781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު އޭނާ މާފުށި ޖަލަަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް އަމިއްލައަށް އިއުތިރާފްވެ ޒިޔަތު ޑިސެމްބަރު ހަތް ވަނަ ދުވަހު އޭނާ 11 އަހަރަށް ޖަލަށް ލުމަށް ވަނީ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެެވެ.

އެ ހުކުމާއެކު އޭނާ މާފުށި ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސްގެ އޮފިޝަލަަކު "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޒިޔަތުގެ މައްޗަށް މިހާރު ވެސް 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެބަ އޮތެވެ. އެއީ ޅ.މާބިންހުރާ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނަތްތެރިވި މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އެ ހުކުމް އޭނާގެ މައްޗަށް އިއްވާފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ ހުރީ ގޭބަންދު ގައެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ 32 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިއެވެ. އެހުރިހާ ދައުވާތަކަކަށް ވެސް ޒިޔަތު ވަނީ މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގައި އިއުތިރާފު ވެފައެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ހުރިހާ ދައުވާއަށް ޒިޔަތު އިއުތިރާފުވި ނަމަވެސް ދައުލަތުން ޝަރީޢަތުގައި އެދުނީ އެންމެ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޏ

    ދެކޮޅު ނުޖެހޭ ދޯހަޅި ނާގާބިލް ސަރުކާރު.

    28
    5
  2. ތެދު

    އަޅުގަނޑައްބެސް ތިކަހަލަ 700 މިލިއަންގެ (ސަރުކާރުގެ) ހިލޭ އެހީއެއްދީބަލަ 15އަހަރު ޖަލުގައޮވެދާނަން އޭރުން ދަރިންނައް ވިޔަފާރިހިންގޭނެ...ހެހެހެ ތިކަހަލަ ލަނޑެއް މަށައްވެސް ދީބަލަ އަޅެ.

    31
    2
  3. ސަފާ

    ތީ ޑްރާމާ މަހެއް ފަހުން ގެއަށް. ދެން ހުންނާނީ ގޭގައި. މި ސަރުކާރުގެ ވަގުންގެ ނަން ނުބުނާ މަތިން ޑިލް ހެދިފައި.

    26
    3
  4. ސަނީ

    11 ދުވަސް ފަހުން، ނިދާ މެސިން ބޭނުންވާތީ ގެޔައް ބަދަަލް ކުރާ ގޮތައް ދެއްތޯ ؟
    ކޮރަޕްސަނާ ފަސާދަ ނޫން ކަމެއް ނުކުރޭ މި ސަރުކާރު

    23
    2
  5. ދާންދޫ

    މުޙައްމަ ދު އަޒީޒުމެން ލަ ދުގަންނަން ޖެހޭނެ.

  6. ދާންދޫ

    ޒިޔަތު ރާއްޖޭގެ ރައީސްކަން ކުރާނެ ކަ މުގެ ނިޝާނަކަށް ތިކަން ވެދާނެ