ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 230 މިލިއަން ދިވެހި ރުފިޔާ) "ކައްވާލައިފި" ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވުމުން ގާސިމް އެކަން ދޮގު ކުރައްވައިފިއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް ޖަޕާން މީހަކު "އިނދަ ޖައްސާލައިފި" ކަމަށެވެ. "15 މިލިއަން ޑޮލަރު އޭނާ އަތުން ކައްވާލައިފި" މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުސްތަފާ ވިދާޅުވީ ކޯލިޝަނޭ ކިޔައިގެން "ތެޅެނީ" މިވައްކަންތައް ކުރަން ވެގެން ކަމަށެވެ. އިތުރު އެއްޗެކޭ ބުނެވިއްޔާ "މުޅި އެތި" ފަޅާއަރުވާލާނަން ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްތަފާ އޭނާއޭ ކިޔައިގެން ޓްވީޓް ކޮށްފައި ވަނީ "ބޮޑު ދޮގު ވާހަކަތަކެއް" ކަމަށެވެ. "(އެއީ) އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ނެތް ބުހުތާން ދޮގު ވާހަކަ. މިފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާށި. އާމީން." ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ގާސިމްގެ ޓްވީޓަށް ފަހު މުސްތަފާ އަދި އިތުރު ޓްވީޓެއް ނުކުރައްވައެވެ.

ފަހަކަށް އައިސް މުސްތަފާ ގެންދަވަނީ ބައެއް ބޭފުޅުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައްކޮށް ވަރަށް ގިނައިން ޓްވީޓް ކުރައްވަމުންނެވެ. މުސްތަފާ ބޮޑެތި ތުހުމަތުތައް ކުރައްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ފައްޔާޒު

  އޭނާގެ މުވައްޒަފުންގެ އަތުން 230 މިލިޔަނެއްނޫން ބިލިޔަންވެސް މިހާރު ހުންނާނީ ކައިފަ ، އަދި މުނިކާފަ ކިޔާ ކުއްޖަކާ އިނދެވޭތޯ ބަލާ.

  24
  2
  • ނަހޫ

   ހޫރު ކާފަ ކިޔާ ކުއްޖަ ކާވެސް އިނދެވިދާނެ އެ ކުއްޖާ ގަބޫލު ނަމަ އަދި ގާސިމްގެ ކިބައިގަ އަނބިމީހާ ހަމަޖައްސާނެ "ބާރު" ހުރިނަމަ އިސްލލާމް ދީނުގަ މަނާ ކަމެއްނޫން އެއީ

   7
   3
  • ހުސޭނުބޭ

   ހަޤީޤަތުގައިވެސް......... ރިސޯޓްތަކަށް އަންނަ ގެސްޓުން ދޭ ސާވިސްޗާޖަކީ މުއައްޒަފުންނަށް ދޭ އެއްޗެއް! އެއީ ރިސޯޓް ވެރިމީހާގެ އެއްޗެއްނޫން! މުއައްޒަފުންގެ ސާވިސް ޗާޖުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ގާސިމްބެ ކޭ ލާރި ތިއަށްވުރެ ގިނަވާނެ!

   8
   1
 2. ނައިކް

  މުސްތަފާތި ހުއިފިލަނޑާއޭ ކިޔާފަ ކަޅުއުސްބޯ ފައިވާން އަޅާފަ ކޮބްޓޭނާއެއް ބޭރުކުރި މީހެއް.. ބޮޑު ކަޗޯރެއް. މީހުންނަށް ގެޅެން ތި ނިކުންނަނީ ތިމާގެ ހާލަތު ފުރަތަމަ ބަލާބަލަ.

  15
  3
 3. ލަތީ

  ގާސިމް ޔާ މުސްތޮފާ ދިމާކުރުވުމުގެ އަޑީގައި ހުންނަނީ ހަވަރު ތިނަދޫ ގަސަމް. ހާލުގައި ޖެހުނީމާ އައިސްހުރީ ގާސިމް އަތުން ވަޒީފާ ގަނޑެއް ހޯދައިގެން ގާސިމް ދިނިއްޔާ ކައިގެން

  6
  3
 4. ސަފަރު ކައްދަގެ ތިއްތިބެ

  ތިމަރަބޭ މޮޔަގޮވަނީ! ޤާސިމަކީ ވެސް ލާރިދެކެ ލޯބިވާ މީހެއްކަން އެންމެން ދަނޭ. ޤާސިމު ކޮށްފަ ނުކުރާނެ ކަންތައް ވަރަށް ރަނގަށް އެނގޭ. ތިމަރަބޭ ދޮގުހަދައިގެން ޤާސިމުގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަނީ!

  8
  7
 5. ބޮޑު ފަރަންޖީ

  ބަލަ ދޮގެއް ވެއްޖެއިޔާ އޭނަ ގޮވައިގެން ޝަރީޔަތައް ދޭބަލަ ބޭކާރު ވާހަކަ ދަށްކަނީ ކީއްކުރަން.

  20
  1
 6. ނަގުލު ފިއްތި

  ފާޅުކަން ބޮޑު ގޮތަކަށް މުސްޠަފާ އެއޮތީ އެހެން ބުނެފަ. ދެން ގާސިމް އެއީ ދޮގެއްކަން ރައްޔިތުންނަަށް ސާބިތު ކޮށްދޭން ބޭނުންވަންޏާ ޝަރީޔަތަށް ދޭބަލަ

  15
  2
  • ޒަކް

   ސާބިތު ކުރުމުގެ ބުރަ އޮންނާނި އެ ދައުވާއެއް ނޫނީ ތުހުމަތެއް ކުރާ ފަރާތަކަށް.. ރައްދުވާ ފަރާތަށް އޮތީ ހެކިން ބަރީއަވާން ހުއްޖައްދެއްކުން ހެކި ނެތްނަމަ އެއީ އުފެދުމުގަ ވެސް ބާތިލު ތޮތޯ ހޮޅި ވާހަކައެއް.. މުސްތަފާ ދައްކަނީ ހެއްކެއްނެތް ތޯތޯ ވާހަކަ.. ފާސިޤުންގެ ވާހަކަ ޤަބޫލުކުރާނީވެސް ފާސިޤުން

 7. ޙަސަނު

  ބަލަގަ ގާސިމޫ ކަލޭތީ ދުލުގެ އަގެއް ނެތް މީހެއް އެއް ހޮރަކުން މުއުނަކުގެ ގަޔަކަށް ދެ ފަހަރުކައްޓއް ނުޖެހޭނެއޭ އަންނިއާއި އެއްކޮށް ދުވަހަކުވެސް ސިޔާސީ ކަމެއްގަ ނޫޅޭނަމޭ ބުނި މީހެއް ތީ

  22
  1
 8. ހަނި

  ހުސްވަގުން ހުސް އަނިޔަވެރިން ހުސް ގުދޯގުދޯގޮވަ މިހުން

  19
  1
 9. ސިދާތާގެ ބެޑްސީޓް

  ހަމަ މުސްތަފާވެސް ދަކަފާނެ ނޫންތަ ތެދުވާހަކަވެސް ހަމަ އެކަނި ސޭޓަށް އެކަނިތަ ތެދުވާހަކަ ދެއްކެނީ

  18
 10. ޢަހޫ

  ތި މަރަފުށީ މުސްތަފާ ތީ ވަރަށް ތާހިރު ގޮތަކަށް އުޅޭ މީހެއްކަން ގައު މުގެ އެއް މެކުޑަކުއްޖާވެސް ދަންނާނެ. ޢަނގަހުޅުވަން ލަދެއްވެސްނުގަނޭތަ؟

  10
  2
 11. ޤައުމު

  ތިވާނީ މުސްތޮފާ ބުނީމަ ޤާސިމް ލާރިކޮޅެއް ނުދިނީ ކަމަށް

  11
  3
 12. މުފީދު

  މީ މަ ބުނާ ވާހަކަ! އަހަރުމެންވީކީ އިންޑިޔާ ނޫނީ ޗައިނާ ނޫނީ އެހެންވެސް ޤައުމެއްގެ ކިބައިން ސަލާމަތް ކުރެވޭނެ ގޮތުގެ ސައްލާ ކުރާކަށް ނޫނޭ! އަހަރުމެންވީ، މި ހައެއްކަ މަހުޖަނުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރެވޭތޯ އުޅުމޭ! މި ކަމާއޭ އަހަރުމެން އުޅެންވީ!

  16
  2
 13. ސާމިޔާ

  ނަސީބެއްނުން މުސްތޮފާއަތުން ކައްވާލައިފިއޭނުބުނިކަން .. ދެންހުރީ ޖާބެ