2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދާ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހަމީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

މިދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވި މައްސަލައެއް ކަމަށެވެ.

މި މައްސަލާގައި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް ހިމެނޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިވަޑައިގެން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަޙުޤީޤުކުރުމަށް އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް 11 އޮކްޓޫބަރު 2020 ދުވަހު ނެރުއްވާފައިވެއެވެ.

މިމައްސަލައިގައި ދައުވާ އުފުލި މީހުންގެ ތަފްސީލް

01. މުޙައްމަދު ޝަރީފް ކ. މާލެ، ވ.ސަމާރިޔާ ގައިގާ އަތްލުމުގެ ދައުވާ.

02.ޙުސައިން އަޙްމަދު ކ. މާލެ، ވ.ފަންސި ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ

03. ޢަލީ އަޙްސަން ކ. މާލެ، މ.ރިއޯ ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން އަދި ގައިގާ އަތްލުމުގެ ދައުވާ.

04. ނަޖިޙް އަޙްމަދު އަކިރިފުށި ކ. މާލެ، ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން. އަދި ގައިގާ އަތްލުމުގެ ދައުވާ.

05. އަޙްމަދު ވަނޫދު ކ. މާލެ، މ. ފޯސީޒަން ގައިގާ އަތްލުމުގެ ދައުވާ އާއި ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ.

06. ޙުސައިން ޙަމްދޫން ކ. މާލެ، ގ. އާސްމާން ބިރުދެއްކުމާއި ގައިގާ އަތްލުމުގެ ދައުވާ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ގެންދަވަނީ ކުރައްވަމުންނެވެ.

އެމައްސަލަތައް ނިމި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޑޫ މީހާ

    ތިޔަ މާހައުލަކީ ވަޒީފާ އަދާކުރަން ބިރުވެރި މާހައުލެއް މިހެން ދަންނަވަން މިޖެހެނީ ހިޔާގައި ތިބޭ ކުދިންނަކީ ދައުލަތުގެ ބެލުމުގެދަށަށް ގެނެވިފައިތިބޭ ކުދިން ދައުލަތުގެ ބެލުމުގެދަށަށް ގެންނަން ޖެހެނީވެސް ސަބަބެއް އޮތީމަ އެކުދިން ބަލަހައްޓަން ތިބޭ ބަޔަކު ތަންކޮޅެއް ބާރަށް އެއްޗެއް ބުންޏަސް އެކަން ވާނީ އެކުދިންނަށް ނަފްސާނީ އަނިޔާ ކުރިކަމަށް އެކުދިން ނުރުހޭނެ ބާރަށް އެއްޗެއް ބުނަން އެހެން އެއްޗެއް ބުނެފަ މީހަކު ހުއްޓަސް ތަހުގީގުގައި އެކުދިން ބުނާނެ އެމީހުން ނުރުހޭ މީހެއް ކަމުގައި ވަނީނަމަ އެއީ ޖަލަށް ދާންޖެހޭނެ ހަގީގަތަކީ މިއީ އެތަނުގައި ވަޒީފާ އަދާކުރާ މީހުން ތިބެންޖެހޭނީ ލޯއަނދިރި ބީރު ބަޔަކަށް ވެގެން އެހެން ނޫނީ އެމީހަކު ކޮންމެވެސް ދުވަހަކުން ޖަލަށް ދާންޖެހޭނެ ޔަގީނުން

    29
    4
    • އައުގުރާނަ

      ކަލޭގެ އާއިލާ ތިމާގެ މީހަކު އެތާ އުޅޭތީ ޑައިޖެސްޓް ނު ވެގެން ލިޔުނު އެއްޗެއްބާ؟ :؟؟

      3
      4
  2. ާމަރީ

    ހާދަ ދެރައޭ އެކުދިން ރަށްކާތެރި ކަމަށް އެދުމުން ވެސް ި

    7
    12
  3. އައްޑޫދޮނާ

    ކޮބާތަ ތިކުދީންގެ މައިންބަފައިން. އެމީހުން ނޫންތަ ތިކުދީން ބަލަން ޖެހޭނީ.

    6
    2
  4. ލިޔުނު

    ކޮބާތަ ތިކުދީންގެ މައިންބަފައިން

    3
    1