަށް...ސަބަބަކީ ތިޔަ ބުނާ އަޚްލާޤް މުޖުތަމަޢުގައި އަށަގެންނެވުމުގެ އެންމެ އިސް އެއްޒިންމާދާރުންގެ ގޮތުގައި ހުރި މީހެއް ޒައިދުތީ...އެހެނަސް ޒައިދު މިއަދު ތިހުރީ އެއަޚްލާޤް ނެތިކޮށްލާ ސުންޕާކަމެއްގެ ތެރޭގަ ކަމަށްވުން....

    25
    4
  14. ސޮމެޮނެ

    ތިޔަބޭފުޅާގެ ނަސީބު ވަރަށްގަދަ.. ސޭޚު ޢިމްރާނު އާއިދިމާކުރީ އަންހެނެއް...

    29
    1
    • ރަދީފް

      އެފް ފޯ ފިޝް ، ކޭ ފޯ ކައިޓް.

      7
      1
  15. ހަސީނާ

    އެމްޑީޕީމީހުންކުރާ ނާތަހުޒީބީ ކަންތަ އްތަ އް.
    ހީވަނީ ދުނިޔޭގަތިބޭބަޔަކަށް ފެންނާނެހެން ނަމާދުކުރަން މިސްކިތްތަކުގަ ތިބޭމީހުންގެބޮލަށް ކަރުގޮހޮރު އަޅާތަންވެސް؟

    26
    • ސާމިޔާ

      ހަސީތިބުނީވަރަށްރަނގަޅުވާހަކައެއް!

  16. ހާލަތު

    ޕީޕީން ފަށައިގެން އުޅޭ ކުޅިއެއްތީ އެމްޑީޕީއާ ކޯލިޝަނުގެ އިސް ފަރާތްތަކަށް މަގުމަތިން ފޮށުން.. އެމް.ޑީ.ޕީ ވެސް ވަރަށް ފަރިތަވާނެ ތިކަމަށް ފަށައިފިއްޔާ ޓިނު ވަގު މެންނަށް ބޭރަށް ނިކުންނަން ވެސް ނުކެރޭނެ

    12
    64
    • ބަކުރުބެ

      ފޮށެންވީ މަށަށްވާނޭ ކިޔާފަ އަދިވެސް ތަނެއް އޮވެއްޖެއްޔާ ބޯގަޅާލާ. ތަނަކު ހުރި ބްރާޗެއް ލައިގެން ވެރިކަން ކުރަނީ އިންޑިއާ އެމްބަސީން. ބަލާވެރިކަމެއްނު މީ

      55
      7
  17. ބަގްދާދީ

    ޒައިދު ކަލޭގެ ލަދު ކޮބާ؟ މާދަމާ ވެސް އިސްލާމީ މަރުކަޒުގެ މިމްބަރު ލިބެނިކޮށް ކަލޭ ހުންނާނީ އުފަލުން.

    38
    1
  18. ޑައެލޯގް

    ބަލަ ބުރާންތި ޒައިދާ މަގުމަތިން ފޮށުނުމީހާދޯ ކަލެއަށްގޯސްތިވީ ބަލަ އިމްރާން އެއަންހެންމީހާގެ ލަދުވެތި ގުނަވަނުގަހިފުމުން އޭނާއަށް އިންސާފުނުލިބުމުން އޭނާ މަގުމަތިން އިމްރާނާ ބެހުމުން ތިބުނަނީ މަގުމަތިން ފޮށޭމީހާޔޭ ގޯހީދޯ

    14
  19. އަޙްމަދު

    ޝެއިޚްޒައިދުވިދާވެބަލަތިމާގެއަމިއްލަނަފުސައްއިޙްތިރާމެއްކުރާމީހަކުއިމްރާނުއެއީރަގަޅުމީހެއްކަންދަށްކަންމަސައްކަތްކޮއްފާނެތޯ؟

  20. ސިރިސޭނާ

    ލަދެއް ޙަޔާތެއް ނެތް

  21. ސުރުހީ

    ކަމަނާ ދިވެހި ރަނގަޅަށް ދަސްކޮށް ލިޔެބަލަ

  22. އަހްމަދު

    މަގުމަތިން ފޮށެނީ އެމީހެއްގެ އަމަލުތައް އެހިސާބަށް ދިއުމުން. ހަމަ މީހަކު މަގުމަތިން ފެނުނަސް ނުފޮށޭނެ.

  23. Anonymous

    ތިކަހަލަ މުނާފިގުންނާ ދިމާ ކުރާނެ

  24. ހާމިދު ޝާހިދު

    ތިފާޑަށް އުޅޭ ޝޭހުންނާ މީހުން ދިމާވެސް ކުރާނެކަން ދެނެހުރެ މަގުމަތީގައި އުޅެންވާނީ. އިމްރާނު ވިދާޅުވިނޫންތޯ އަންހެނެއްގެ އުރަމަތީގައި ހިފުމަކީވެސް، އެއީ ވަރަށް އާމުކަމެއްކަމަށާއި، އާންމު ތަނެއްގައިވެސް ހުރެ ކުރެވިދާނޭ ކަމެއްކަމަށް. މިހެން އޭރު ވިދާޅުވީ، ލޯންޗެއްގައި ހިނގި ރޭޕްކޭސްގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ އާއިލާއެއްގެ ބޮޑުންތަކެއްވީމާ އެކަން ފޮރުވަންވެގެން ނޫންކަމަކަށެއް ނުވާނެ. މިހާވެސް ނޭއްގާނީ ކަން މިހާރު މި ޝޭހުންގެ ބޮޑުވެއްޖެ. އަނެއްކޮޅުން އެ އަންހެން މީހާ އެބުނަނީ އޭނާ ޕާޓީ އޮފީހަށް ގެންގޮސްފައިވެސް، ތަންތަނަށް ފިތިކަމަށް އެ ބުނަނީ. މި އިލްޒާމުތަކުން ނިކަން ކެރެންޏާ ބަރީއްޔަވާންވީނުން.

  25. އަންނި

    ކޮއިފުޅާ! ކަލޭ ހިނިގެޅީ ދޯ ވަހީދު އާ މަގުމަތިން ފޮށުނީމާ، މިއަދު ކަލެއާ ފޮށުނީމާ ކޮންހާ ބޮޑައެއް ތިހާކަނީ، ރަނޑު އަންހެނަކަށް ވުރެ ކަންތައް ބޮޑޭ ދޯ ކަލޭ