ވ.ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ހުކުމް އިއްވުން އަނެއްކާ ވެސް ފަސްކޮށް ހުލާސާ ބަޔާން އިއްވަން އާފިޔާއަށް އިތުރު ފުރުސަތެއް ދޭން ނިންމައިފިއެވެ.

ދަޢުލަތުން ވ.ރަކީދޫ، ލައިޓްހައުސް، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރަނީ ދެ ދައުވާއެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން ނަމަވެސް ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.

އެކަމަކު، ވަކީލަކު ބޭނުން ނުވާ ކަމަށް ޝަރީއަތުގެ މަޖިލިހުގައި ވަނީ ބުނެފައެވެ.

މިއަދު ކުރިއަށް ދިޔަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި އާފިޔާއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު ބަދަލު ވެފައިވާތީ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ފަސްކޮށްދިނުމަށް ދައުލަތުގެ ފަރާތުން އާފިޔާއަށް މިހާރު ހަމަޖައްސައިދީފައިވާ ވަކީލު ހުސްނީ މުބާރަކު ވިދާޅުވިއެވެ.

ކުރިން އާފިޔާއަށް ހަމަޖައްސައިދީފައިވާ ވަކީލަކީ އައިމިނަތު ރުކްޝާނާ އިބްރާހިމްއެވެ.

މިއަދުގެ އަޑުއެހުމުގައި އާފިޔާގެ ވަކީލެއްގެ ގޮތުގައި އިންނެވި ހުސްނީ މުބާރަކް ވިދާޅުވީ، އާފިޔާގެ ވަކީލް މިހާރު ބަދަލުވެފައިވާއިރު މައްސަލައާ ގުޅޭ ލިޔުންތައް އަދިވެސް ލިބިފައިނުވާ ކަމަށާއި އެހެން ކަމުން ހުލާސާ ބަޔާން އިއްވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. އެކަމަކު ވެސް ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން މިހާރު އިއްވާފައި ވާތީ، މި މައްސަލާގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދެން މައްސަލަ ބައްލަވާ ގާޒީ ސަމީރު ވެސް ފާހަގަކުރެއްވީ މީގެ ކުރިން އާފިޔާ އަމިއްލައަށް، އެއްވެސް ވަކީލެއްގެ އެހީތެރިކަމަކާ ނުލައި ހުލާސާ ބަޔާން އިއްވާފައިވާ ކަމެވެ. އެކަމަކު އެއީ މަރުގެ މައްސަލައަކަށް ވާތީ ގާނޫނީ ވަކީލެއްގެ އެހީއާ އެކީ ހުލާސާ ބަޔާން އިއްވަން އިތުރު ފުރުސަތެއް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި ގޮތުން މި މަހުގެ 24 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމާއި މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާނެ އަޑުއެހުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގައި ކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ.

ދައުލަތުން ބުނި ގޮތުގައި އިބްތިހާލް މަރުވެފައި ވަނީ އޭނާ ނޭވާ ހާސްކުރުމުން ކަމަށާއި އާފިޔާ އިބްތިހާލްއަށް އަނިޔާ ކޮށް، އިހުމާލުވާ ކަމާއި، އާފިޔާގެ އެހެން ދަރިންނާއި އިބުތިހާލް އާއި ތަފާތުކުރިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ބުނެފައެވެ. އަދި އެކަން ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ އަދި ކިތާބީ ހެކިތަކުން އެނގޭކަން ދައުލަތުން ފާހަގަ ކުރެއެވެ.

އެހެންކަމުން މި މައްސަލާގައި އާފިޔާއަށް ދެވެން އޮތް އެންމެ ބޮޑު ހަރުކަށި އަދަބެއް ދިނުމަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާލުގެދުލުން

    އަހުރެން ދުށިން މިނިކާ ޖަނަވާރު އެ ސޮރުމެންގެ ޅަދަރިންގެ ގައިގައި ދޫލާ މަންޒަރު. ދިވެހިން ބުނެއުޅޭ ބުޅާ ހަތްހާއްޔަށް ލާ ވާހަކަ. އެއީ ހަޤީޤަތް. އެކަމަކު އަޅެ ފަހެ އިން ސާނާ އިން ސާނުވަންތަކަމުން ނިކުތީމާ އޭނާގެ ބަނޑުއަޅާ ވިހޭ ދަރިވެ ސް މަރާލީމާ ދެންވެ ސް ކިޔާންވީ އިން ސާނެއްތޯ؟
    އެއީ އިން ސާނެއްގެ ސިފައިގާ ހުރި ޖަނަވާރެއް. އިން ސާފުވެރި ޝަރިއްޔަތަކަށް އެދެން
    އެކަމަކު ﷲ ގެ ހުކުމް ހިންގުމަކީ މި ރާއްޖޭގާ ހިނގަމުން ނުދާ މައް ސަލައެއް ކަމީ އެންމެން ދަންނަ ކަމެއް...އެކަން އެހެން ވާންޖެހޭ ސަބަބަކީ ފަނޑިޔާރުކަން ދީފާ ތިބީ ހުޅަނގުން އެދުރުވެގެން އިހި ސް ތިބި މީހުންނަށް ވާތީ....

    15
  2. ގޫ

    މީނަދޫކޮށްލަން ގޮވާލަން މިސަރުކާރުން ވަނީ އެތައް ކުވެރިންނެ މިހާރުވެސް ދޫކޮށްލާފަ

    8
    6
  3. ...

    ތިއީ ހުކުމް ކުރަން ފަސްކުރަންވީ ކަހަލަ ކަންތައްތަކެއްނޫން އެއްގޮތަކަށްވެސް.

    13
  4. މަކުނު

    މީނަޔަށް ހުކުމް ކުރަން ނުކެރިގެން މިއުޅެނީ ކީއްވެގެންތަ؟

  5. ކަލޯ

    ހެޔޮނުވާނެ އެފަކީރު ދޫކޮއްލާ! ތިޔަހެން ފަސްކޮށްފަ ކުރާނީވެސް އެކަން! މީ އާދައިގެ މީހަކަށް އިންސާފު ލިބޭނެ ޤައުމެއް ނޫން! ފަހަރަކު އާއިލާއެއް އަރާ ލޫޓުވާން އޮތް ޤައުމެއް!

    2
    4
  6. ކ

    ދުވަހަކު ނުނިމު ޝަރިއަތެއް މީ ކިހިނެއް ވެގެންތަ މީނާގެ ހައްގު ބޮޑުވެގެން މިއުޅެނީ ކިހާ ދެރަ ކަމަށް އދ ގޮވާލަނީތަ ނޫނީ ސަރުކާރުން ފިއްތަނީތަ