އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން އަންނަ އަންގާރަ ދުވަހު ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަން ނިންމައިފި އެވެ.

ނަޝީދުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވީ މި މަހު 29 ވަނަ ދުވަހު ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް އެތަން އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޖަލްސާ ކާނީވާ ސަރައްދުގައި ބޭއްވޭތޯ މަސައްކަތް އެބަ ކުރަން އެހެން ނަމަވެސް ސަރުކާރުން އެއްވެސް ވަރެއްގެ އެއްބާރުލުން ނުލިބުމުން އަދިވެސް ވަނީ ހަމަޖެހޭ ގޮތް ނުވެފައި. އެހެން ނަމަވެސް ކޮންމެވެސް ތާކު އަޅުގަނޑުމެން ޖަލްސާ ބާއްވާނަން،" އަސްލަމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކު ނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ފަހުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުރަސް އަޅައި އެމަނިކުފާނުގެ ކެންޑިޑެސީ ގަބޫލު ނުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދޮންބެ

    ދޭނެކަމެއް ވެސް ނެއް ކުއްވެރިޔެއް ޕޮރަމޯޓު ކުރަން ދޭކައް ނުވެސް ޖެހޭ

  2. ނުރަބޯ

    މުޖުރިމުންނަށް ކެންޕެއިން ކުރަން ޖަލްސާބާއްވާކަށް ދައުލަތުގެ ތަންތަނެއް ނުދޭނެ.

  3. ޑާޑާޑާޑާ

    ބަނދަރަށް މިދިޔަ އަހަރު ބޭލި މުދަލުގެ އަދަދު 14 ޕަސެންޓް އިތުރުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީން މިރާއްޖޭގެ ވެރިކަމުގައި ކުރިއަށް އޮތް 5 އަހަރު ތިބެެއްޖެނަމަ މިއަދަދު %100 މަތި ކުރާނަމޭ ކިހިނެއްތޭ ކެނެރީގެ ނަޝީދު ފަދަ އަތުން ފައިން ދުވަހަކު ވެސް މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން ނޫޅުނު މީހަކަށް މިފަދަ ގައުމަށް ފައިދާ ކުރަނިވި ޖެންޓުލްމެން ސްޓައިލްގެ ކަންކަން ކުރަން އިނގޭނީ ނޭގޭނެއޭ އޭނާ ޖެހޭނީ މަހަށް ދާން އޭ ކެނެރީގެ ނަޝީދު މިއަދާއި ހަމައަށް ރާއްޖޭގެ ވެރިކަމުގައި ހުރި ނަމަ އޭނާ އޮންނާނީ އެމްޕީއެލް އިންޑިއާ އާލާތުން ނަށް ވިއްކާލާ ކަޓް ބަނޑުއަޅާލާފައޭ އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  4. ބުްޅަބޭ

    ހުރިހާ އެއްމެންނަށް ޗެލެންޖް ކޮށްފަ ހުރި ނުލަފާކަން ދައްކަން މިއުޅެނީ

  5. ބުރާންތި

    ކޮން ކެންޕެއިން ޖަލްސާއް އެއްތަ؟؟؟

  6. ހައުކަމް

    ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް ހަވާލު ކޮށްފިނަމަ އެކަމަކީ އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ މަމެންނަށް ޔަގީނޭ ދެން އެމްޓީސީސީ އިން ތިކަން ކުރާނެ ކަން އެމްޓީސީސީ އަކީ އެއީ ކޮމިޓްމެންޓް ފުލްފިލް ކުރުމުގައި ސަރުކާރުގެ ލާމަސީލު ކުންފުންނެެކޭ އެކަން ވަނީ އެމްޓީސީސީން ސާބިތު ކޮށް ދީފައޭ. މަމެން ސަރުކާރުގެ ކުންފުނި ތަކުގެ ޕާރފޯމެންސް އަށް ބަލާއިރު އެންމެ ޕާރފޯމެންސް ދަށީ އެއީ ތިލަފުށި އަދި ގުޅިފަޅު އެއްކޮށްގެން ހަދާފައިވާ ކުންފުންޏޭ އެކުންފުންނަށް އެކުންފުނިން ޕާރފޯމް ކުރަން ޖެހޭ މިންގަނޑާއި ދާދި ގާތަށް ވެސް އެކަން ނުކުރެވެއޭ ތިލަފުށީ ގައި ކްލިނިކް ގަނޑެއް ނެހެދިގެން އެމެން ދަނީ އެއް އިއުލާން ކޮށް އެއިއުލާން ބާތިލް ކޮށް އަނެއް އިއުލާން ކުރަމުން ނޭ އެ ކްލިނިކް ހިންގަން އާސަންދަ ކުންފުންނަށް ނުދެވިގެން އުޅެނީ އެއީ ކިއެއްވެގެންތޭ ތިލަފުށި ތަންތަނުގައި އަމިއްލަ ބަޔަަކަށް ކްލިނިކް ހިންގުމަކީ އެއީ ވާނެ ކަމެއް ނޫނޭ ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުން ޕްރެކްޓިކަލް ވާނީ ކޮން އިރަކުތޭ..

  7. ޑާޑާޑާޑާ

    އިލެކްޝަންސް ކޮމިޝަނުން ރަތް ރޮނގު ހުރަސްކޮށްފި ކަމަށް ކެނެރީގެ ނަޝީދަށް ބުުނުމުގެ ލެޖިޓިމަސީ އެއް ނޯންނާނެއޭ ފުރަތަމަ އޭނާ އެހެރީ ރަތް ރޮނގު ހުރަސް ކޮށްފައި ނޫންތޭ އޭނާ އަކީ އެއީ ސަރުކާރުން ހޯދަން ބޭނުންވާ ބޮޑު ކުށްވެރިއެކޭ ބޭސް ފަރުވާ އަށޭ ކިޔާ ފުރަައިގެން ޔޫކޭ އަށް ދިޔަ ގޮތަށް އެނބުރި ރާއްޖެ ނައިސް ފިލައިގެން ލަންކާގެ ގެރި ގުއިރޭ މަގުގައި ހުންނަ އުމްބެހޭ ގޯތީގައި އޮވެގެން އޭނާ ދައްކާ ވާހަކަ ތަކަކީ އެއީ ދަހޯކްސް ވާހަކަ ތަކޭ އެނުވާނެއޭ ގަބޫލުކުރަން ޑޯންޓް ޔޫ ނޯ ދިސް މަމެންނަށް މިވައްތަރުގެ ދަ ހަރާމްކޯރު ސްޓަފް ރޯދަ މަހު ބަލައެއް ނުގަނެވޭނެއޭ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ...

  8. ދަރުސް

    ތި ބޮޑު ޖަލްސާގަ ގިނަ މީހުން ބައިވެރިވާނީ ސްކައިޕް މެދުވެރިކޮށްތަ؟

  9. ތުއްތުގޮމާ

    ޔުނައިޓަޑް ސްޓޭޓްސް އޮފް ޖަޒީރާގެ ރައީސް ހިޒް އެކްސެލަންސީ ޕްރެސިޑެންޓް ސްކައިޕް. ލޮލް

  10. ބިޗޫ

    ރޯދަމަހު ދިވެހިން އަޅުކަމާ ދުރުކޮށް ސިޔާސީ ފިކުރުގަ ވަގުތު ހޭދަކުރެވޭތޯ ބަލާތި. އަސްލަމުއެވެ، ކިރިޔާވެސް އާޚިރަތް ދުވަސް ގަބޫލުކުރަންޏާ ތިކަހަލަ ނުބައިކަންތަކުން ދުރުވާށެވެ.