އާންމު ރައްޔިތު މީހާގެ ބޭނުންތަކަށް ބެލުމެއްނެތި އަތޮޅުގެ ހުރިހައި ފަޅުރަށްތަކެއް ވިއްކާ ހުސްކުރުމަކީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ބ.އަތޮޅުގެ ރަށްތައް އެކި ބޭނުންތަކަށް ނަގަމުން ގޮސް، މިހާތަނަށް އައިއިރު، ރައްޔިތުން މަޖާކޮށްލައި ހިތްހަމަ ޖައްސާލުމަށް ދަތުރު ދާން އޮތް ހަމައެކަނި ރަށް ކަމަށްވާ އަތޮޅު މާއްޑު ދަނޑުވެރިކަމަށް ދޫކޮށްލުމަށް ސަރުކާރުން އިއުލާން ކުރުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ ކުރެއްވި ޓްވީޓެއްގައެވެ.

މިހާރު ވެސް ބ.އަތޮޅުގެ ހަރަށެއް ދަނޑުވެރިކަމަށް ދޫކޮށްފައި ވާއިރު އޭގެތެރެއިން ދަނޑުވެރިކަން ކުރަނީ އެންމެ ރަށެއްގައެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ މާއްޑޫ ބީލަމަށް ލުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށާއި ފިޝަރީޒް މިނިސްޓްރީ އަށް ވެސް ސިޓީލީ ކަމަށާއި އެކަމަކު ޖަވާބެއް ނުލިބުނު ކަމަށެވެ. އެހެންވެ، ސިޓީގެ ޒަރީއާ އިން ރަސްމީކޮށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއް ނުފެނުމުން އޭނާ ވަނީ ރަސްމީކޮށް މަސައްކަތް ކުރުން ހުއްޓާލާފައެވެ.

ބ.އަތޮޅު ރައްޔިތުން މިހާރު ގެންދަނީ މާއްޑޫ ދަނޑުވެރިކަމަށް ދޫކުރުމައި ދެކޮޅަށް މީސް މީޑިއާގައި ކެމްޕޭން ކުރަމުންނެވެ.

ބ.އަތޮޅަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެންމެ އަގުބޮޑު ރިސޯޓްތައް އޮތް އެއްއަތޮޅެވެ. މީގެ ކުރިން މާލެ ރައްޔިތުން ދަތުރުދާނެ ރަށެއް ނެތިގެން ވެސް ގިނަ ބަޔަކު ޝަކުވާ ކޮށްފައިވެއެވެ. އެޝަކުވާތަކަށް ނިމުމެއް ގެންނަން އެނބުދޫ ފަޅުން މާލޭ މީހުން ދަތުރުދާނެ ރަށެއް ވަނީ ހާއްސަކޮށްފައެވެ. އެރަށް މާލޭ މީހުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި ކަނޑައެޅިތާ ދެއަހަރު ވެފައިވާއިރު އަދިވެސް އެރަށަށް ދަތުރު ދިއުމުގެ ފުރުސަތު އާއްމުކޮށް ހުޅުވައެއް ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    މިއަދު ދެން ކޮންވާހަކަ އެއް؟ވިއްކާ ވިއްކާ ހުސް ކޮށް ލާ މީ ވިއްކަން އައި ސަރުކަރެއް، މިސަރުކާރު އައީ ވެސް ވިކިގެން އެން ވީމަ މަޖުބޫރުވާނެ ދޯ ވިއްކަން،؟

    11
    2
  2. ވަތަނީ

    މިހާތަނަށް އެއްވެސް ޕާޓީއަކާއި ހަވާލޮނުކޮށްހުރި ރާއްޖޭގެ
    ރަށްތކާއި ފަޅުތައް ދިގު މުއްދަތަށް އިތުރަށް ކުއްޔަށް
    ނުދިނުމަށް ސަރުކާރަށް ގޮވާލަމެވެ ރާއްޖޭގެ މިލްކިއްޔާތަކީ
    ހަމައެކަނި މިހާރުގެ ދިރިއުޅުމަށް އޮތް ވަސީލަތްތަކެއްނޫނެވެ
    އަންނަން އޮތް ޒަމާންތަކަށްވެސް ރައްދުކޮށްދޭންޖެހޭ
    ތަކެއްޗެވެ.

    10
    1
  3. ރަނާ

    ބަލަ އަލީ ޙުސައިންވެސް ރަށްތައް ވިއްކާ މީހުން ތެރޭގަ ހުރެގެން ކޮންވާހަކައެއް ތި ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން.
    ތިހިރީ ރާކަނިމަސް ކެވިފާ!

  4. މީހާ

    ވިއްކަނެ ކަމެއްނެތް ސަންސިޔާ ކަހަލަ 2 ތިން މަހުޖަނުންނަށް ދީ