އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ޖަޒީރާ ރައީސްގެ އަތްމައްޗައް މިގައުމުގެ ހުންގާނު ހަވާލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ އއ.އުކުޅަހުގައި ބޭއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ މިގައުމަށް މިހާރު ބޭނުން ވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ، ރައީސެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ވަށައިގެން ބަރު ހަތިޔާރާއެކު ރަށުތެރޭގައި ދަތުރުކުރާ މީހަކަށް ރައްޔިތުންގެ ހާލު ނޭނގޭނެ ކަމަށާއި، އެވަރުގެ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ.

"ވެރިކަމަށް ގެންނަން ބޭނުންވަނީ ރައްޔިތުންނާއި ހަމައަށް އައިސް ރައްޔިތުން އަޑު އަހައި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވާ މީހެއް މިހާތަނަށް ރައްޔިތުންގެ އިހްސާސްތައް އެންމެ ގާތުން އަޑުއެހި ރައީސް އަކީ ޖަޒީރާ ރައީސް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބޭނުން ވަނީ މީހުންގެ ގެދޮރަށް ޒިޔާރަތްކޮށް ވާހަކަދައްކާލާ ހާލުއަހުވާލު އޮޅުން ފިލުވާލާ އެއްސުފުރާމަތިން ކާލާ ރައީސެއް ކަމަށެވެ.

"ކިހިނެތްތޯ ބަލިމަޑުކަމުގެ ހާލަތު ރަށު ތެރޭގައި އޮތް މިންވަރު އޮޅުން ފިލުވާނީ. މިކަންކަމެއް ނުކުރެވޭނެ ރައްޔިތުންގެ ކައިރިއަށް ނުގޮސް" ޝާހިދު ވިދާޅުވި އެވެ.

"މިއަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ޖަޒީރާ ރައީސްގެ އަތްމައްޗައް މިގައުމުގެ ހުންގާނު ހަވާލުކުރަންޖެހޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ނަޝީދަކީ އަޒުމް ވަރުގަދަ، ހިތްވަރުގަދަ، ހިތްތިރި ކަމާއެކު ބަދަލުހިފުމުގެ ރޫހު އެއްވެސް ގޮތަކަށް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މީހަކު

    ނަޝީދު އަށް ވެރިކަން ދިނުމަކީ އަމިއްލަ އަށް އަނދަވަޅަކަށް ހުންމާލުން ކަހަލަ ކަމެއް!

  2. ޢާދަމް

    ޢަލްޖަޒީރާ އަށް ހޮވާރައީސެއްތަ؟؟؟؟
    މުސްލިމު ދިވެހިރާއްޖެ އަކަށް ލާދީނީ މީހަކު ކަމަކު ނުދޭ!

  3. Anonymous

    ޖާރިޔާ ރައީސް ބޯންވެސް އެހާ ވަރުގަދަ

  4. ގުބާދު

    ބަލަ ޖަރީމާ ރައީސް އަތްމައްޗަށް މި ގައުމު ދޫކޮށްލީމާ މި ގައުމުގައި މިހާރަށްވުރެބޮޑަށް ޖަރީމާތައް ގިނަނޫންތޯ ވާނީ؟ ޑރ އަފްރާޝީމާ މި ނޫންވެސް ބޮޑެތި ގަތުލްތަކުގެ ތުހުމަތު ކުރެވޭ މުޖްރިމަކު މި އިސްލާމީ ގައުމާ 100 ފޫޓާސްވެސް ގާތްވިޔަ ދީގެން ނުވާނެ!
    ހާދަވަރަކަށް ފިތިބާރުވެފައޭ ދޯ.. ވީޑީއޯތައް ގިނައީ އުތަ؟

  5. ޜަސީދު

    ނުކުރާނަން

  6. ޙަފްޞާ / މާލެ

    އަތޮޅުތެރޭގެ ރަށްރަށަށް އަރާލީމާ ނުފެނޭތަ ތަރައްޤީއެއް؟ އުކުޅަހަށް އަޜާލުމުންވެސް ކަލެމެންދާނީ ގޮޓިއަރައިގެން ތަރައްޤި ފެނިފަ!

  7. ނަހީޒު

    ބަލަ ޖަރީމާ ރައީސާ އޭނާގެ ގޭންގް ވެރިކަމުގެ ރަހަ ކަރުބުޑޫގަ ނުލަންޏާ މަސައްކަތްކުރާނީ ދީނީ އިލްުވެރިންނާ ގައުމުގެ މިނސްާޓރުންނާ އަދި ރައީސްވެސް މަރަން. 3 އަހަރުގެ ގޭންގް ވެރިކަން އޮތްއިރު މި ގައުމުގގިނަ ރައްޔިތުންނާ ކަމުވޮށިގެންވާ އެނެމެންތިބީ ގޭގަ ނުނިކުމެ. އަދި މުޅި ރަށް ހިތަކަށް ގޭންގާ ގޭންގް ސަރުދާރަށް އޮތީ ލިބިފައި ދާނެ ތަނަކަށް ދާން ޖަހާނެ ސަކަރާތެއް ޖަހަން މުލީއާގެ އަށް ކަސްބީންނާ ރަލާއި އޫރމަސް ވެއްދިއިރުވެސް. އެކަން ތި ސިފަކުރަނީ ރައްޔިތުންނަކއިރިއަށް ދެވުނީކަމަށް. އެދެވުނީ ރަލާއި ކަސްބީން ކައިރިއަށް.

  8. އެއު

    ޝާހިދޫ! ބްލެކްމެއިލްވިޔަސް ތީ ތަންކޮޅެއް ބޮޑުވަރެވެ. އިހަށްދުވަހު ނުހަނު އިންތިޒާރުކޮށްގެން ހުރި ޓިކެޓް އަތުލީމާ ރުޅިހަދާލައިގެންވެސް ނުރެވުނެވެ. ތިޔަކަލޭގެ ނޫން އެހެން މީހަކު ހޯދާބަލަ!

  9. އ މ ރ ބ

    ތިޔަ ޖަރީމާ ރައީސަށް، ޤައުމުގެ ހުންނާނު ދީފިނަމަ، ފަރަށް އަރުވާލާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް، ޖަރީމާ ރައީސަށް އިސްލާމް ޤައުމެއްގެ ރައީސްކަން ކުރާކަށް ނޭނެގޭނެކަށްވެސް ޔަޤީން، ޖަރީމާ ރައީސަށް، ކާފަރު ޤައުމުގެ ރައީސްކަން ކުރަން ފަރިތައީ

  10. ހުހުހު

    ހުހުހުހު ޖަޒީރާ ރައީސް

  11. ފައިޒް

    ޝާހިދު ދެންއޮތީ ކަލޭ ރައީސް އޮފީހުން ގެ ހަދަން ވެގެން ނެގި ލާރި ގަނޑު.. އެކަމުން ރެކެން އުޅޭނެ ކަމެއްނެތް..

  12. ޑޮންޑޮންފުޅި

    ޑެން ރާއްޖެ ނައިސް މުޅި ދުނިޔޭގަ ލާހޫރެނީ ކީއްވެ؟ ފިނޑިކަމުން ފިލާ އިނދެ ސްކައިޕް މެދުވެރިކޮށް ރައްޔިތުންނަށް ނޮހޮރުއްޕާން ކުރާ މީހެއް ބޭނުމެއްނޫން. ހިތްވަރު ގަދަ މީހެއް ބޭނުމީ.

  13. ދިވެއްސެއް

    މިއަދުގެ އަރަތް

    މިތާ ވާއެއްޗެއް މިތާނުވާއެއްޗެއް އަދި މިތާ ނުވާ އެއްޗެއް މިތާވާ އެއްޗެއް އެއީ ކޯއްޗެއް؟

    ޖަވާބު : ޖަޒީރާ ރައީސް

  14. ޙސހސހސހ

    ޝާހިދު މޮޔަވީތޯ. މިގައުމަށް ބޭނުމެއްނޫން ލާދީނީ ގޮލަޔެއް.

  15. ބެއްޔާ

    އެއްފަހަރުވެސް ދޮގެއް ހަދައިފި މީހަކަށް އިތުބާރު ކުރަން ވަރަށް ދަތި. މައި ބަދަ މައްސަލަ ޖެހުނީޔޭ ކިޔާފަ ދޮގު ހަދާފަ ފިލައިގެން ދިޔަ މީހަކަށް ދެން ކިހިނެއް އިތުބާރު ކުރާނީ. ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަކީ ތިމަންނަ އިސްތިއުފާ ދިނުމޭބުނެ އިސްތިއުފާ ދީފަ އަނެއްދުވަހު ބަގާވާތެކޭ ކިޔާފަ މުޅިގައުމުގަ ހުޅުޖެހި މޯހަކަށް ކިހިނެއް އިތުބާރު ކުރާނީ؟

  16. ނާރެސް

    ބަލަ މިގައުމުގާ ތިޔަކެނެރީގޭ ނަސީދު ގެވެރިކަމުގާ ލާދީނީ މީހެއްކަން ދަންނަބޭކަލުން އެތައް ޕޯޑިއަމުގާވިދާލުވި އަދި ވެރިކަމުގެ ފަސްއަހަރު ހަމަނުވަނީސް އިސްތިއުފާދިން ކެބިނެޓްއެއްކޮންއިސްތިއުފާދިން ދެން 2013ކުރިމަތިލީމާ ރައްޔަތުންނޫނެކޭބުނެފި ގާޒީޔަކު ރަހީނުކުރި މިވަރުގެ މީހަކައްދެން މިގައުމަކުޖާގަނެތް ދެން ވެރިކަން ބޭނުންވެގެން ތިޔަފަތަނީ ޝާހިދުމެން ބަލަ ޑިމަކްރަސީނެތް ޕާޓީއެއްގާ ކޮންއިންސާފެއްއޮންނާނި އަދިވެސް ވެރިކަމުގެދަހިވެތިކަމުގާ؟؟

  17. ދުންޔާ

    އޭ ޝާހިދު މިޤަުމުގެ ހުންގާނެއް ދެން ކަލޭމެންނަކަށް ނުލިބޭނެ މާތް ﷲ އިރާދަ ކުރެއްވިޔަ ތެޅި ތެޅި ތިބޭ. ކިހާބޮޑު ކެމެއްމީ... ވެރިކަން ﷲ ދެއްވިދޯ ވެރިކަން ކުރަން ކަލޭމެންނަށް ނޭގުނުތާ އަމިއްލާ ނަފްސަށްވެސް ތިޔަބައި މީހުންގެ މަލާމާތް ލިބިގެންދިޔަ

  18. ބުރުޖު

    ބަލަ ޝާހިދޫ، ތި ފިނޑި ނަޝީދަށް ވުރެ ނައިމާތަގެވެސް މާހިތްވަރު ހުރޭ. ދެންވެސް ޕްރެޝަރ ކޮށްލާއިރަށް ނަގޫ ޖެހިތާ ބޯޖަހާފަ މަށަކަށް ނުވާނެޔޭ ކިޔާފަ އިސްތިއުފާ ދީފަ ފިލާނެ

  19. ދީދީ

    ކަލޭ ތިހެން ބުންޏަސް ޖަޒީ ރާ ރައީސަކަށް މަށެއް ވޯޓެއް ނުދޭނަން، ކަލެއަކަށްވެސް ނުދޭނަން

  20. ދަބަދާ

    ކޮން ޖަޒީރާ ރައީސެއްތޭ އޭން ބުނެބަލަ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލުއްޗާއޭ ދަ ގަމާރޭ ދަ ބީތާއޭ ގާގަނޑު ރައީސޭ ކިޔާބަލަ ގާގަނޑޭ ގާގަނޑޭ ގާގަނޑޭ ގާގަނޑު ރައީސް ދޯ ގާގަނޑު ރައީސް ދޯ ގާގަނޑު ރައީސް ދޯ. ޖަޒީރާ ރައީސޭ ތަމެން ބަނޑޭ ކިޔާބަލަ ބަދާ ބަދާ ބަދާ ދަބަދާ ކަޅަ ބަދާ ވަލި ބަދާ ރަތް ބަދާ...

  21. Anonymous

    ކަލޭ މަހައްދޭ. ބޮޑު މުޖުރިމެއް. އިސްލާމް ދީނުގެ ދުޝްމަނެއް. ދިވެހިން އިންޑިޔާއަށް ބޮޑު އަގުގަ ވިއްކާލި ކަލޭ. ދިވެހި ރާއްޖެ ދުނިޔެއަށް ނީލަންކީ ކަލޭގެ. އަހަރެމެން ފުރާނަ ހުއްޓަ ތިކަލޭގެ މިގައުމަށް އެރިއަވެސް ނުދޭނަން.

  22. Anonymous

    ވަރަށް

  23. އރމތ

    ބަލަ ޝާހިދު ކަލޭ ހިނދުކޮޅުގަތަ ؟

  24. ގައުްމުދެކެ ލޯބިވާ ރައްޔިތެއް

    ވަަރަށް ބޮޑަށް ސޮރީ ހިތައް އެރީމަ ބޭނުންހާ އެއްޗެއް ކިޔާ އަދި އަމުދުން ދީނަށް ފުރަށްސާރަ ކުރާ ތިަކަހަލަ މީހަކަށް މީހަކު ނެތަސް ހުންގާން ދޭނީ މޮޔަބަަެއް ޝާހަިދު ކަހަލަ ދެފުއް ދެގޮތް ބަޔަކު ދީފާނެ ، އަމިއްލަ ހާލަިއގެން ނޫޅެވޭ މީހަކަު އެއީ

  25. އާއްޓޭ

    ޕްރިޕެއިޑް ޝިއުނާއާ ހ. ރަބީޢީމަންޒިލް ޙަވާލުކުރަންޖެހޭ. ކަލޭ އެކަންކުރިއްޔާ މާތާހިރުވާނެ.