މިއަދު ހެނދުނު މާލޭގައި ޓެކްސީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު 6:45 ހާއިރު އެ އެކްސިޑެންޓް ހިނގީ މަޖީދީމަގުން ދުއްވާފައި ދިޔަ ކާރަކާއި ކަރަންކާ މަގުން މަޖީދީ މަގަށް ނުކުތް ސައިކަލެއް ޖެހިއެވެ.

މި އެކްސިޑެންޓްގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކި ވަރުގެ ކުދި އަނިޔާ އޭނާއަށް ލިބިފައިވާ ކަމަށާއި ނިތްކުރި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމުގައި މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

މި އެކްސިޑެންޓުގައި ގެއްލުން ލިބުން ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެކްސިޑެންޓްގައި އަނިޔާވި ލިބުން މީހާ އަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އެއްބުރުން ލައިސެންސް

  2. ކައުންސެލަރު

    އެއްލަކިން ތޯއްޗެއް ލައިސަންސް ހޯދީ؟!

  3. އެއްލަކިން ލައިސަންސް

    ތިއީ މާ ކާއްސަ ސައިކަލަކީތަ ؟