ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން ބޭނުން ކުރައްވައިގެން މަޖިލީހުގައި ބިލްތައް ފާސްކުރުވީ ބިރު ދައްކައިގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ބާބު ތިނެއް" ޕްރޮގްރާމްގައި މި ސަރުކާރާއި މަޖިލިސް މެންބަރުންނާއި ދެމެދުގައި އޮންނަ ގުޅުން ކުޑަކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހާ އަޅާ ބަލާއިރު ހުރި ތަފާތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި މަޖިލީހުގައި ހިތްހަމަޖެހިވަޑައިގަންނަވާ ގިނަ ކަންކަން ހުރި ކަމަށެވެ.

ނަމަވެސް ބައެއް ފަހަރު މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ގިނަވެ ރައްޔިތުންނާ ގުޅުންހުރި ބިލްތައް ފާސްކުރުމުގައި ދިގުލައިގެން އަންނަކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ސަރުކާރާއި ސަރުކާރުގެ ފަޅިން މަޖިލީހުގައި ތިއްބެވި މެންބަރުންނާ މާބޮޑު ގުޅުމެއް ނޯންނަކަން ބައެއް ބިލްތައް ހުށަހަޅާއިރު ފާހަގަވާ ކަމަށާއި، އެއީ މަސައްކަތްތައް ދިގުލައިގެން ދިއުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒު ޕާލަމެންޓްރީ ގްރޫޕަށް ނޭނގޭ ކަހަލަ ބައެއް ކަންކަން މިހާތަނަށް ފެނިފައި އެބަހުރި ކަމަށެވެ.

"އެއީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ބިލް ހުށަހަޅާއިރު ހުށަހަޅުއްވާފައި އެބަބުނޭ ވާހަކަދައްކާ ފުރުސަތުގައި މިއީ ސަރުކާރުން ހުށަހެޅި ބިލެކޭ. ދެން ތިމަންނަ ތިމަންނަގެ ވާހަކައޭ ދައްކާނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ސަރުކާރެއް އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހަށް ގަޔާ ނުވާނެ ކަމަަށާއި، އެއީ ސަރުކާރު މެޖޯރިޓީއެއް އޮތް ނަމަވެސް ކަންވާނެ ގޮތް ކަމަށެވެ.

އެގޮތުން 18 ވަަނަ މަޖިލިސް ހިނގަމުން ދިޔައިރު އޮތީ ޕީޕީއެމްގެ "ހުދުމުހުތާރު ވެރިކަން" ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ، އޭރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް ސަރުކާރުން ފޮނުވާ ބިލަކަށް މާބޮޑަށް މަޝްވަރާކުރުމާއި ބަހުސްކުރުން ނޯންނަ ކަމަށެެވެ.

ހަމައެކަނި މަޖިލިސް އޮންނަނީ ރަބަރު ސްޓޭމްޕެއް ޖަހާ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ އެކަން ނުކޮށްފި ނަަމަ ސަރުކާރުން މެންބަރުން ޖަލަށް ލާނެ ކަމަށް ބުނެ "ބިރުދައްކާފައި" އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނާ އޭރު ވާހަކަ ދައްކަވަމުން މެންބަރުން ބުނެފަ އެބަހުރި ތިމަންނަމެން މިކަން ނުކޮށްފި ނަމަ ޖަލަށް ލާނޭ، ބަންދުކުރާނޭ. އެ ފިއަ އެބަ އިނދޭ." އާޒިމް ވިދާޅުވިިއެެވެ.

ނަމަވެސް އެއާ ހިލާފަށް މިހާރު ފެންނަނީ ޑިމޮކްރެޓިކް ގައުމުތަކުގައި މަޖިލިސް ހިނގާ އުސޫލުން ހިނގާ ތަން ކަމަށް އާޒިމް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. އަލީ

  މިހާރު ބިލްތައް ފާސްކުރަނީ ބައިއަޅައިގެން، ޑީލް ހަދައިގެން.

  73
  2
  • ގެރި

   މިހާރު ފާސްކުރަނީ ލާރި ބަހައިގެން.. ޖަނަވާރު ހުރި ނުބައިނުލަފާކަން ބަލާލަބަލަ

   30
   2
 2. ހުސޭނުބޭ

  ކަލޭގެ ރައްޓެހި ބުއްޅަބޭވެސް ބުނި އިސްތިޢުފާދިން ދުވަހު ބޮލުގައި ބަޑިޖައްސާފައޭ ހުރީ! އެކަން ކުރިކަމަށްވަނީ ހާމާނު! އަނެއްކާ ކަލެޔަށް ބިރުގައްކަނީ ކާކުތަ؟ ފިރުޢައުނުތަ؟

  66
  1
  • Anonymous

   އާޒިމްމެން ރައީސް ޔާމީނާ ހިތާވެފަ ތިތިބެނީ އަމަށަކު ވަރަކަށްނޫންވިއްޔާ. ހަމަ ދޭތެރެއަކުން ރައީސް ޔާމީންގެ ހަނދާންތައް އާކޮށްދޭ.

   12
 3. މުހައްމަދު އަންޖުމް

  ތިވަރުންނޫޅެ ރައީސްޔާމީނާ އިންނަންވީނު ފަހެހީވަނީ ތަނަ ކުން އަންހެނަކު ފެނިގެން އުޅޭހެން ބަލަގަ އެޔޮތީ ކަލޭމެން ބޭނުންވާގޮތަށް ދޮގާމަކަރުން ޖަލުގަނޫންތަ އެތަނުން ނިކުން ނަން އަބަދު ބަލީގެ އުޒުރުތައް ދައްކައިގެން އިނގިރޭސި ވިލާތަށް ނޫނީ ޑުބާއީއަށްދާންވެގެން އުޅެނީކީނޫން ދެން ކޮން ކަމެއް ތިމާމެންގެ ފެންވަރެއްނެތީމަ އަބަދު ޔާމީން ޔާމީން ކިޔައިގެން ހަޅޭއްތިލަވަނީ ރައްޔިތުންނަށް ކަމެއް ކޮށްނުދެވި ގެން ކިހާދުވަހަކު ތިޔަ ނުބައި ކަންމަތީ ދުނިޔޭގަ ހުންނާ ނަންތަ އެފްއޭއެމްގެ ބޮޑުވަގު

  64
  2
  • ލައިލާ

   ޔާމީނު ވިއްކައިގެން ވެ ރިކަން ކު ރެވެން އޮތީ އެހެންވީމަ މިސަ ރުކާ ރުގެ މަޖްލިސް މެމް ބަ ރުންނާ މަޖްލިސް ރައީސް އަދި ގައުމުގެ ރައީސް މީހާ ވެސް ހަމަ ވިއްކަނީ ޔާމީނު . ބަލަ ހަނދާން ނެތުނީތަ ޔާމީނުގެ ވެ ރިކަމުގަ ނޫންތަ ތަމެން ބް ރޯއަށް ވޯޓް ވިއްކީ ވެސް. އެހެންވެ ނޫންތަ ސަ ރުކާ ރުން ބް ރޯ އާއެކީ ޑީލް ހެދީ ވެސް ތިޔަފަދަ މީހުން ބޭޒާ ރު ވެދާނެތީ

 4. އަހުމަދު ނީޒް

  މިހާ ރު ވެސް ހަމަ ސޭމް. ދެމީހަކު ބޭނުންވާ ގޮތައް އެކަން ހިނގަނީ. ގިނަ މެމްބަ ރުން ތަކެއް ހޮވުމުގެ ބޭނުމެއް ނެތް.

  56
  1
 5. ޙައުލާ

  އާޒިމް މެނަށް ނުވިސްނޭ ކަމަކީ، މިހާރު ދިވެހިންކައިރިއަށް އަންނަ ރުޅި. ރައީސް ޔާމީންއޭކިޔައިގެން އެއްޗެއްބުނެފިނަމަ އެބުނިމީހާއެއީ ދިވެހިންގެ ދުޝްމަނެއް. ދިވެހި ގައުމާރައްޔިތުން މިހާތަނަށްދު ށް ރަންޒަމާން ގެނެސްދެއްވީ ރައީސް ޔާމީން ކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅެނެ.

  63
  1
 6. Anonymous

  ބުނަން ވާހަކައެއް! ރައީސް ޔާމީންގެ ނަންފުޅު ތިވަރަށް ހަނދާން ނުކޮށްދިނަސް މި ދިވެހރހިރާއްޖޭގައުޅޭ ލޯހުރި އެންމެންނަށް ރައީސް ޔާމީން މަތިން ހަނދާން ނައްތާނުލޭވޭނެ. ބަލައިލި ކޮންމެ ދިމާއެއްގަ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ.

  64
  1
 7. އެމަންޖެ

  ޔެސް އާޒިމް މިހާރު ފެންނަނީ ޑިމޮކްރެޓިކް ގައުމުތަކުގައި މަޖިލިސް ހިނގާ އުސޫލުން ހިނގާ ތަން ތަން ކޮރަޕްސަނުން ފުރިފަ ލާރިޔައް އޯރ ޑޮލަރައް ވިކިފަ.

  62
  1
 8. އަހުލުން

  ހެހެ ހިތުން ‘ މިތުންއަށް ވާންވެގެން މޮޅުއެއްޗެކޭތަ ތިބުނީ؟ ބަލަ މިހިރަ ހައިރާނާ ކަލެއަށް ފުޅިއެއްގެ މަތިގަނޑެއް ބޮވިގެން ވާންޗޯ ވިޔަސް ބޮޑުވަރު .ރަށްޔިތުންނަށް އޭރުގެ ބިލްތަކުން ފައިދާ ބޮޑުތަނުންވި

  51
  1
 9. ޖ

  ނުކިޔަވާ ތަންދޮރުއޮޅުން ނުފިލާ މީހުންނައް މަގާމުލިބުނީމާ ކިޔޭނުކިޔޭ އެއްޗެއްނޭގޭނެ.

  48
  1
 10. ކަނަމަނަ

  މިސަރުކާރުން ބިލްތައް ފާސްކުރަނީ ބިރުދައްކަން ، ފާސްކޮއްފަހުރިގިނަ ބިލްތަކަކީ ވަކިބަޔަކައް ޓާގެޓް ކޮއްފަ ނިންމާފަހުރިބިލްތަކެއް ރައްޔަތުންގެ މަންފާއާއި ލާބައައް ނިއްމާފައިން ބިލެއް ވަރައްމަދު

  43
  1
 11. މާމީ

  ކަލެއަކީ ބޮޑު ވަގެއް ކަން ހުރިހާމީހުނައް ވެސް އެގޭ ކަލޭމެނައް ޔާމީންގެ ނަންގަނެފަ ނޫނީ އެއްދާންވެސް ނުކުރެވޭނެ.

  43
 12. ގެރި

  ކުރީގެ ކުރީގެ ވާހަކަ ނުދައްކާ ޖަސްޓް މޯވް ފޯވާރޑް މޭން!

  30
 13. ސޫއޫދު

  މީދެންކޮންބައެއް އަމިއްލަޔައް އިއްޒައްތެރި ގާނޫނެއްހަދާ ނަމުގަކުރިއައް އިއްޒައްތެކިޔާގޮތައް ހަދާ ގައުމުފުނޑާލަނީ ތިގޮނޑިން ވެއްޓުނީ ފެއްނާނެބާޒާރުމަތިން މީނައާއެކު ކުބޭވެސް އުޅުނު މިހާރުކޮބާ

  32
 14. ގުއިދައިތަ

  އާޒިމް ކަލޭ މަޖިލީހުގަ ތިޔަ ހޭދަކުރި މުއްދަތުގަ ހަމަ އެކަނި އެބަޔަކު ބޭނުންވާ ގޮތަށް ބަޓަނަށް ފިތާލުމަށް ކަލޭ ޗާޖް ކުރިވަރު ހާމަކުރަން ކެރޭނެބާ؟ މަޖިލީހުގަ ހުރި އެންމެ ކޮރަޕްޓް އެކަކޭ މީ ބުނާތީ އިވޭ. ފައްޔާޒު ފަރާތުން މީނައަށް ބައެއް ލިބޭ ގޮތް ނުވެގެން ފައްޔާޒު ދެކެ ރުޅިއަރައިގެން މިއުޅެނީ. ފޫހި މީހެއް.

  40
 15. ހިނި

  ހޮވުނުތާ ކުރީކޮޅު މެންބަރުކޮޅު ލަންކާ އަށް ގެންގޮސް ވަނީ ނަގޫ ފިއްތާލާފަ! އިތުރަށް ދައްކަން ޖެހޭނި ޖާބިރު ދެއްތޯ!

  19
 16. ރަބަރޭ

  ހުރިހާ ބާރުތަށް އަންބޯޑިޔަށް ކަހާލީމާވެސް އެޔަށްކިޔަނީ ޑިމޮކްރަސީތޯ ބޮޑުދައްޖާލުގެ ފަހަތުން ދުވާ ކުދި ދައްޖާލު ތަކަށް ދުވާލު ފެންނާނީ ރޭގަޑުގެ ސިފާއިގާއު

  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  19
  1
 17. މި

  ލިބުނު ވަ ރުގިނައީދޯ.

  17
 18. ބުއްޅަބެ

  ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން ރައީސް ޔާމިން

  މިމީހުން ވެރިކަމަށް އައީ ނުފުއްދޭހާ ބޮޑެތި ވައުދުތައްވެގެން، އެއްކަމެއްވެސް ނުކުރެވުނީމަ ޔާމިން ބޮލައްކަނޑާލާފަ މިކިޔާނީ މަމެންނޫނިއްޔާ ވެރިކަން ކުރެވޭނެބަޔަކުނެތޭ.

  21
 19. އަހްމަދު

  އާޒިމްމާމޮޅުވާހަކަދައްކާނެކަމެއްނެތް 18ވަނަމަޖިލީހުގެބިލްތައްފާސްކުރިގޮތް އެނގިދާނެތީ އަދީބުހައްދައިގެންމިސަރުކާރުން ތިއުޅެނީ އަންހެނުންގެ ގޭގަ10ބުރީގެޢިމާރާތެއްއަޅައި މީހާމަހުޖަނަކަށްވެފަތިހިރީ ބައްޕަ ހެދިކާވިއްކައިގެންނޭތަތިޔަބުނަނީ މިސަރުކާރުގެ މަތިފަޑީގަތިބިމީހިން ކޭވަރުއެނގިދާނެތީ އަދީބްއެހެރީ ގޭގަބަހައްޓާފަ ހުޅުމާލޭގަހުރި ކޮންމެކޮންޑޯއަކުން އަދީބުއެހެރީ އެޕާޓްމެންޓުގަނެފަ އެކަމުކީއްކުރާނީ ތިމާމެން އޮރިޔާންވެދާނެތީއެހެރީ ބަހައްޓާފަ

  19
  1
 20. މިއަދު

  ރައީސް ޔާމީންގެ ސަރުކާރުގައި ބިލްތައް ފާސް ކުރުވީ ބިރު ދައްކައިގެން: އާޒިމް

  ރައިސް ސާލިހުގެ ސަރުކާރުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރަކަށް ޢަލީ އާޒިމު ހުރެހެން ބިލްތައްފާސްކުރީ ބާރުގެބޭނުންކޮށްގެން

  21
  1
 21. މުހައްމަދު

  ފަޅޮލޭ ކިޔާބަލަ.

  15
  1
 22. މުހައްމަދު

  ފަޅޮލޭ ކިޔާބަލަ.
  އިންސާނުންގެ ނަގޫފަޅާނަނަ ކަލޭގެ ހުރީހީ ލެނބިފާވާ ނަގުލެއް ފަޅާފާ..

  17
  2
 23. ަައަބޯ

  ބަލަގަ އާޒިމް ކަލޭހުރީ ހޭބުއްދި ފިލާފަތަ؟ ނޫނީދެލޮލަށްނުފެންނަ ކަންފަތައްނީވޭ މީހެއްތަ؟ މިހާރުކުރާވައްކަމާ، ހިންގާ ފަސާދާގެ ޢަމަލުތަކާ، ނުޙައްގުންމީހުންނަށްދޭ އަނިޔާއާއި، އަދި އިސްލާމްދީނާއި، ދިވެހިންގެ ރީތި އާދަކާދަޔަށްބެލުމެއްނެތި ވަކިމީކަކުބޭނުންވާގޮތައް ހުރިހާބިލްތަކެއް ތިފާސްކުރަނީ ހަމައެއްވެސްމީހެއްގެ ނުފޫޒެއް ނެތި ހަމަހިތުންރުހުމުން އަހަރުމެންދެކެ(ރައްޔިތުން)ދެކެ ވާލޯބިންބާ!ކަލެއަކީ އެހާރާމިހާރު ކޮއްފަހުރި ހުރިހާވައްކަމަކުން އެންމެގިނަ އަދަދަކަށް ފައިސާނަގާގެންހުރިމީހެއް އެކަމުގެކަމުގެ ހެކި މަޖިލިސްތެރެއިންވެސް ވަރަށްސާފުކޮށް އެބަފެނޭ މަޖިލީހުގެ ރައީސް އިސްލަމްދީނާޚިލާފްކޮންމެވާހަކައެއްދެއްކިޔަސް މިމޭނުން ޗުއްޕުވެސްބުނަންނުކެރޭކަމީ އެކަމުގެ އަލިގަދަ ހެތްކެއް ހެޔޮވިސްނޭކޮނަމެމީހަކުވެސް މިޙަޤީޤަތް ޤަބޫލުކުރާނެ.

  15
  1
 24. ހައްމާދު

  ޔާމީނުގެ ވާހަކަ ނުދައްކާ ރައްޔިތުންނަށް ކަމެއްކޮށް ދޭން އެނގެއްޔާ ކޮށްދެވޭތޯ ބަލަންވީނު. މާޒީ ވާހަކަ ދައްކައިގެން ކަލޭމެންނަށް ވޯޓުދޭނެ ބަޔަކު ނެތް. ތިޔަ ބާވަތުގެ ގޮވެލިތަކުން އެނގެނީ ކަލޯމެންގެ ނުކުޅެދުންތެ ރި ކަމާއި ނާގާބިލުކަން. ހު ރިހާ ގޮތަކުން ކަލޯމެންވަނީި ފެއިލް ވެފައި. ވައުދުވީ އެއްވެސްކަމެއް ވައުދުގޮތާއެއްގޮތކަށް ނުދޭ. ކޮ ރަޕްޝަނާއި ވައްކަމާއި ބޭއިންސާފު ހައްދުފަހަނަ އަޅާފައި. ރައްޔިތުން ބިކަވެ ހާލުގައިޖެހި ގައުމުގެ މިނިވަންކަން ގެއްލިއްޖެ.

  15
 25. ކުޑަކާށި

  މިހާރުފާސްކުރަނީ ހަރާމްކަންތަށް ހަލާލުކަމަށް ބުނެދީގެން ، ރަލާއި ޒިނޭ ، ހަލާލުކޮށްގެން .....

  11
 26. ކުޑަކާށި

  މިހާރުބިލްތަށް ފާސްކުރަނީ ރަލާއި ޒިނޭ ހުއްދަ ހަލާލުކަންކަމަށް ހަދައިގެން .....

 27. Anonymous

  ކީއްކުރާ ގާނޫނެއް! ވަލުޖަނަވާރުންގެ ވެރިކަމެއް މިތާ މިއޮތީ.

  13
 28. ނަައީމް

  އާޒިމޫ ކޮބާހޭ ކަލޭގެ ލަދުހަޔާތް ރައީސްޔާމީން މި ގެނެސްދެއްވާފަ އޮތް ބިޔަބޮޑު ތަރައްގީގާ ކަލޭމެނައްނުކެރުނޭ ބަޖެޓައްވެސް ވޯޓްގަނދެއްވެސްދޭން ކޮބާލަދު މިއަދު ވައްކަންކޮއްގެން ވެރިކަމައްއާދެވުނީމާ ކަލެޔައްކުރެވުނު ކަމެއްއެބައޮތްތަ

 29. Anonymous

  މީނަ މިއީ ކާކުތަ އަނގަ ފުޅާކުރަން. ޝިޔާމް މެންނާ ބަހުސް ކުރަން އަރަންވެސް ނުކެރުނު ގޮލަޔެއް.

 30. ކިނބޫ

  ކާކަށްތަ ކަޅޭއަށްތަ ބިރު ދެއްކީ. އެމްއެމްޕީއާރްސީ ފައިސާގަނޑު އަދީބު
  އަތުން ކާލައިގެން އަރާތިބި ވަގުންތަކެއް ކަލޭމެން ތީ. ވޯޓު ވިއްކީ. އަނގަ މަޑުން ލައިގެން ހުރޭ ކަޅުބެ.