މި ރޯދަ މަހުގެ ފަހު މާލޭގައި ދަމު ނަމާދު ކުރުމަށް 18 މިސްކިތެއް އަދި އިއުތިކާފަށް ތިބުމަށް 21 މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭ މިސްކިތްތަކުގައި ވެސް އިއުތިކާފަށް ތިބުމާއި ދަމުނަމާދު ކުރުން ކުރިއަށް ގެންދާނެއެވެ.

ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝައިހު ގާސިމް ބިން އާލްސާނީ އާއި މަސްޖިދުއް އަޒީޒާ މޫސާ އަދި މަސްޖިދުއް އުމަރު ބިން ހައްތާބުގަ އެވެ.

ވިލިމާލޭގައި އިއުތިކާފަށް ހަމަޖެހިފައި ވަނީ މަސްޖިދުއް ސަލާމްގަ އެވެ. ހުޅުމާލޭގައި އިއުތިކާފަށް ހަމަޖެހިފައި ވަނީ މަސްޖިދުއް ޒައިދު ބިން ސާބިތު އަދި ހުޅުމާލޭ ވަގުތީ މިސްކިތުގަ އެވެ.

މާލޭގައި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް

- އިސްލާމީ މަރުކަޒު
- މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ
- މަސްޖިދުއް ސުލްތާން މުހައްމަދު ޝަމްސުއްދީން
- މަސްޖިދުއް ސުލްތާން މުހައްމަދު ފަރީދުލްއައްވަލް
- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން
- މަސްޖިދު ސަލާހުއްދީން
- މަސްޖިދު ފުރުގާން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު ނޫރު
- އިބްރާހިމް މިސްކިތް
- ފަނޑިޔާރު މިސްކިތް
- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން
- މަސްޖިދުއް ޝަހީދު އަލީ

ވިލިމާލެ

- މަސްޖިދުއް އިޚްލާސް
- މަސްޖިދުއް ސަލާމް

ހުޅުމާލެ

- މަސްޖިދު ޝައިޚް ގާސިމް ބިން އާލްސާނީ
- މަސްޖިދު އަޒީޒާ މޫސާ
- މަސްޖިދު އުމަރު ބިން ޚައްތާބު
- މަސްޖިދު ޒައިދު ބުން ސާބިތު
- ހުޅުމާލޭ ވަގުތީ މިސްކިތް

މާލޭގައި ދަމު ނަމާދު ކުރާ މިސްކިތްތައް:

- އިސްލާމީ މަރުކަޒު
- މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ
- މަސްޖިދުއް ސުލްތާން މުހައްމަދު ފަރީދުލްއައްވަލް
- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު ފުރުގާން
- މަސްޖިދު ނޫރު
- އިބްރާހިމް މިސްކިތް
- މަސްޖިދު ޝަހީދު އަލީ
- ފަނޑިޔާރު މިސްކިތް
- މަސްޖިދު އިސްކަންދަރު
- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން
- މަސްޖިދު އަފީފް

ވިލިނގިލި

- މަސްޖިދުއް އިޚްލާސް

ހުޅުމާލެ

- މަސްޖިދު ޝައިޚް ގާސިމް ބިން އާލްސާނީ
- މަސްޖިދު އަޒީޒާ މޫސާ
- މަސްޖިދު އުމަރު ބިން ޚައްތާބު