ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 230 މިލިއަން ދިވެހި ރުފިޔާ) "ކައްވާލައިފި" ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވުމުން ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ކޯޅުންތަކަށް އަނެއްކާވެސް ބޮޅެއް އިތުރުވެއްޖެއެވެ.

މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް ޖަޕާން މީހަކު "އިނދަ ޖައްސާލައިފި" ކަމަށާއި. "15 މިލިއަން ޑޮލަރު އޭނާ އަތުން ކައްވާލައިފި" ކަމަށެވެ. މުސްތަފާގެ ވާހަކަތައް ދޮގުކުރައްވާ ގާސިމް ވިދާޅުވީ "(އެއީ) އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ނެތް ބުހުތާން ދޮގު ވާހަކައެއް" ކަމަށެވެ.

ގާސިމް އެހެން ވިދާޅުވުމުން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް 1994 ވަނަ އަހަރު އޭނާގެ އަތުން 50000 ޑޮލަރު (މިހާރުގެ ރޭޓުން ބަލާނަމަ 770000 ރުފިޔަ) ފޭރިގަތް ކަމަށެވެ. "ގާސިމް 1994 ވަނަ އަހަރު މަގޭ އަތުން ފޭރިގައި -/50000 ޑޮލަރުގެ މައްސަލައިގައި ގާސިމް ފުލުހަށް ދާން ޖެހުނީވެސް ތިކަހަލަ ދޮގު ހައްދަވާތީވެ. އިތުރު ވާހަކަ ދައްކަންޏާ ވާނީ އިތުރަށް ބޭޒާރު." މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުސްތަފާ އަކީ ކުރިން ވަރަށް ގިނަ ތަފާތު ވިޔަފާރިތައް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަހަކަށް އައިސް މުސްތަފާ ގެންދަވަނީ ބައެއް ބޭފުޅުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައްކޮށް ވަރަށް ގިނައިން ޓްވީޓް ކުރައްވަމުންނެވެ. މުސްތަފާ ބޮޑެތި ތުހުމަތުތައް ކުރައްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ވަތުކިބަ

  ބަލަގަ ކަޑަ އެޅިގެން ދޮގެއް

  9
  6
  • ސާމިޔާ އަހުމަދު

   މީނަވެސް ޖާބިރު ކައިރިންދަސް ކުރީދޯ؟ އަތުންފައިސާހުސްވީމާ ޖާބިރުހަދާހެން މީހުންގެއަތުން ފައިސާހޯދަން ތެޅެނީދޯ؟
   ނި ކަންދޭބަލަ ލޯ ކަލްމާރު ކޭޓު ކައިރިއަށް. އެތާ ޕޭމުންޓުމަތީގަ ކަރުދާސްގަނޑު އަޅައިގެންތިބޭނެ ތިފާޑަށް ލާރިހޯދާމީހުން!!!

   16
   3
  • ޒަކް

   އެހެން މުސްތަފާ ކަހަލަ ދަހި މަކަރުވެރި މީހަކު އެއްވެސް ހެއްކެއް ނެތި 7 ލައްކަ ރުފިޔާ ދޭނެބާ؟؟ ޢެހެން ނޫނަސް ޤާސިމް އެންމެ 7 ލައްކަ މުސްތަފާއަތުން ހޯދަންޖެހޭ ސަބަބެއް ނުވިސްނޭ.

   15
   2
 2. ކޮވިޑް

  1994 ވަނަ އަހަރު. ދެންކީއް ވެ މިހާރު؟

  16
 3. ރެފްރީ

  މައުމޫނު ނައަތުލާތަ ބައިމިލިއަންރުފިޔާ؟ މިހިރީ ދެވަނަޖާބިރު. ބިލްގޭޓުފޭރިގަތީ ކިހާފައިސާއެއްބާ؟؟

  14
 4. ސަރޭ

  ތިވާނި ގާސިމު އަތުން ލާރި ނަގާފަ ނުދައްކަން ދައްކަ ބަހަނާ އެއް.

  15
 5. ހުސޭނުބޭ

  ލަނޑާ ނަގާ ބަޔަކު މުސްޠަފާބޭ އެބަ ހޯދާ! އެމީހުނަނަށް ލާރިނުދީ ފިލިއްޔޯ!

  17
 6. އައްޔާ

  މުސްތަފާ ދެ އިނގިލިން ތި ޖައްސަނީ ކޮން ވައްތަރެއް. ފައްތަރުލަނީތަ ނޫނީ އެ ގްރޫޕް މީހަކީތަ

  10
 7. މާމިގިލި މަންޖެ

  ސޭޓް ވެއްޖެ 6މަހުގެ ސާވިސްޗަރޖް ސަންއައި ލެންްޑް ސްޓަރފުންނަށް ނުދީ ރިސޯޓް ތަ ކުގަ ހުއްދަ ނުހޯދާ އެތަށް އިމާރާތްތަކެއް. އަޅާފި ސޭޓް އަދިވެސް ހަމަ މުސާރަނުދޭ ދެނީ %45 މުސާރައިގެ ސޭޓް މީ ސައިޒަށް ތިރި ކުރަން ޖެހިފަ ހުރިމިހެއް ގާނޫނަށް ވުރެ މަތީގަ މިހާރުވެސް ކޮންމެ ދުވަހަ ކު ރިސޯޓްގަ ހުރެފަ މާމިގިއްޔަށް މީނައަށް އާދެވޭ ބޭނުން ގޮތަކަށް ތެޅެބާލަނީީީި އެޗްޕިއޭގެ އެންގުންތައްވެސް މީނައަކަށް ނޯވޭ

  13
  2
 8. މާނިއުމާނި

  ދިވެހިރާއްޖޭގަހުރި އެންމެ ކޮރަޕްޓް މީހާ ނުކުމެ ތިދައްކާ ވާހަކަތައް ގަބޫލުކުރާނެ މީހެއް ދިވެހިރާއްޖެއަކު ނެތް

  9
  1
 9. އައު ޢަދަބީ ބަސް، މިސާލާއިއެކު

  (ތޮށަލި ތަކުރާ ޖެހުނު ވިގަނި)، (ތުނޑު ހަސަނާއި ޖެހުނު މީދާ) އަލަށް އުފަންވި ޢަދަބީ ބަސްތައް:
  1- މައުމޫނާ ޖެހުނު ޖާބިރު
  2- ޤާސިމާ ޖެހުނު މުޞްޠަފާ

  14
  • ހުސޭނު

   3 އިބްރާހިމް މުޙައްމަދު ޞާލިޙާ ޖެހުނު އަންނި
   4 އިސްލާމް ދީނާ ބެހޭ ކެނެރިސްޓް
   5 މަޖިލީހުގެ ރައީސްކަން ބީވި އަފީފު.

 10. ޤައުމު

  މުސްތޮފާ، ކެެނެރީގޭ ދޮގުބެ
  މި މީސްމީހުން ހަދާދޮގު ވެސް އަޑުއަހާނެ ބަޔަކު މިޤައުމުގާ އެބަ ޢުޅޭވިއްޔަ

  11
  1
 11. އަހުމަދު

  ކިތަމެއަގައެތެޅިއަސް މިގޭ ވޯޓް ދެންމިގައުމީހަކަނުލިބޭނޭ މަ މިފަހަރު ވޯޓް ދިނީ ބައިޑަންއަށް

 12. ވޭރު

  ގާސިމް ތިހާވަރަށް ފައިސާނެގުމަކީ އެކަށީގެންވާކަމެއް މިހާރުވެސް ގާސިމް ކޯލިސަނުގަ އެހުންނަނީ ކާންލިބޭތީ އެހެންނޫންނަމަ މިހާރުހުންނާނީ ތަރަތަރަ ޖަށްސާފަ މީހާހުރީ ކޮވިޑޭކިޔައިގެން މުއަށްޒަފުންގެ މުސާރަކޮޅުވެސް ކާލައިގެން މިކަމުންވެސް ދޭހަވަނީ ސޯލިހުނޫންކަން ގާސިމްކަން.......

 13. ތޮއްތޮ

  ފެއިލްވެފައި ހުރި މީހެއް...ޕާޓީ ބަދަލުކުރި ފައިސާއަށް ނަފުސުވިއްކާ ގަމާރެއް ސަމާލުކަމެއް ނެތް..

 14. ހުސޭނު

  3 އިބްރާހިމް މުޙައްމަދު ޞާލިޙާ ޖެހުނު އަންނި
  4 އިސްލާމް ދީނާ ބެހޭ ކެނެރިސްޓް
  5 މަޖިލީހުގެ ރައީސްކަން ބީވި އަފީފު.

 15. ސަމްސިއްޔާ

  އަދި ތިވާހަކަ ދައްކަން ތަންކޮޅެއް އަވަސްދޯ...

 16. ދުންތަރި

  ތިމަރަފުށީ މުސްތަފާ ހ.ތިމާވެށި ޢަބުދުﷲ ޖާބިރު މިމީސްމީހުން ސޯސަލް މީޑިޔާގަ އަދި ސަމާލުކަން ހޯދުމަށް މީޑިޔާތަކުގަ މަޖިލީހުގެ ތަޅުމުގަ ދައްކާ ވާހަކަތައް ނޫހުގެ ފަލަ ސުރުހީގަ ލިޔާތީ ހިތާމަކުރަން އެހެންމީހުނަށް ވަގަށްގޮވާ ހިޔާނާތެތެރިންނަގޮވާ މަކަރާހީލަތްހެދިކަމަށްގޮވާ އޮޅުވާލިކަމަށްބުނާއިރު، މިމީހުންގެ ހާލަތު ދިވެހިތރައްޔިތުންނަށް ވަރަށް ސާފު އިސްލާމީ ޝަރީޢަތްކުރާތެއްގަނަމަ ތިޔަ މުސްތަފާގެ ހަތަރެއްފައިގެ ގުނަވަން ހަމަނުވާނެކަން ޔަޤީން އޮޅުވާލުމާ މަކަރާހީލަތުގެ ވާހަކަ ދައްކާ ކޮޅަކުންނުލާނެ ތެދުވެރިކަމާ އިޙުލާސްތެރިކަމާ ނަޒާހަތްތެރިކަމުގެ ވާހަކަ ދެއްކުމެއްނެތް މިފަދަ މީހުން އެހެންމީހުންގެ ވާހަކަ ދައްކަން ލަދު ނުގަންނާތީ މައްސަލައަކީ އީމާންތެރިކަމެއް ނެތްމީހަކު ލަދެއް ހަޔާތެއް ނުހުންނާނެ ކިޔާކަށް ވަކި އެއްޗެއް ކުރާކަށް ވަކިކަމެއްނޯންނާނެ

 17. ނަސްރީނާ

  ތިޔަވާހައަށް މަ ތާއީގު ގާސިމް މުސްތަފާ ވުސްނާގެން އުލޭތި މުސްތަފާގެ އަބިމީހާވެސް ފޭރިގަނެފާނެ