ވަން ޕްލަސް އިން އެންމެ ފަހުން ނެރުނު އެ ބްރޭންޑްގެ ވަން ޕްލަސް 6 ފޯން ހެޔޮ އަގެއްގައި މައިބޭ މޯބައިލް ޝޮޕް އިން ވިއްކަން ފަށައިފިއެވެ.

ވަން ޕްލަސް ފޯނަކީ ފޭޝިއަލް ރިކޮގްނިޝަން އަދި ތްރީޑީ ކެމެރާއެއް ހިމެނޭ ފޯނެކެވެ. އަދި އެ ފޯނަކީ ބެޓެރީ ލައިފް ދިގު، ވަން ޕްލަސްގެ އެހެން ފޯންތަކަށްވުރެ ގްރެފިކްސް އާއި ފޮޓޯ ކޮލެޓީ ވެސް މޮޅު ފޯނެކެވެ.

މައިބޭ މޯބައިލް ޝޮޕް އިން ވިއްކާ ވަން ޕްލަސް 6ގެ ފޯންތަކުގެ ކުލަތަކަށް ބަލާއިރު، މިޑްނައިޓް ބްލެކް އަދި މިރޯ ބްލެކް ކުލަ ލިބެން ހުންނާނެއެވެ.

އެ ފިހާރައިން

ވަން ޕްލަސް 6 6ޖީބީ ރެމް 64ޖީބީ ރޮމް 11500 ރުފިޔާ

ވަން ޕްލަސް 6 8ޖީބީ ރެމް 128ޖީބީ ރޮމް 13300 ރުފިޔާ

ވަން ޕްލަސް 6 8ޖީބީ ރެމް 256ޖީބީ ރޮމް 14900 ރުފިޔާ

ވަން ޕްލަސް 6 ފޯނުގެ އިތުރުން، ޒިއޯމީގެ ފަހުގެ ފޯންތަކާއި،ރެޑްމީގެ ފޯންތަކާއި، އަދި އެންމެ ފަހުގެ ސެމްސަންގ ފޯންތައްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ.

މި ފިހާރަ ހުންނާނީ ޝާރިއު ވަރުދީ މަގު އޭއެމްޑީސީ ކައިރީގައެވެ.