ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހައް އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވީނަމަވެސް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރަށް ޢަމަލު ކުރުން ފަސް ކުރުމަށް މިރޭ އެކޯޓުން ނިންމަވައިފިއެވެ.

އެ ކޯޓުން މިކަމާއި ގުޅިގެން ދެންމެ ނެރުނު އަމުރެއްގައި ވަނީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމާއި، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް ޢަމަލުކުރުން މަޑު ޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވާގޮތުގައި، މިގޮތަށް ނިންމާފައިވަނީ، ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީއަށާއި، އެ ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި އަދި އެ މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ކަމަށެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރެއް ނެރެފައި މިވަނީ، މާދަމާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާ ކަން ހާމަކޮށް، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރާއި އެއްގޮތްވާގޮތުގެ މަތިން އޭގައިވާ ގޮތަށް އަމަލު ކުރާނެކަން މަޖިލީހުގެ އިދާރާއިން މިއަދު ހާމަކުރައްވާފައި ވަނިކޮށެވެ.

މީގެ ކުރިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސަރުކާރުން ބޭނުންވާ ހުރިހާ ގޮތަށް ކޯޓުން ތި އަމަލު ކުރަނީ ކޮން މަޖުބޫރެއް އޮވެގެންތަ؟ މިއީ ގައުމެއްތަ ނޫނީ ބަތްކައްކާތަ؟

  2. ވާހް. ވާހް. ސާބާސް. ކިޔާ އަމުރުހޭ.

  3. ސ ނުން ސޮނި މުގާބޭ (އަންނި)

    ހައްހައްހާ... ދެދުނިޔެ ރަންރީދޫ ޓުވިޓަރޭ މެނަށް ދައްކާލާތި... ތިބުނާ ޝަހުދީ މަނިކުފާނަށް އެމަނިކުފާނު އާއި ޖެހިގެން ހުރި މޭޒުގަ ދެއަހަރު ކުލާހގަ ތިބި މީހުން ވެސްނޭގޭ... ޝުކުރުކުރަން

  4. ސްޕްރީމް ކޯޓްގެ ޙުކުމަށް ތާއީދުކުރަން

  5. މިހާރުއެބަރަގަޅުވޭ

    ކަލޭމެން ކޯޓުން މޮޑުނު ފުއްގަޑުގަ އަޅާފަހުރި ފިނިތަކާހެދި އެފުއްގަޑު ބޭނުމެ ނުކުރެވޭނެ.. އެހެންވީމަ މިއުޅެނީ އަލުން ފަނިނާޅާ ތާޒާ ފުށުން ފުއްމޮޑެން.. ދެންމިހާރު ކަލޭމެންވެސް ބާރުއަޅަންވީ ސްޕްރީމްކޯޓިގެ ހުކުމްތަންފީޒުކުރަން... އޯކޭ.. އަހަރެމެން މިހާރު މިގޮވާލަނީ ސަރުކާރަށް ސްޕްރީމްކޯޓުން މިނެރުނުއަމުރު ތަންފީޒުކޮއްދޭން..

  6. ކޮބާ ދެން ތަމެން ކިޔާބަލަ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާށޭ.. ދެން ލަލަލާ.. ތަމެން ބޭނުންހާ ގޮތެއް ނެހެދޭނެ މި ގައުމަކު.. ވީ އާރ ޑާންސިންގް ޓު ދަ ޜިދަމް..

  7. ދިވެއްސަކަށް ވީތީވެސް ލަދުން ބޯހަލާކު ، ރޯމާ ދުވާލު ސްޕްރީންކޯޓާއި އެކު މިކުޅޭ ކުޅިގަނޑު ، ހަމަކޮސްވެއްޖެ . މޮޑްރާމާ ރާވާފައި ބާއްވާފައި މަޖްލީހަށް ދައުވަތު ދިނީވެސް ، ހަމަ ހައިރާންވެއްޖެ

  8. މެދުރާއްޖެތެރެ

    ޔާމީން ހާދަބިރެއްތިގަންނަނީ ﷲގެ ވަގުތު ޖެހުމާއެކު ޔާމީނަކަށް ނިހާނަކަށް އަދުރޭއަކަށް އަނިލަކަސް ގާރޫނަކަސް ހާމާނަކަށް ފިރުއައުނަކަސްކުރާނެކަމެއްނޯނާނެ ﷲގެ އަމުރުފުޅު މިޤައުމަށް އިއްވާންދޭވެ

  9. ޔާމީން ހާދަބިރެއްތިގަންނަނީ ﷲގެ ވަގުތު ޖެހުމާއެކު ޔާމީނަކަށް ނިހާނަކަށް އަދުރޭއަކަށް އަނިލަކަސް ގާރޫނަކަސް ހާމާނަކަށް ފިރުއައުނަކަސްކުރާނެކަމެއްނޯނާނެ ﷲގެ އަމުރުފުޅު މިޤައުމަށް އިއްވާންދޭވެ

  10. އެތައްހާސް ރައްޔިތުންގެ ޙައްގުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެކަމެއްނޫ.
    ނުވެންބަރ މަހާ ހަމަޔަށް ފަސްކުރާނެކަމަށް ބެލެވޭ.
    މިދާގޮތުން ކޯޓުން އަމުރުކޮށްފާނެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަޝްކަރީ ރައީސް ޔާމީނަށޭ.

  11. ޙުކުމެ ނެރެލާ ޖަލްސާތަކަ ނުދެވޭ ގޮތަ ޖަލުގަ ތިބޭގޮތަ

  12. މިއީ ހަމައެކަނި މާދަމައަށް، އެ 8 މެންބަރުން ކާރީގަ މާދަމާ ޖަލްސާއަށް ނައަންނާށޭ ބުންޏަސް ނައަންނާނެ، ކީއްކުރަން ކުރިހުކުމެއް.

  13. މަހުލޫފު ކަހަލަ ކަނޑުކޮހުން މަޖިލީހުގަ ތިބެންޏާ މިހެން ވާނީ ދޯ

  14. މިގައުމާ ދުނިޔޭގެ އެހެން ގައުމުތަކާހުރިތަފާތަކީ, މިގައުމުގެ ޅަދަރިންނާ ހޫރު ކާފަ މާމަވެސް ސިޔާސީވުން. ހުސް ޕޮލިޓިކަލް ސައިނސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހަދާފަ ތިބި މީހުން.

  15. މިގައުމާ ދުނިޔޭގެ އެހެން ގައުމުތަކާހުރިތަފާތަކީ, މިގައުމުގެ ޅަދަރިންނާ ހޫރު ކާފަ މާމަވެސް ސިޔާސީވުން. ހުސް ޕޮލިޓިކަލް ސައިނސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހަދާފަ ތިބި މީހުން.

  16. މިދާރޭޓުން ދެން 2018 ވޯޓްލާނެކަމެއްނެތް ވޯޓްލިޔަސް ހޮވޭނީ ޔާމިން ކަން މުޖައްރިބް ކޮންމެހެން ދައުލަތަކުން ބޮޑު ހޭދައެއްކޮއް އިންތިހާބްބާވާނެކަމެއްނެތް، ކޯޓުން ނިންމާލީމާ އޯކޭވާނެ

  17. ބަލަ ސަރުކާރު ނުބައި ސްޕްރީމްކޯޓް ރަންގަޅު އަނެއްކާ މިހާރު ސަރުކާރުނުބައި ސްޕްރިމްކޯޓްވެސްނުބައި .ކޮންތާކު ތިޖެހުނީ؟ ކުރިންވެސް އަމުރުނެރުނު ސްޕްރީމް ކޯޓުން މިއަދުގެމިއަމުރުވެސްނެރުނީ . ތިމާމެންއެދޭގޮތައްވީމަމައޯކޭ އެހެންނޫނީ ކަމަކުނުދޭ ވަޓް އިސް ދިސް ވަޓް އިސް ދިސް؟

  18. ފުރިހަމަ މުއުމިނުންގެ ސިފައަކީ ﷲ އާ ރަސޫލާއަށްވުރެ ލޯބިވާ ހަމަ އެހެން އެއްވެސް ފަރާތެއްނެތުން. ހަމަޔަގީނުންވެސް ޑެންމާކުގަ އިސްލާމްދީނަށް ފުރައްސާރަކުރި ނަޝީދުއަށް ސަޕޯޓް ކުރާމީހަކީ ފުރިހަަމަ މުސްލިމަކަށް ނުވާނެ.

  19. މެންޓަލް އިލްނެސް

    އިނދިކޮޅު މެންބަރުން ސްޕްރީމްކޯޓުން 1 ވަނަދުވަހު ނެރުން އަމުރުގައި 12 މެންބަރުންނަކީ މަޖިލިސް މެންބަރުންކަމަށް ނިންމި ނިންމުން ގަބޫލް ކުރުމާއެކު މަޖިލީހުންވެސް އެމީހުންނަށް މެސެޖްވެސް ކުރި . އެކަމަކުވެސް މައިތިރި ނާރައިގެން މަގުތަކަށް ނިކުމެ ސަރުކާރަށް ޖެއްސުންކުރުމުގެ ނަތީޖާ މިފެނުނީ އެ 12 މެމްބަރުންގެ ތުންގަނޑު ބިމަށްހަރަން ޖެހުނު ސުޕްރީމް ކޯޓްގެ ވަގުތީ އަމުރު.

  20. ރާއްޖޭގެ ރައްޔިތުންނެވެ.ހިއްހަމަ ޖެހުމާ އެކު ދިރިއުޅެވޭނީ އިސްލާމީ ވެރިކަމެއްގައި ދިރިއުޅޭ ބަޔަކަށެވެ.ބަރަހަނާ ވެގަން ކުޑަ ކުޑަ ޖަންގިޔާ ކޮޅެއްލައިގެން ގައިން ނުތާހިތުވެފަ ތިބި ބަޔަކާ ވެރިކަން ހަވާލު ނުކުރެވޭނެއެވެ

  21. ބަލަގަ ކަތުންނޭ! ވިސްނާލަބަލަ! މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮޑި ގެއްލޭނޭކަމަށްވެސް ޙުކުމްކުރީ ސްޕްރީމްކޯޓުންނެވެ. އެ ޙާލަތުގައި ގޮނޑި ނުގެއްލޭނޭކަމަށްވެސް 1 ފެބްރުއަރީގަ އަމުރެއް ކުރީ ސްޕްރީމްކޯޓުންނެވެ. އަލުން އެ އަމުރު މަޑުޖައްސައިލުމަށްވެސް 18 ފެބްރުއަރީގަ އަމުރެއްނެރުނީ ސްޕްރީމްކޯޓުނެވެ. ވީމާ ދެން މިކަމަށް ވަކަިބަޔަކާދިމާލަށް އިގިލި ދިއްކުރެވޭކަށް ނެތެއްނުތޯއެވެ؟