ޗަައިނާގެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ރާއްޖޭން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮން ދޮގު ކުރެއްވުމުން ރައީސް ނަޝީދުގެ "ފޭކް ޓްވިޓާ" އެކައުންޓް އެލެކްސް އަހްމަދު އިން އެކަމާއި ގުޅޭ ޓްވީޓެއް ކުރައްވައިފިއެވެ.

އެލެކްސް އަހްމަދުގެ އެކައުންޓުން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ކަމަށް ސަފީރު ވިދާޅުވާނަމަ އެއީ ރަނގަޅު ކަމެއް ކަމަށެވެ. "ސަފީރުގެ ވާހަކަތަކާއި އަޅުގަނޑުމެން ދެކޮޅު ހަދާކަށް ނުޖެހޭ. އަޅުގަނޑުމެން ޖެހޭނީ ބޭންކަށް ސަފީރުގެ ޓްވީޓް ފޮނުވާފައި ބޭންކްތަކުން ބުނާ ބުނުން ގޯސްކަން ހާމަކުރަން." އެލެކްސްގެ އެކައުންޓުން ކުރި ޓްވީޓްގައި ވެއެވެ.

ހުކުރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ޗައިިނާގެ ބޭންކްތަކަށް، ދައުލަތުގެ ހަޒާނާ އިން 15 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި އެއީ އެ މުއްދަތުގައި ރާއްޖެ އަށް ލިބޭނެ އާމްދަނީގެ ދެބައިކުޅަ އެއްބަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭކަން، ބޭންކްތަކުން ލިބުނު މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށެވެ. އިއްޔެ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އިން މިއަހަރު ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރު ކަމަށެވެ.

ސީދާ ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ދޫކޮށްފައިވާ ދަރަނިތައް ކޮވިޑް-19 އާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ. ޗައިނާގެ ބޭންކްތަކުން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު ފަސްކުރުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަވަރު މަދުވުމުން އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައެވެ. ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ވަނީ ދަށްވެފައެވެ. ނަމަވެސް ސަރުކާރުން ޚަރަދުތައް ކުޑަކޮށްފައި ނުވާތީ ދައުލަތުގެ ދަރަނި އަންނަނީ ދުވަހަކަށްވުރެ ދުވަހަކު ބޮޑުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. Alibe

    މީނަ ހިތުން ގައުމުގެ ރައީސްދޯމީ. ވެ ރިކަމާހެދި ހަމަބުއްދި ފިލާފަ ތިޔަތިބީ. ދެން ގޮވޭނީ ކޮސް، ރެވޭނީ ގުއި. ވެ ރިކަމަށް އާދެވުނު ދެވަނަ ފަހަ ރު ތިޔަތިބީ ބީތާވެފަ. ތިޔަ އޮތީ ގައުމު ހިންގިފަ.

    30
  2. އިބޫ

    ގޮވާނެހާ އެއްޗެއް ގޮވާ އިންޑިއާގެ ގޮޑިކޮއްކޮ ސަރުކާރު ހެދިގެން އުޅެބަހައްޓާފަ މިއަދު ތިބުނަނި ޗައިނާގެ ގުޅުމަށް އިހްތިރާމް ކުރަމޭ ކީއްވެކަން ކޮންމެވެސް ވަރަކަން ވިސްނާލީމަ އެބަ ތަސައްވަރުވޭ! ޗައިނާ އަކީ ޚާރިޖީ ސިޔާސަތު ހަރުދަނާ ގައުމެއް. އިންޑިއާގެ އޮންނަކަހަލަ ދޯހަޅި ސިޔާސަތެއް ނޫން އެމީހުންގެ އޮންނަނީ. އެ ހަރުދަނާ ސިޔާސަތުގެ ތެރެއިން އެމީހުންނާ މުއާމަލާތްކުރި ނަމަ މިއަދު ތިޔަ ހާސަރު ގޮވާ ޓްވީޓް ކޮށް ހަދާކަށް ނުޖެހުނީސް ކަންނޭންގެ!

    24
  3. ފިލިއެލެކްސް

    ބުއްޅަބެ ނަޝީދު ދިވެހިރާއްޖޭގެ ތަޙުތައް އަތްގަދަކޮށްގެން މިއުޅެނީ ކިއްވެހޭ!
    އޭ އީބޫ ޞޯލިޙޫ.
    އަހަރުމެން ރައްޔިތުން ކަލޭ ވެރިކަމަށް ގެނެއީ މި ބުއްޅަބެ ދުރުގަ ބަހައްޓާ މަތިންނޭ ކިޔާފައެންނޫންތަ!

    މި ބުއްޅަބެ މީ ކާކުތަ؟ ކޮން ޙައިސިއްޔަތެއްތޯ މި ބީތއަށް އޮތީ، މީނަ މިއުޅެނީ 3 ބާރު މައްސުނިކޮށްގެން؟؟
    ހުރިހާ ބާރަކީވެސް މީނަކަމަށް ހެދިގަނެގެން!

    27
  4. ޗައިނާ

    ޗައިނާއާއަޅައިގަނެގެންނުނެއްޓިގެންމިއުޅެނީ. ކިހާބޮޑުކަމެއްމި

    79
    • ސޯލިހުބޭ

      މަވެސް މިއުޅުނީ ތިޔަހެން ބުނަން.

      21
      2
  5. މާމީ

    މީދެން ކިހާބޮޑުވެއްޖެ ކަމެއް ނުބެހޭ އެއްވެސް ކަމެއްނެތީއޭ. ބަލަގަ ކަލޭތީ ރާއްޖޭގެ ފިނޭސްމިނިސްޓަރެއްނޫނޭ ހޭބަލިވެގެން ތިއުޅެނީ.. ނިކަން އިންޑިއާ އިން ކަލޭމެން މުސާރަދޭން ނެގިދަރަނި ނިކަން ރައްޔިތުންނައް ހާމަކޮއްބަލަ.؟؟؟؟

    83
    1
  6. ކޮވިޑް

    އެއްމެ ފުރަތަމަ ހަކޮށްދޭން ވީ އެލެކްސް ހުރީ ހަމަ ހޭގަތޯނު... ބަލަ ސަފީރު ބުނާ އެއްޗެއް ބޭންކަށް ފޮނުވަންޔާ މި ޤައުމުގަ ކަލޭ ބުނެފަ ހުރި އެއްޗިހިން ކަލޭ ތީ ޖަލުގަ އޮންނަން ޖެހޭ މީހެއް ނޫންތަ؟މިޒަމާނުގެ ތުއްތު ކިދިން ވެސް ނުދައްކާ ކަހަލަގެ ވާހަކަ ތި ދައްކަނީ...

    73
  7. އާމިނަތު

    ކޮބާތޯ މައްސަލަ އަކީ ދަރަނި ނެގީމަދޯ ދަރަނިދައްކަން ޖެހެނީ ދަރަނިނަގާފަހުރިއްޔާހުންނަނީ ބިޔަ ބޮޑެތި ޕްރޮޖެކްޓް ތައްހިންގަން އިންޑިޔާއިން ދަރަނީ ނެގިގޮތަކަށްނޫން އިންޑިޔާއިން ކޮންކަމެއްތަ ކޮދިނީ ރާއްޖެއަށް

    69
  8. އޭދަފުށީ މުހައްމަދު

    މީ މީނަގެ އަހުލާގީ ފެންވަރު. މިވަރުގެމީހުން މިއުޅެނީ ގައުމުގެ ރައީސް ކަމަށް އަނެއްކާވެސް ފައިނަގައިގެން. އަޖައިބަކީ މިވަރުގެ ކަނޑު ކޮހެއްގެ ފަހަތުން މޮޔަވެގެން ފަހަތުން ދުވާ ބަޔަކުވެސް އުޅޭތީ.

    85
    1
  9. ޖަނާޒާ

    ޖީ އެމް އާރާށް 300 މިލިއަން ޑޮލަރު ދެއްކެވިއިރު ރައީސް ޔާމީނު ތިހާ އަނގައެއްނުތަޅުއްވަ # ރައިބޮލިސަރުކާރު

    79
    1
  10. ރެފްރީ

    ނޫން ނޫން މަނިކުފާނު ތިހެންނަހައްދަވާ!!
    މަނިކުފާނުގެ މުނިމާމަގެ ފައްޓަ ރުބައި ވިއްކައިގެންނަމަވެސް އެލޯނުތައްދައްކާދީ!! އާދޭސްކޮށްފާބުނަން ތިހެންނަހައްދަވާތި!! އެހެންނޫނީ ޗައިނާމީހުން ބަނޑަށްޖެހިގެން އެންމެފަހުން އިންޑިއާއިންޖެހިދާނެ ޗައިނާއަށްއެހީވާން!!

    66
    2
  11. ޗޯކުންސީ /ޗައިނާ

    މީ އެއްގަމުގައި އުޅޭ ފާނައެއް. މިގޮތަށް އެއްގަމުގައި އުޅޭ ފާނައަށް ދިވެހިން ކިޔާ އުޅޭ ނަމަކީ ''އަނގަފާނަ'' މީ ފައްކާ އެކަހަލަ އަނގަ ފާނައެއް.

    19
  12. ޖެރަފާ އެލެކްސް

    ދައްކަންޖެހޭ އެއްޗެއް ދައްކާންޖެހޭނީ. ރައީސް ކިޔާވަ ރެއްނޫން ސަ ރުކާ ރު ބަދުނާމްކު ރާން އުޅޭމީހެއްމީ ބޭ ރުކު ރޭ.

    17
  13. ހުސޭނުބޭ

    ތިއުޅެނީ ދައްކަން ހުރި ފައިސާކޮޅުވެސް ދިރުވާލައިގެންޤ

    14
  14. އައްޑޫ މީހާ

    މީނަ މިއުޅެނީ އެއްޗެއް ނެހެދިގެން ޗައިނާ ބޮލަށް އަރަމުންގޮސް ރުޅިގަދަކޮށްގެން ދިވެހި ރައްޔިތުން ބަނޑަށް ޖެއްސޭނެ ގޮތެއް ވޭތޯ މިބަލާވެރިކަމުން މިގައުމު ސަލާމަތްކުރަން އެބަޖެހޭ އޭރުން ޗައިނާއަށް ދައްކަން ޖެހޭ އަދަދަށްވުރެ ބޮޑު އެއްޗެއް ސަލާމަތްވާނެ

    14
  15. ސަނީޒާ

    ބޭންކައް ފައިސާ ދެއްކުާ ނުދެއްކުމާ އެއީ ފިނޭންސް މިނިސްޓަރު ނިންމާ ކަންކަން. ކަލޭ ތިޔާ އުޅެނީ ސައިޒު އޮޅިގެން.

    15
  16. ލާލް

    މިދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް ނޭނގި ރާއްޖެ މިހާރު ހިންގަނީ ބަރުލަމާނީއަށް . މުޙައްމަދު ނަޝީދު ހެދިގެން އުޅެނީ އޭނާއަކީ ބޮޑު ވަޒީރުކަމަށް. އިންޑިޔާ އޮންނަސްޓައިލަށް ރާއްޖެ މިހާރު ހިންގަނީ.ރާއްޖޭގެ ރައްޔިތުންނަށް މީނަ ހެދިގެން އުޅޭގޮތް ނޭނގިގެން އަދި މިއުޅެނީ.މިހެން ހަދަމުން ގޮސް މީނާ މިހާރު މިސްރާބުމިޖަހަނީ ބަރުލަމާނީ ނިޒާމަށް ރާއްޖެގެންނަން ޤާނޫނު އަސަސީއަށް ވެސް އަދި މީނާ ބަދަލުގެންނާނެ..މީނާ މިހާރު މިކޮށަނީ އެނިޒާމަށް ދަތުރުފަށަން އޮންނަމަގަށް.ބަރުލަމާނީގަ އޮންނަނީ އޭރަކު މަޖްލީސް މެމްބަރުން ގިނަވާ ޕާޓީއަކީ ވެރިކަން ކުރަންޖެހޭ ޕާޓީ. އެކަން އޮތީ މަގު ފަހިވެފައި. . ދެން ބޮޑުވަޒީރަކު ހޯދަންޖެހެނީ. އޭނާ ހިތުން އޭނާ އެހެރީ މިހާރު ބޮޑު ވަޒީރުކަމުގައި އަނގަ ނުބާނާ އެއްވެސް ކަމެއްނެތް. ރައީސަކު ހުރުމުގެ އެއްވެސް ބޭނުމެއް ނެތް. ބޮޑު ވަޒީރު އުޅޭގޮތަށް އޭނާ އުޅެނީވެސް.

    11
  17. ފާތުމަ.

    ސަފީރެއްނުބުނޭ ސަރަނި ނެއްވާހަކައެއް.ސަފީރު ބުނީ 15 މިލިއަނެއް ނެތޭ.

    12
  18. ކޮރަލް

    ގަމާރު ވިއަސް ބޮޑު ވަރެކެވެ. އަޅުގަނޑުމެން ޖެހޭނީ ބޭންކަށް ސަފީރުގެ ޓްވީޓް ފޮނުވާފައި ބޭންކްތަކުން ބުނާ ބުނުން ގޯސްކަން ހާމަކުރަން." އެލެކްސްގެ އެކައުންޓުން ކުރި ޓްވީޓްގައި ވެއެވެ. ބޭންކުން ސަފީރުގެ ޓްވީޓް އަކަށް ނުބަލާނެ އެވެ. މިވަރު މީހަކަށް މަޖްލިސް ރައީސް ކަން ބަޔަކު ދީފި އެވެ.

    14
  19. ނަސީދު

    އަންނީ ވާނުވާގައި

    10
  20. ޓޮމް

    ކިތައްމެވަރަކަށް ހުޅަގުގެ ގައުމުތަކާއި އިންޑިޔާގެ ތާއީދު (ހުށާމަދުކުރުންތައް) މަނިކުފާނަށް ލިބުނަސް އިލްމީގާބިލްކަމާއި ބަސްމޮށުން ތެރިކަމާއި ހިންގުންތެރިކަމާއި، ގާބިލުކަމާއި ވިސްނުންތޫނުފިލިކަމާއި ކުއްލިއަށް ކަންކަން ނިންމެވުމުގައި ލަފާކުރުމުގެ ސާބިތުކަން ރައީސް ޔާމީނަށް ލިބިލައްވާފައިވާ މިންވަރަށް ފައިހަމަކުރެވޭ ވަރަށް މަނިކުފާނުގެ ކިބައިން ނުފެންނަކަށް ފާހަގަވެއެވެ. ރައީސް ޔާމިނަށް މިދެންނެވި ސިފަ ލިބިލައްވާފައިވާތީ ﷲ ޙަޟުރަތަށް ހަމްދުކުރަމެވެ. ރައީސް ޔާމީނު އިއްޒަތްތެރި މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖްލިސްގައި ހޭދަކުރެއްވި ދިގުތާރީހުގައި މައްސަލަތަކުގައި ވަކާލާތުކުރައްވާއިރު އެމަނިކުފާނުގެ ހިލްމާއި އިލްމީގާބިލުކަން ވަރަށް ރަގަޅަށް ހާމަވެއެވެ. މިކަމާއިމެދު ބަޔަކު ވަނީ އެމަނިކުފާނާއި މެދު ހަސަދަވެރިވެ އެމަނިކުފާނުގެ އަބުރު ކިތައްމެބޮޑު އަގެއް ދައްކައިގެން ނަމަވެސް ދުއްވާލުމަށެވެ. މިގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ޚިދުމަތްކުރެއްވި ދުވަސްތަކުގައި އެކިފަހަރުމަތިން އެކިގޮތްގޮތައް ހަސަދަވެރިން ދިޔައީ ކަންރާވާ ހިންގަވަމުންނެވެ. ﷲގެ މަތިވެރިކަމާއެވެ. ގިަނަކަންކަން ރޭވުމުގެ ތެރޭގައި ނުވަތަ ރާވަމުން ދަނިކޮށްވަނީ ބޭޒާރުވެފައެވެ. އަދި ބައެއްކަންކަން މިއަދާއި ހަމަޔަށްވެސް އޭގެ އަސްލުވަނީ ނުހޯދައެވެ. މިސާލެއްގެ ގޮތުގައި މަރުހޫމް ޑޮކްޓަރު އަފްރާޝީމް އަލީ މަރު ފާހަކަކުރަމެވެ. "އުއްމީދެއް އޮތިއްޔާ ދިރުމެއްވާނެ" މިކަންވަނީ 2013-2018 ޢަމަލުން ދައްކަވާފައެވެ. ރައީސް ޔާމީނަކީ ކަންނުވެ ނަންވާކަށް ބޭނުންފުޅުވާ ބޭފުޅެއްނޫނެވެ.ހަގީގަތުގއިވެސް ގައުމާ،އިސްލާމްދީނާ، މިނިވަންކަން ދެކެ ނިހާޔަތައް ލޯބިފުޅުވާ ބޭފުޅެކެވެ. އެމަނިކުފާނު ބޭނުންފުޅުވާނަމަ ރައީސް ނަޝިދައްވުރެ މާބޮޑުތަނުން އިންޑިޔާ އާއި ހުޅަގުގެ ގައުމުތަކުގެ ތާއީދާއި މަދަދު ރައީސް ޔާމިނަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. ހުޅަގާއި އިންޑިޔާްއިން ދެކެނީ ރައީސް ނަޝީދަކީ ހަމަރަގަޅަށްވެސް ޓޮމްއެންޑްޖެރީއެއްގެ ގޮތުގައެވެ. އެއާއި ޚިލާފަށް ޔާމީނަކީ ގާބިލް ބޭފުޅަކަށް ވީމާ، މިފަދަ ބޭފުޅެއްގެ ފަރާތުން ނާޖާއިޒް ފައިދާ ނެންގެވޭގޮތް ވެއްޖެނަމަ ބޮޑުތަކުން މާބޮޑުތަނުން ފައިދާވާނެތީއެވެ.

    11
    1
  21. އަހުދު

    މުސާރަ ދޭން ނެގި ލާރީގެ ވާހަކަ ވެސް އެގޭނީ ހަމަ ފިނޭންސް މިނިސްޓަރަށް ނޫންބާ

  22. ގަމާރު

    ގަމާރު ނަމްބަރު 4

  23. ލާމު

    އެހެރަ ފްލެޓްތައް މީހުންނަށް ދިންނަމަ ތިޔަ ލޯނު ދައްކާނެ ފައިސާ ކޮންމެ މަހަކުވެސް ލިބިލިބި ހުރީސް. އެއީ އެ ފްލެޓްތައް ހަދަން ނެގި ފައިސާ ވިއްޔާ.

    12
  24. ސްޓަންޓް

    މީއަނެށްކާ ކެންޕޭނަށް ރުފިޔާކޮޅެއްހޯދަންޖަށްސާ ސްޓަންޓެތްނޫންބާ؟

    12
  25. ގައުމީ ލޯބި

    ފައިސާނެގީ ސަފީރުގެ ޓްވީޓް ދައްކާފަ ތޯ؟ އެއްބަސްވުމުގައި ސޮއިކުރީ ސަފީރު ތޯ؟

    ޤާނޫނީގޮތުން ލާޒިމުވާ އަދި ދައުލަތުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އެއްބަސްވުން ތަކާއި، އާންމު އުސޫލާއި ހަމަ ނޭގޭ "ބޭފުޅުން" ގާނޫނު ހަދާ މަޖިލީހަށް ކުފޫހަމަވޭބާ؟

    އަދި އެވެސް "މަޖިލީހުގެ އެންމެ އުސްގޮނޑީގައި އިންނަމީހާ" މިވަރު ބޮޑު ދޯ؟

    އެއްބަސްވުންތަކުގެ ދަށުން އަމަލުކުރަން އޮންނަ އުސޫލު ނޭގުމަކީ ހާދަހާ ވާ މޮޅުވެ ފަ ފުންނާބު އުސްވީމަ ވާގޮތެކޭ ދޯ؟

    ސުލަހަވެރިކޮށް ކަންކަން ކުރުމުގެ ދޮރުވެސް މިގޮތަށް ޢަމަލުކުރާނަމަ ހަނިވެގެންދާނެ. ގައުމަށް ލިބޭނީ ފޫނުބެދޭވަރުގެ ގެއްލުން.. މީއީ ގައުމުގެ ނަމުގައި ދައްކައިގެން ނުވާނެ ވާހަކަތަކެއް.

    ގާނޫނަށް ތަބާނުވާ (ލޭބަރ ލޯއާއި ޚިލާފު ވިކަމަށް އަމިއްލަ އަށް އިއުތިރާފު) މިވަރު މީހަކު މަޖިލީހުގެ ރައީސަކަށް ކުފޫ ހަމަ ވޭބާ؟ ވަކި ބަޔެއްގެ މައްޗަށް ތޯ ގާނޫނު ހިގަނީ.؟

  26. މޫސާ

    ރައީސް ނަސިދުއަށް ޗައި ނާ ގޯސްވިކަމަކީ ރައީސް ނަސީދު ބު ނި ތިޔަބުރިޖު ނޭލޭ ނެޔޭ ތަކުރާރުކޮށް ބު ނި އަދި ބު ނި
    ކޮ ންތާކު ންހޭ ތިކަ ންކުރާ ނެ އި ންޖި ނިޔަރު ން ހޯދާ ނީ މި އީއޭ ނާ އެތަފަހަރަކު ދިވެހި ން ކާރީގަ ބު މިވާހަކަ ތަކެއް އޭ ނާ ނުވާ ނެ ކަމަދިވެހި ން މޮޔޮހެއްދި ބުރިޖު ޗައި ނާ ސަރުކާރުގެ އެހީއާއެކު ދިވެހި ންނ ނައް އަޅާދި ނީނމަ އެކަ ން ހަޖަމު ނުވީ
    މިހާރުވެސް އެބޯގަޅި ނަސީދުވަކަ ނޭގޭ މިތާ ޓުވަރިޒަމް ގެ %50 ކީޗައި ނާކަ ން ޗައި ނާ މާދަ ން ވެސް މިތަ ން ބޮއިކޮޓް ކޮފީޔާ ދެ ން ވާ ނެ ގޮތެއް އެ ރޑ ބު ނަދީބަ

  27. އަބްދޫ

    ބޭންކަށް ފައިސާ ދައްކަންޖެހެނިކީ ނޫން ފައިސާ ޖަމާކޮށްދޭންޖެހެނީ ފްލެޓް އިމަާރާތް ކުރި މީހުނަށް ދޭންޖެހޭ ޕޭމެންޓް. ނަސިދު ތިޔަ ކުރައްވާކަމުގެ ނުރަނގަޅު އަސަރު ރާއްޖެ އަށް ކުރާނެ. މިހާރުވެސ މިއޮތި މަޖްލީހުގެތެރޭނެ ހިންގި ދަރަނިގެ ޖަރިމާގެ ސަބަބުން ގައުމަށް ލޯނުދިނުން ހުއްޓިފަ. ތިކުރާކަމުގެ ހިތިރަހަ ގައުމަށް ފެންނާނެ. ތިޔަ ފައިސާ ޖަމާކުރުންހުއްޓުވުމުގެ ބާރު ޗައިނާސަރުކަރަކަށް ވެސް ނޯންނާނެ. ތިައީ އަމިއްލަތަކެތީގަ އަމިއްލަ ކުންފުނތަކުން ބަޔަކު އިމަރާތްކުރި ފްލެޓްތަކަށް އެމީހުނަށް ލިބެންޖެހެ މަސައްކަތުގެ އަގު. މިހެންވެ ބުނަނީ ނަސީދުގެ ފަރާތުންދިވެހި ގައުމަށް އެއްވެސް ހެވެއް ލިބެން ނެތް ކަމަށް.

  28. ގިއުޅުއަލީ

    ކިތަންމެވަރެއްއެރުވިޔަސް ދިވެހިސަރުކާރުގެނަމުގަ ކަލޭސޮއިކޮއްފަފޮނުވާއެއްވެސް ލިޔެކިޔުމެއް ދުނިޔޭގެއެއްވެސް ގައުމެއް(އިންޑިޔާފިޔަވާ)ގަބޫލެއްނުކުރާނެ އެވަރުންވެސް ބޮޑުވަޒީރުހެދިގެން ތިޔައުޅެނީ