މާލީ ދަތިކަން ހުރި ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތު ފަންޑުން ދޭ ސްކޮލާޝިޕްތައް މިއަދު އިއުލާންކޮށްފި އެވެ.

ސްކޮލާޝިޕްތަކާ ގުޅޭ ގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝެއިހް އިބްރާހިމް ވިދާޅުވީ ޒަކާތުން ލިބޭ ފައިސާގެ 10 މިލިއަން ރުފިޔާ ހަރަދު ކުރަން ހަމަޖެހިފައި ވަނީ ސްކޮލާޝިޕްތަކަށް ކަމަށެވެ.

ޒަކާތުގެ ފަންޑުން ސްކޮލާޝިޕް ޚިދުމަތްދޭ އިރު ކިޔަވަންދާ ބައެއް ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ، ފިލިޕީންސް، ތައިލޭންޑް އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.

"މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީ ހިލޭ ކިޔެވުނު އިންތިޒާމް ހަމަޖެހުނު ނަމަވެސް އެކޮޅުގައި ހުރުން އަދި ކެއުން ބުއިން ސްކޮލާޝިޕްގެ ދަށުން ހަމަޖެހިގެންދާނެ " ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

މިއަދު ކީރިތި ގުރުއާން އާ ބެހޭ މަރުކަޒުގައި އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ 40 ޕަސެންޓް ސްކޮލާޝިޕްތަކަކީ އިސްލާމްދީން އާ ސީދާ ގުޅުން ހުރި ސްކޮލަޝިޕްތަކެއް ކަމަށާއި އަނެއް 60 ޕަސެންޓަކީ އެހެނިހެން ދާއިރާތަކަށް ހުޅުވާލެވޭ ފުރުސަތުތަކެއް ކަމަށެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޮލާޝިޕް އަށް މިއަހަރު ޖުމްލަ 73 ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އޭގެ ތެރެއިން އިމާމުކަން ކިޔަވާ 20 ޖާގަ، އަރަބި މުދައްރިސް 10 ޖާގަ، އިސްލާމް، ދިވެހި ކޮންމެ މާއްދާ އަކަށް ފަސް ޖާގައިގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"ޒަކާތު ފަންޑުން ތައުލީމީ ދާއިރާ އިން ސްކޮލާޝިޕް ދޭން މިވަނީ ތައްޔާރުވެފައި. ޒަކާތުގެ ސްކޮލަޝިޕް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލާނަން. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ އަމާޒަކީ މެދުނުކެނޑި ކޮންމެ އަހަރަކު ވެސް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭގައި ގުރުއާންގެ ޖުމްލަ ތަފްސީރު ފޮތެއް ނެރެވިގެންދާނެ ކަމަށެވެ. އެކަމަށް މިހާރު މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެކަމަށް ހާއްސަކޮށް ފަސް ބޭފުޅުންގެ ކޮމިޓީ އެއް އެކުލަވާލައިފައިވާ ކަމަށެވެ.

ފަންޑުންދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ގެޒެޓް ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހެއް

    ތިހައްްްގުވާމީހުންނައް ދެން ކޯންޗެއްތޯ ދެނީ

  2. ކަންޒު

    ޒަކާތް ހޭދަ ކުރަންޖެހޭ ގޮތް ކީރިތި ޤްރުއާނުގައި ބަޔާން ކޮއްދެއްވާފައިވޭ. އަދި އެ ޒަކާތް ހައްގުވާ ފަރާތްތަކަކީ ކޮބައިކަންވެސް ބަޔާން ކޮއްދެއްވާފައިވޭ. ވީއިރު ﷲ ސުބުހާނަހޫ ވަތައާލާގެ އަމުރާ ޚިލާފައް ކުރާ ކޮންމެ ކަމަކީ މަގުފުރެދުމެއް އަދި މީހާ އިސްލާމްދީނުން ބޭރުވެގެންދާ ވަރުގެ ޢަމަލެއް. ޒިޔާދު ބާގިރު ތައުބާވުމައް ގޮވާލަން

  3. ބުރާންތި

    ޒަކާތް ހޭދަ ކުރަންޖެހޭ ގޮތް އެންމެންނައް ވެސް އެންގޭ ޒިޔާދު ޒަކާތުފަންޑު މެދުވެރި ކޮއް ޔާމީން އައް ކެމްޕެއިން ކުރާކައް ވެސް ޖެހިލުމެއް ނުވާނެ ކަން އެންގޭ ވޭތުވެ ދިޔަ ހުކުރު ހުތުބާތަކައް ބަލާއިރު، މުޅި ގައުމުގަ އޮތީ ކޮރަޕުސަން