އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތް ލަސްވަމުންދާތީ ކުރީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔެއްގެ ގޮތުގައި ވެސް ހުންނެވި ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ނުލިބި އިސްތިއުނާފް ލަސްވެ އާއިލާއާ ބައްދަލުނުވެ އެއް އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޔާމީނާ މެދު ސަރުކާރުގެ އިސް ބޭފުޅުން އަމަލު ކުރަމުންދާ ގޮތާ މެދު ފާޑުވިދާޅުވަމުން ޝަހީމް ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ވެރިކަމަށް ވަޑައިގަތީ އަދުލުވެރިކަން ގާއިމް ކުރާނެ ކަމުގެ ވައުދު ވެވަޑައިގެން ކަމަށެވެ. އެހެން ނަމަ، އެ ވައުދު ފުއްދާ ކަމުގެ ނަމޫނާ ދައްކަން ޖެހޭނީ އެ ބޭފުޅުން އެ ރުޅި އަންނަ މީހާއާ މެދު ވެސް އަދުލުވެރިވެގެން ކަމަށް ޝަހީމް ލިޔުއްވާފައިވެއެވެ.

ޝަހީމް އިޝާރާތް ކުރައްވާފައިވާ "ސަރުކާރު ރުޅި އަންނަ މީހާ" އަކީ ރައީސް ޔާމީން ކަމުގައި ބެލެވެއެވެ. ސަރުކާރާ ވާދަވެރި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މި ވަގުތު ބެލެވެނީ ވެސް ހަމައެކަނި ރައީސް ޔާމީނެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީން ދެކެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ އޭރު އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ. އެކަމަކު މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުމާ ހަމައަށް އައިސްފައިވަނިކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިލަމް ސަސްޕެންޑް ކުރިއެވެ. ހައިލަމް ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓުގެ އެތެރޭގެ ގްރޫޕްއަކަށް އޭނާ ފޮނުވި މެސެޖަކާ ގުޅިގެންނެވެ. އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭން ޖަހާފައިވާ ފޮޓޯއެއް ހިމެނެއެވެ.

އޭގެ ފަހުން އެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދެއްކުމުގެ ހުކުމެއް އިއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފައެވެ. އެހެންކަމުން އެއީ ރައީސް ޔާމީނަށް ހުކުމް އިއްވުމުން "ދިން ހަދިޔާއެއް" ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.

މި ކަންކަން ހިނގައިދިޔައިރު ޖޭއެސްސީގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެކެވެ. އެ ކޮމިޝަނުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. ނަޝީދަކީ ރައީސް ޔާމީންގެ އެންމެ ވާދަވެރި އެއް ސިޔާސީ ލީޑަރެވެ. އެ ކޮމިޝަންގެ ރައީސްއަކީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވި، މިހާރު މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ރައީސް ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އިންނަވާއިރު، ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖާ

    މިއީ އިންސާފުވެރި ޝަރީޢަތް ޤާއިމުކޮށްދޭނެ ކަމަށް ވަޢުދު ވެގެން އައިސަރުކާރު. ޒަމާނުއްސުރެ ސަރުކާރުން ޝަރިޢާތަށް އަތް ބާނާކމަށް ވަކާލާތުކޮށް އެކން ބަދަލުކުރުމަށް އައި ސަރުކާރު..މިހާރު ކުރިޔަށް ވުރެ ނުބައި މީގެ ކުރީން ކަންތައް ފަޅާއަރަނީ ތަފާތު ޕާޓީތަކުގެ މީހުން ކޮންމެ ކަމެއްގެ ތެރޭގައި ތިބެގެން. މިހާރު ވާނުވާ އެއްވެސް ނޭނގޭ.

    8
    1
  2. ނުރަބޯ

    ރައީސް ނަޝީދަކު ވިދާޅުވެއްޖެ ރައީސް ޔާމީން ޖަލު ޙުކުމުގައި ބެހެއްޓުމީ އެއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް! އެހެންނަމަވެސް ބަދަލުހިފަންޖެހޭ އެކަންކޮންމެހެންވެސް ކުރަނޖެހޭކަމަށް.

  3. ޝަރަފި

    ޝަހީމް ކޮންތާކުތޯ އުޅުނީ 2013 އިން 2018 އަށް.

    11
    11
    • އައްޑޫސިޓީ

      މިއީ 2013އިން2018އެއް ނޫން. މިހިނގަމުން ދަނީ 2018އިން2023 އަހ ހިނގަމުންދާ ވެރިކަމެއް. ވީވައުދާ ކުރިހުވަޔާ އެއްގޮތައް ކުރިއައް ދާންވީ.

      7
      3
      • ރާގޮޑިރާޖަ

        ބަލަކުރިން ވެރިކަންކުރީ ކޮންކަމަކަށް ހުވާކޮޢްގެންތޯ؟

  4. Anonymous

    އަރު

  5. އަރު

    ޝަހީމު ކޮށްމެ ތަނެއްގައުޅުނު ކަމުގަވިޔަސް ހެޔޮއެއްނު އެއީވެސް ކަލެއާއި ބެހޭކަމެއްތަ މިހާރު މިއޮތް ސަރުކާރަކީ ހަމަ އަމާ ބުނީތީ ފަރަށްދާބައެކޭ ބުނެވޭނީ މިހާސަކަރާތް ސަރުކާރެއް އަދި އަހަރއްގެޙަޔާތުގައިވެސް ނުދެކެއް ބަޔަކު ގޯސްކޮށްކަމެއް ކުރީތީ ގޯސް ކޮށްކަށްތައް ކުރާކައްނުޖެހެއެއްނު މިމީހުށް ދެއްކިވާހަ މިބައިމީހުނަކަށެއްނޭގުނު ދެން ކުރާނީކީ ޟީޙާލަތުގަތިބިބައެއް މިބައިމީހުންނަކީ ދެއް ވަރަށް ސަލާ

    6
    2
    • ދާރި

      ފަރަށްދިޔަ މީހީވީ ޖަލުގަ.

  6. ކަނަމަނަ

    ޢިންސާފުންކަންކަން ނުހިންގާ ބޭއިންސާފުން ހުކުންއިއްވި މީހުނާއިވެސް މިދުވަސް ބައްދަލުކުރާނެ އަދި ހިތިވެގެންވާ ގޮތަކައްނިމިގެންދާނެ ކަމާމެދު ށައްކެއްވެސް ނެއް ޔަގީން

  7. ހަނީފު

    ދެން ލަލަލާ!!

    2
    7
  8. ސަޓޯ

    ސަހީމުކުއްކޮއް ފައިވާތީޖަލުގައިހުރީ

    2
    7
  9. ޢަފްލާ

    ވެރިކަމަށް އައީވެސް ޢަދުލު އިންސާފ ކަތިލާފަ އެތައްރިޝްވަތެއް ޖަހާފަ ަވަގު ވޯޓުން ދެން ކޮންވާހަކައެއް ކިނބޫސޯލިހުއަށް ދެއްކޭނީ

    2
    1
  10. ޟމޭޖަރ މަޖީދު

    ކޮބާހޭ ބޮމޭ ކިޔާފަ ސިފާންގޭން ކަޑާލި ނިކަމެތިންގެ ހައްގު ތައް.

  11. ޙުކުމ

    ޙުކުމް ކޮށްފައޮއްވަ ނޫންތޯ ކުއްކޮއްފަ އޮއްވަނޫންތޯ އަދަބު ނުލިބި އޭނައެހުރީ ހުރިހާބާރެއް އަތުތެރެއައްލައިގެން. ޢޭނައައްމަހަކު ލައްކައިން މުސާރަ އެހެން މީހަކައް އެއްޗެއް ލިބޭގޮތެއް އޮތިއްޔާ އެމަގަކައް ހުރަސް އަޅަން މަސައްކަތްކުރެއެއވެ.