ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ހުއްޓާ މަރުވެފައި އޮއްވާ ފެނުނު ރައުދާ އާތިފްގެ މަރާއި ގުޅިގެން އޭނާގެ ބައްޕަ ޑރ.މުހައްމަދު އާތިފް ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތައް އާތުހުމަތުތަކަކާއި އެކު އަނެއްކާވެސް ތަކުރާރު ކޮށްފިއެވެ.

އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކެރަފާ ވަސީމާ މުހައްމަދު ނަމަކަށް ކިޔާ މީހަކު ރައުދާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

"ހުސްނުސުއޫދުގެ އަނގައިން ބުނީ ރައުދާއަށް މަރުގެއިންޒާރު ފޮނުވި މީހަކީ ކެރަފާ ވަސީމާ މުހައްމަދުކަން. ކެރަފާ ވަސީމާ އަކީ ރައިސް ޞާލިހުގެ އަނބިމީހާ ފަޒުނާގެ ދެބެންގެދެދަރި ދައްތަ. ރައުދާ ރައްޓެހިވެގެން އުޅުނީ ރައީސް ނަސީދުގެ ބޮޑުބޭބެގެ ކެރަފާ އަބްދުލްޣަނީގެ ދަރި ކެރަފާ ސާހީ ޣަނީއާ." އާތިފްގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ރައުދާގެ ބައްޕަ އާތިފް ބުނީ މިގައުމުގައި ވަކިބަޔަކު ކުރާކަމެއް ނުބެލޭނެ ކަމަށެވެ. "ރައުދާ ވަނީ މަރާފައިކަން ނޭންގޭވަރުގެ މީހެއް ނޫންމަމީކީ. ޑޮކްޓަރުކަން ކިޔެވީ އިންޑިއާގެ ޓޮޕްޓެން މެޑިކަލްކޮލެޖަކުން." އާތިފް ލިޔެފައި ވެއެވެ.

ރައުދާގެ ބައްޕަ ބުނީ މަރުކަމިޝަނުން މިމަރުއޮޅުވާލިކަން މިއީ އަރަތެއް ނޫންކަމަށާއި މިއީ ހަތް އުޑުމަތިން ބާވާލެއްވި ގުރުއާން ގަންދީ ﷲ ހެކިކޮށްބުނާ ވާހަކައެއް ކަމަށެވެ.

"ރައުދާ މަރުވިގޮތް ހުސްނު ސުއޫދު އޮޅުވާލާފައި އެއިނީ އެންމެމަތީ ފަންޑިޔާރުގޭގައި. ސަދޫމް ކޯޓަށް އެތަންނުވަނީތޯ މިއަދު؟ މަމީ ރައުދާގެ ބައްޕަ. އަހަރެން މަރާވެސްލެވިދާނެ. ނަމަވެސް ހަގީޤަތް ނުފޮރުވޭނެ. (ރައުދާގެ މަރު ތަޙްޤީޤު ކުރަން) ބަންގާޅަށް ފޮނުވި ފުލުސް މުހައްމަދު ރިއާޒަށް ރައިސް ޞާލިހުއެހުރީ އަލުން ފުލުހުންގެ ވަޒީފާދީ އެސިސްޓަންޓް ޕޮލިސް ކަމިޝަނަރުކަމަށް ވެސް ޕްރޮމޯޓް ކޮށްފައި. ﷲ ދެއްވި ހަމަބުއްދީގެ ބޭނުން ހިފާމީހަކު ބުނެދީބަލަ މީއަރަތެއްތޯ. ރައުދާއަކީ ތިޔައިން މީހެއްގެ ދަރިއެއްނަމަ ބުނާނީކޭތޯ." އާތިފް ސުވާލު ކޮށްފައި ވެއެވެ.

ރައުދާ މަރުވެފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ މާޗް މަހުއެވެ. އޭނާ މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އާތިފް ތުހުމަތު ކުރާ ގޮތުގައި ބަންގްލަދޭޝް ފުލުހުންގެ ތަޙްޤީޤު ވެސް ވަނީ އޮޅުވާލާފައެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ރައުދާގެ މަރުގެ ޙަޤީޤަތް ވެސް ހާމަކޮށްދޭނެކަމަށް ވައުދު ވަމުންނެވެ. ނަމަވެސް މިހާތަނަށް ރައުދާގެ މަރާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން ހޯދި މައުލޫތުތަކާއި ނިންމި ނިންމުންތަކާއިމެދު އާތިފް ހިތްހަމައެއް ނުޖެއެވެ.

ރައުދާގެ މަރާއި ގުޅުގެން އާތިފް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށް ތަފާތު ޕޮސްޓްތައް މީސް މީޑިއާގައި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ....އެހެން...

    މިހެން ބުނާ ނަމަ މިކަން ބެލެން ވާނެ...
    އެމް.އެން.ޑީ.އެފް ފެނޭތޯ

    124
    3
    • މޮޔައާތީ

      ބޯގޯސްވެ ގޮތް ހުސްވެފަ ހުރި ގޮލައެއް ތި އާތިފަކީ.. ކުރިންކީ ރައީސް ޔާމީނޭ ސަރުކާރުގެ ވެރިންނޭ.. މިހާރު ކެރަފާއޭ.. ނަފުސާނީ ބަލިމަޑުކަމެއް ފެށިފަ ތިޔަހުރީ.. އެއްވެސް ތަހުޤީޤަކުން މީނާކޮޅަކަށް ނުނިމޭ ކޮންމެފަހަރަކު ތަހުޤީޤުކުރާ މީހުން ގޯސްވަނީ

      6
      42
      • އަލީމު

        އަހަރެންވެސް މީ ޑރ.އާތިފްގެ ޕޯސްޓްތަށް ބަރާބަރަށް ފޮލޯކޮށް ކިޔަމުންދާ މީހެއް.އެއްވެސް ޕޯސްޓެއްގަ ޑރ.އާތިފް ނުބުނެ މިވެނިމިހެކޭ ރައުދާމަރާލީ.އާތިފް ނޫނަސް އަދި ޑޮކްޓަރުކަން ކިޔަވާފަ ނުވާމީހަކަށްވެސް އެނގޭނެ ފެނުނީމަ ދަންޖެހިގެން މަރުވާމިހެއްގެ ކަރުގަ މޫނުގަ ހުންނަ އަނިޔާގެ ނިޝާންތައް ނޫންކަން ރައުދާގެ ކަރުގަ އަދި މޫނުގަ ހުރީކީ.މަރުކަމިޝަނުން ރައުދާގެ މަރުތަހުގީގު ކުރިކަމަށްބުނާއިރު ކޮބާތޯ ޑރ.ޢާތިފް ވިދާޅުވާހެން އެވާގަނޑު ނުވަތަ ލިގޭޗާގެ ފޮރެންސިކް ރިޕޯޓް.ކަލޭ ހިނގާފަދަނިކޮށް ދުއްވާފަ އައި ސައިކަލަކުން ޖައްސާ ޒަހަމްކޮށްލީމަ އެތަނަށް އައި ފުލުހުން ވެއްޓިފަ އޮތް ވެހިކަލްގެ ތަހުގީގު ނުކޮށް ސައިކަލުން ޖެހުނމީހާއަށް ލިބިޔަފުރި އަނިޔާތަށް ތަހުގީގުނުކޮށް ޓްރެފިކްފުލުހުން ރުއްބުޑެއްގެ ވާހަކަ ކިޔައިދިނީމަ އެވޭތޯ ތަހުގީގަކަށް.ދެން ފުލުހުން ނުކުމެ ކަލޭގެގައިގަ ހުރި އަނިޔާތަކަކީ ކަލޭ ބޮއިގެންގޮސް ރުއްބުޑަކު ޖެހި ލިބުނު އަނިޔާއޭބުނީމަ ބުނާނީ ހަމަ އާތީމޮޔައީތޯ؟މިއަދު ބަޔަކު ކަމިޝަނެއްހަދއިގެން މަރުތައްތަހުގީގު ކުރާކަމަށްބުނެ އެކުރާކަންތަކާމެދު ބުއްދީގެ ބޭނުންކޮށްވިސްނާލުން ރަނގަޅު.ތިޔަބުނާމަރުކަމިޝަނުން ޔާމިނަށް ނުހޯދުނު ދީންނީހަރުކަށިބަޔަކު ހޯދޭނެކަމަށް ގަބޫލުކުރާނީ މޮޔައަކު.ރައީސްޔާމިނަކީ ފުލުހުން އަދި ސިފައިންގެ ފުރިހަމަ ކޮންޓްރޯލް ލިބިފަހުރެ ވެރިކަންކުރި ބޭފުޅެއް.އަފްރާސިމްގެ މަރުގެ ރިޕޯޓްގަ ކަމިޝަނުން ހިމެނި ނަންތައް އެރިޕޯޓުން އުނިކުރުމަށް މަޖިލިހުގަ ހަސަންލަތީފު ކިޔާމެމްބަރަކު ކުރަންއުޅުނު މަސައްކަތަކީ ހަމަ ރައިސް ނަޝީދު މަޖިިހުގެ ރައިސްކަމުގަ އިނދެކުރަމުންދިޔަކަންތައް.ނަޝީދުގެ އަރިސް މެމްބަރެއް ހަސަންލަތީފަކީ.އެރިޕޯޓްގަ ހިމެނިފަ އޮތްމީހަކީ ގޭންގު މީހުންކަމަށް ބުނާބަޔަކަށް މިސަރުކާރުން ވަޒީފާ ދީފަތިބީކީއްވެ.އެމީހުންގެ ދިފާއުގަ މަޖިލިސް މެމްބަރަކު ނިކުތީކިއްވެ؟ކަލޯތިޔަހުރީ ގުނބޯހެދިފަ.ރައިސް ސޯލިހު މިއަދުވެސް ރައުދާގެ މަރާގުޅޭ ރިޕޯޓް އާއިލާއަށްވެސް ދޭންނުކެރި އެހުރީކީއްވެ؟ރައުދާއަށް އިންސާފު.މިސަރުކާރުގެ އެކްޓިވިސްޓުން ގޮވި އަދި ސޯލިހުގެ ކެމްޕޭނުގަވެސް ގޮވި ޔާމިނާ އަފްރާޝީމްގެ މަރާގުޅޭފަދަ މޭރުމުންވާހަކަ.އެމަރުގެ ފަހަތުގަ ތިބީ ދީނީހަރުކަށި މީހުންނަމަ ރައިސްޔާމިނުވެސް އެމީހުންގެ ބޮލުގަ އެކަން އަޅުވާ އަބުރު ސަލާމަތް ކުރީސް ދޯ .ސްޕްރީމްކޯޓުގެ ފުޜާޅު ނެގިރައީސްއަށް ތިޔަދީނީހަރުކަށި ބަޔަކު ނުހޯދުނީސްތޯ؟

        33
        1
    • ލުޤްމާން މުޙައްމަދު

      މޮޔައާތީ އަށް. ހުސްނުއްސޫދު ބުންޏޭ ހިކިފިނިފެންމާގޭ ވަސީމާ ގެ ޓްވީޓުންނޭ މަރުގެ އިންޒާރު އައީ ބުނުމަކުން ބޯގޯސް އެއްވެސް ފެކްޓެއް މަށަކަށް ނުފެނޭ!!! ހިކިފިނިފެންމާގޭ ވަސީމާ އަކީ އިބޫގެ އަނބިމީހާ ފަޒުނާ ގެދައްތައޭ ބުނުމަކުން ކޮބާ މީގަ ހަމަ ނުޖެހޭ ވާހަކަ އެއް ؟؟؟ ހޭޓާރ އެއް ތިއީ.

      17
      1
  2. ހަގީގަތް

    ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް އަކީ ރަުދާ .ކައިޒީން އެއް ވަނަޔަށް އެރީ ރަުދާ މަރުވި ފަހުން..މި ދެމީހުންގެ ތެރެއިން ދުނިތައްބެލިޔަސް
    މަޝްހޫރުވާނީ ރައުދާ...ކައިޒީން ގެ ވާހަކަ މިދައްކަންޖެހުނީ ފަހަރެއްގައި އޭނާ ހީކޮށް ފާނެ
    އޭނާ ވަރުގެ މޮޑެލް އެއް މިފަސްގަނޑުގައި ނެތްކަމަށް..

    123
    8
    • ބޯބުރި

      ރައުދާ އާއި ބަލާފަ ކައިޒީން އެއީ ހައްޕުނޑު...ރައުދާ އެއީ ނެތު ރަލް ބިއުޓީ..ކައި އިޒް ސޯ ފުލް އޮފް ފުލާސްޓިކް

      66
      6
    • ކުނބު

      ޖޭވިޔަސް ބޮޑުވަރު

      10
      46
      • ކަންދެއްކުން

        ސާޖަރީ ގެ މަންމަ ކައިޒީން އަކީ އާޓިފިޝަލް ބަދަލުގެނައުމުގަވެސް ވެސް 1ވަނަ

        46
        1
  3. އުތޭފަޑޭރ

    ހުރިހާ ތަހުގީގެއް ނިންމާލެވޭނީ އަދި އެއް ދައުރު ސޯލިހާ ހަވާލުކުރުމުން. ފުރަތަމަ ދައުރުގައި އޮންނާނީ ހުސް ތަހުގީގު.. އަދި ތަންފީޒުކުރެވޭނީ ޔާމީންގެ ހުކުމް އެކަނި.ދެވަނަ ދައުރުގައި ހުރިހާ ހުކުމެއް ތަންފީޒުކުރާނެ .. އެހެންވީމަ ދިވެހިން އެމްޑީޕީއަށް ދެވަނަ ދައުރުވެސް ދެއްވާ ..އޭރުން ދެލޮލަށް އިލެށި ހެރޭނީ

    62
    8
  4. ހުސޭނުބޭ

    ކަންތަކާ ޖެހުނީ!

    27
    7
  5. ދެވަރެންދާ

    ކެ ރަފާ އާއިލާގައި ސަހަލު މީހަކުނެތްތާ؟

    58
    4
    • މުބީނު

      ތެދެއް. މަ މީ ޢާތިފް ނަމަ ޢުމޭމާ ގޮވައިން ޝަރިއްޔަތަށް ދާނަން. ޢުމޭމާ އަކީ ކެރަފާ ކަލޭފާނުފެ ހަގުދަރި. މީނާ ޢާތިފު އަށް ބޯން ނުދޭ އެއްޗެއް ނެތް. މުޅިން އައުގުރާނަ ގޮވަނީ. އަނގަޔަށް ކްލޯރިން އަޅާފަ ދޮންނަންވީ!!!

      14
  6. ދ

    ކޮންމެ ޖަރީމާ އަކާއި ކެރަފާ އެބަގުޅޭ ލޮނުޒިޔާރަތް ޕާކުވެސް ކެރަފާ ކަރަޕްޝަން ޕާކު
    ރާއްޖެ ބޮއިކޮޓް ކުރަން ޖަރުމަނުގައި ލިޔުން ބެހީ ވެސް ހަމަ ކެރަފާ ނަސީމް ރާއްޖެއަށް އައި އާރު އޭގެ ކުލީ ސިފައިން ގެނެސްގެން ވެރިކަން ބަދަލު ކުރަން އުޅުނީވެސް ކެރަފާ ނަސީމް
    ރާއްޖެއަށް އިންޑީޔާ ސިފައިން އަރާ ހިފަން ގޮވީ ވެސް ހަމަ ކެރަފާ ނަސީމް
    ކެރެފާ އާއިލާ އާއި ގުޅުންހުރި 3 ނޮވެމްބަރާ ވެސް އަދި ނާސިރު އަވަހާރަކޮށްލަން ފިސްތޯލަ އެތެރެކުރި މައްސަލަ ވެސް ކެރަފާ އަކީ މިގައުމަށް ޖެހިފައިއޮތް ބަލާ ވެރިކަމެއް

    95
    7
  7. ކޮވިޑް

    ހިތާމައިގެ ކޮޅެއް ނެތް. ހަޤީގަތުގައިވެސް ބައްޕަ އަކު އަދި ޑޮކްޓަރ އެއް އެކިޔާދެނީ އޭނާގެ އަމިއްލަ ދަރީގެ ވާހަކަ.ރައުދާގެ ބައްޕަ އާއި އާއިލަ އަށް ކެތްތެރި ކަން ދެއްވާށި އާމީން... ރައީސް އަކަށް ހުރި މީހާ ވެސް ރިލްވާން އާއި ޔާމީން ގެ މަރު ގެ ވާހަކަ ދައްކާ މުލިޔާގޭގައި އޮވެގެން ތިޔަ ރޮނީ... ބަލަ ރައުދާ އަކީ އޭނަގެ އުންމީދު ފުރިހަމަ ވީ ނަމަ މި ޤައުމަށް ހިދުމަތް ކުރަން އަންނާނެ ޑޮކްޓަރ އެކޭ... އިންޝާ ﷲ މިކަން ކަން ބެލޭނެ ދުވަހެއް އަންނާނެ،

    74
    3
  8. ޑރ. ޝަމީމު

    ޑރ.އާތިފުގެ ތުހުމަތުގައި ހަރުދަނާކަމެއް އެބަހުރި.. މިމަށްސަލަ އަލުން ބަލާދޭނީ 2023 ހުގައި އެކުލަވާލެވޭ ރ.ޔާމިންގެ ސަރުކާރުން.ލ.އަތޮޅުން ގެއްލުނުކަމަށްބުނާ އަންހެންކުއްޖާއަށްވެސް ވާގޮތްނޭގި ތަހުގީގު ސިޔާސީގޮތުން ވަޅޯވެފަ. ރިޝުވާލް އަދި ޔާމިން ރަޝީދުގެ މަރުގެ ހަގީގަތްވެސް އަދިވެސް 100 ދުވަސް ނުވާތީ ފުރިހަމަނުކުރެވި....

    59
    2
    • ބުއްޅަބޭވެސް

      ހަގީގަތް ބެލުމެއްނެތި ސަރުކާރު ބަދުނާމް ނުކުރޭ.
      100 ދެވަހުން ކުރަން ބުނިކަން 100ދަވަހުން ވާނެ.
      ޢެހެން ބުނިތާ 5 އަހަރުވިޔަސް ވެދާނެއެއްނުން އަދި އެމަސައްކަތައް 100ދަވަސް ހޭދަ ނުކުރަނީކަމަށް.

      2
      8
  9. ހަގަންބެ

    އާތިފް އަކީ މޮޔައެއް އޭނަ މިވާހަކަތައް ދައްކަނީ އަމިއްލައަށް މަޝްހޫރުވާން މީނައަކީ ފޭކް ޑޮކްޓަރެއް އެއްވެސް ޑޮކްޓަރ ލައިސެންސެއްވެސް ނެތް މީހެއް

    9
    71
    • ޑރ. މުބީން/ސައުތު އެފްރިކާ

      ތިއީ ހޭޓާރ އެއް. ޑރ. ޢާތިފް އަކީ އައި.ޖީ.އެމް.އެޗް އަށް ޑޮކްޓަރުން ބޭނުން ވެގެން ޑޮކްޓަރުން އުފެއްދުމަށް ހެލްތު މިނިސްޓްރީ އިން ސީ.އެޗް.އެސް ނުވަތަ އެސް.އީ.ސީ އިން ނެގި އެސް.އީ.ސީ ގައި ތިބި އެންމެ މޮޅު 3 ކުދީންގެ ތެރޭގައި ހިމެނުނު ކުއްޖެއް. އެސް.އީ.ސީ އަށް ވަދެވޭނީ ވެސް ވަރަށް ބޮޑައް ކިޔެވުމަށް މޮޅެތި ކުދިން ނަށް. ޑޮކްޓަރު ކަމަކީ އަދި، އެއްވެސް ޑިގްރީ އަކީ އޯލެވެލް، އޭލެލް އަށް ކިޔަވާހެން މާބޮޑު ކިޔެވުން ތަކެއް ކިޔަވާ އެއްޗެއް ނޫން. ގިނައިން އޮއްނާނީ ޕްރެކްޓިކަލް އާއި އެސައިންމަންޓް. އެތައް މާއްދާ އެއް އޮއްނާތީ މާބޮޑު ކިޔެވުން ތަކެއް ނުކިޔަވާނެ. ވީމާ ޑޮކްޓަރ ޢާތިފް ފާސްވާނެ. ސަބަބަކީ ޑޮކްޓަރ ޢާތިފް އަކީ ކިޔެވުމަށް މޮޅު ކުއްޖެއް. ކިޔެވުމަށް ޑޮކްޓަރ ޢާތިފް މޮޅުވީމާ އެސް.އީ.ސީ އަށް ވަދެވޭނީ. ޕީ.އެޗް.ޑީ އަކީ ވެސް ކިޔަވަންޖެހޭ އެއްޗެއް ނޫން. އެއީ 100 ގަނޑުގެ މަޒުމޫނެއް. 3 އަހަރު ތެރޭގައި އެ މަޒުމޫނު ލިޔެވޭނެ އެސް.އީ.ސީ ނުވަތަ ސީ.އެޗް.އެސް ގައި އުޅެފައި ހުރި ޑޮކްޓަރ ޢާތިފް ކަހަލަ ކިޔެވުމަށް މޮޅު ކުއްޖަކަށް. އެއްވެސް ޑިގްރީ އަކީ މާބޮޑު ކިޔެވުމެއް ކިޔަވާ އެއްޗެއް ނޫން.

      12
      1
  10. ބަހަނ1ީމް

    ޓޮޕްޓެން ކޮލެޖުން ކިޔަވައިފަ ފާސްނުވެގެން ކަނޑާލީ ލައިސަންސެއްވެސް ނޯވޭ

    8
    47
    • ޑރ. މުބީން/ސައުތު އެފްރިކާ

      މަތީ ގައިވާ މަގޭ ކޮމެންޓް ކިޔާލާ. ތިއީ ހޭޓާރ އެއް.

      11
      • ޝައްފަ

        ކަލޭ ތިދައްކަނީ ޓްރާންސްޕޯޓް މިނިސްޓަރ ނަޙްލާ ދޭ ސައިކަލު ލައިސަންސް ގެ ވާހަކަ ތަ ؟ ޑޮނަލްޓް ޓްރަންޕް ގެ ޑޮކްޓަރު ފައުޗީ އަކީ ރާއްޖޭ ގައި ޕްރެކްޓިސް ކުރާ މީހެއް ނޫން. އޭނާ ވެސް ޖެހޭނީ ރާއްޖޭގެ ލައިސަންސް ހޯދަންތާ، ޑޮކްޓަރު ނަމުގެ ކުރިޔަށް ކިޔަންޏާ ؟ ނަޙްލާ ކައިރިއަށް ޑޮކްޓަރު ފައުޗީ ވެސް ލައިސަންސް ނަގަން އަންނަން ޖެހޭނެތާ ! ޑޮކްޓަރު ޢާތިފް އަކީ އޭރުގެ އެސް.އީ.ސީ ގައި ތިބި އެންމެ މޮޅު 3 ކުދިން ތެރޭން އެއް ކުއްޖެއް.

        10
        1
  11. ކުޑަކާށި

    ހުރިހާޖަރީމާތަކެއްގެ މުގޫ ގުޅިފައިވަނީ ކެރަފާ އާއިލާއެވެ.

    56
    2
  12. ކޮރަލް

    އަލުން މައްސަލަ ބަލަން ވީ އެވެ.

    38
    1
  13. ނުބުނެ ލަސްކުރީ ކީއްވެ؟

    މިސަރުކާރަށް 2 އަހަރު ވެގެންދިޔަ ފަހުންތަ ތިވާހަކަތައް ބުނަން މަޑުކުރީ! ތިއީ ވެސް އަރަތެއް ކަހަލަ ބަފައެއް!

    11
    41
  14. ހުސެން

    ހަގީގަތް އަދި އެހެން..ކޮމެންޓެއް ކުރާއިރު ބުސްނާލަވަލަ އެކިނަންނަމުގަ ކުރިއަސް ތިޔައިން އިނގެނީ.. ވާނުވާނޭގޭ މީހުންވެސް މަދުނޫންކަން..

    14
    2
  15. ާމަރީ

    ކަށް ވަޅު ގަ ވެސް އޮތަ ނުދޭތި.

    6
    24
  16. މޮޑަން

    މަކުރާ ކޮމެންޓް ޖަހާކަށްނުކެރޭ މިވަގުތަކަށް

    15
    8
  17. ބުއްޅަބޭވެސް

    ރައުދާގެ ބައްޕައަށް އެނގިހުރެ ކެރަފާ އާއިލާ މީހަކާއި ގުޅެން ފުރުސަތު ދީފައި ދެން ތިވާހަކަ ދެއްކީމަ ގޯސް.
    ހަމަހޭގައި ހުރި ދިވެއްސަކު ތިފަދަކޮސްކަމެއް ނުކުރާނެ.

    4
    6
  18. އަބްދޫ

    ރައުދާގެ ބައްޕަ ގެ ވާހަކަ ހަގިގަތަކަށް ވުންގާތް.އެއީ އަފްރަސީމްއަވަހަރަކޮށްލުމަމަމާއެކު މަސައކަތުގަ އަމަލީގޮތުން ބައިބެރިވި ކަމަށް ކޮމިސަންގެ ރިޕޯޓްގަ ވައސް އޮތް އަދިުމާމު ބުނާދސާންއަށް މިސަރުކާރުން ވަޒިފާދީ ހަދާފައި އޮތުމާއި. އަފްރަސީމް ނަސީދޫގެ ލަދިނީ ވާހަކަ ދައްކާފައިވަ ގިނަ ވީޑިއޯ ސޯސަލް މިޑިޔަގަ ހުރުމަ.އަދިނަސިދާ ދެކޮޅަށް އަފްރާސީމް ގިނަ ވާހަކަ ދައްކަތީ ގިނައަދަދެއްގެ ފައިސަދީގެން އެމްޑިޕީއަށް ސޮއިކުރުވިމަށް ނަސިދު މެން މަސައްކަތް ކުރިކަން އަބްދުއްނަސީރު ރާއްޖެ ޓީވީގަ ބުނާ ވާހަކަތަކުންއެގެން އޮތް ވިޑިއޯއެއް ސޯސަލްމިޑިޔާގެައޮތުމާ. އަފްރަާސީމް އަވަހާރަ ކުރނީ ނަސިދާ ވެހޭގޮތުން އަފްރާސީމް ދައްކަ ވަހަކަތަކުން ކަމަށް ހުމާމް ސަރީއަތުގަ ބުނެ އަދި ތަހުގީގަށް ދީފައިވަ ބަޔަނުގަ އޮތުމާ.ފެބްރުއަރި 7 ގަ ނަސީދުގެ ވިސްނުންފުޅުގެ ލޯ ކަނުވެފަހުރިކަމަށް އަފްރަސީމްވިދާޥުވަ ވީޑިއޯއެއް މިހާރުވެސް ފެންނަން ހުރުމާ.ފަނޑިޔަރުންނަށް ނަސިދު ބިރުދައްކަކަމައި .ބިރުދައްކައިގެ ނަސިދު ކޯޓްތަކުންކަންކަން ނިންމަން މަސައްކަތް ކުރަކަމަށް އަފަރަސީމްވިދަޅުވަ ވިޑިއޯއެއް މިހަރުވެސް ފެންނަން ހުރުމައި.އަފްރާސީމްގެ ސަބަބުން ޖެއެސްސިގަ ނަސިދު ބޭނުންވާކަންކަން ނުކުރެވޭތީ ޖެއެސްސިން އަފްރަސީމް ވަކިކުރުމާއި. އިބްރާހިމި މިސްކިތުގަ ހުކުރު ކުރިދުވަހު ހަމަނުޖެހުން ހިންގި ނަސިދު ރާވައިގެންކަމަށް އަފްރަސީމް ވިދަޅުވެފަ އޮތުމާއި.އަފްރާސީމް އަވަހަރަކޮށްލިތާ ކުޑަ ވަގުތުކޮޅެއްގެތެރޭ އަފްރަސިމްއަވަހަރަކޮށްލިމީހުން މެދުއިރުމަަތީގެ ގައުމަކަށް ފުރިވާހަކަ ނަސިދު ވިދާޅުވެފަ އޮތުމާއި. އެމްޑިޕީން އުސްފަސްގަންޑު ހިސާރު ކޮށްގެން އުޅުމުގެތެރޭ ހަދާފަ އޮތް މަރަންޖެހޭ ލިސްޓުގަ އަފްރަސީމްގެ ނަން އޮތްވާހަކަ ސިއންއެމްގެ ހަބަރެއްގަ ލިޔެފަ އޮތުމައި. މިހިރަމިހިރަ ސަބަބުތަކައެކު ދައުދާގެ ބައްޕަގެ ވިދާޅުވުން ރަނގަޅުކަމަށް ދެކެން.

    14
    1
  19. ކުޑޭ

    ކުރިންކި ކިޔައި އުޅުނު ރައްޔިތުންގެ މަޖިލިސްގެ މަރާލައިފައިވާ މެންބަރެއްގެ މަރާގުޅުންހުރި ބަޔެކޭ ރައުދާއަށް މަރުގެ އިންޒާރުދީފައިވަނީ އެއީ ރައުދާއަށް އެމީހުންގެ އެސިއްރުއެގޮޔޯ އިމްރާނު މަޑުންހުރީތަ ދައްކާނެ ދޮގުވާހަކައެއް ނެތީމަ

  20. ނިންނި

    އަޖައިބު ވޭ ބަޔަކު މަރާލިޔަސް އަދި އަމިއްލައަށް މަރުވިޔަސް އެ މައްޔިތާ އަށް ކައްވަޅުގަ ވެސް އޮވެވހނަ ނުދޭންއުޅެނީ ތޯ . ތިމާގެ ދަރީގެ ވަނާތައް ނިވާ ނުވާ ފޯޓޯތައް މި އަދު ނުޖެހުނ ކިހިނެހ ވާނެތޯ

    3
    4
  21. ވާނުވާ

    ސުޢޫދު ތިހެން ބުނި ކަމަށް ވާނަމަ ބުނީ ކޮން ތާކު ކޮން ހައިސިއްޔަތަކުންތޯ އަދި އާތިފްއާ ސޫދު ބައްދަލުކުރީ ކޮންތާކު ކީއްކުރަންތޯ ބަލަން ޖެހޭނެ. ހިނގަމުންދާ ތަޙުޤީޤުތަކުގެ ސިއްރުތައް ހާމަ ކުރެވެނީ ކިހިނެއް؟ އިންޓެގްރިޓީއަކީ ކޮންމެ މީހެއްގެ ވެސް ހުންނަން ޖެހޭ އެއްޗެއް. ޚާއްސަކޮްށް، މި ކަހަލަ ޒިންމާތަކާ ހަވާލުވާ ފަރާތްތައް.

  22. ގޮޅާ

    ސޯލިހު ހަށްޔަރުކޮށް އިންސާފުގެ ކުރިމަށްޗަށް ގެނައުމަކީ މިއަދު ރަށްޔަތުން އެންމެއެދޭ އެދުން ނުކިޔަވާޖާހިލަކަށް ވެރިކަންލިބުނީމާ ވާގޮތް އެބައެނގޭ ގައުމު އޮޔާލާ ވައުދު އޮޔާލާ ރަށްޔަތުން ބިކަކޮށް ވަށްކަންކޮށް ދޭދޭފަރުދުންގެ ހަށްގުތަކަށް ސޯލިހުވަނީ އަރައިގަނެފަ.