ދީނީ އިލްމުވެރިޔާ އައްޝެއިޙް އަލީ ޒައިދުއަށް ދޫކޮށްފައިވާ ދީނީ ނަސޭހަތާއި ދަރުސް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޒައިދްއަށް ދީފައިވާ ހުއްދަ ބާތިލް ކުރީ ޒައިދުއާ ގުޅޭ ގޮތުން މައްސަލަ ތަކެއް ބަލަމުން ދާތީ އޭނާއަށް ދީނީ ނަސޭހަތާއި ދަރުސް ދިނުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާ ކަމަށެވެ. ބައްލަވަމުން ގެންދަވަނީ ކޮންކަހަލަ މައްސަލައެއްކަމެއް އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ޝެއިޚް މީގެ ދުވަސްކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކޮންމެވެސް ކަމެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި މިކަމުގައި އުޅޭ މީހުން، ﷲ އަށް ބިރުވެތިވުމަށްވަނީ ގޮވާލައްވާފައެވެ.

ފަހަކަށް އައިސް ޝެއިޚް ޒައިދުދަނީ މީސްމީޑިޔާގައި ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ނިންމަވާ ނިންމެވުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާފައެވެ. މިގޮތުން ދީނީ ދަރުސްތަކާއި ދީނީ ކަންކަމަށް ސުކޫލްތަކުގެ ހޯލް ނުދޭ މައްސަލައިގައި ލާދީނީ މީހެއް އެޑިއުކޭޝަން މިިނިސްޓްރީގައި ހުރިނަމަ އެމީހެއް ނެރެ އެތަން ސާފުކޮށްދިނުމަށް ޝެއިޚްވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    މަ މިހުރީ ސެއިޚް ޒައިދުއާއެކު

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    • ސިކްމައިންޑް

      ނަފްސާނީ މީހަކަށް ދައްކާލާ ފެނޭބާ. ބޯހަމަ ނުޖެހޭ..

  3. Haha

    Barabaru raees Yameen . Magey vote Yameen ah . Hadhufahanaelhumai fitna fadaaadha. Ai dhekolhah

  4. ކެނެރީ ސޮނި މުގާބޭ

    ޝޭހެއްގެ ދިފާއަކު އެމް.ޑީ.ޕީ މީހަކު ވައިވެސް ނޭޅޭނެ. ހެކި އެޔޮތީ އިއްޔެ މާމިގިލީ ހަށިވިއްކީ ހުސް ރީނދޫގުރޫޕް

  5. އިސްލާމް

    ނަސީބެއް. ﷲ އަކުބްރު.

  6. ކައިވެނި

    ދެން ބުނާނީ ސްކޫލު ކުދިން ކައިވެނި ކުރުމުގެ ބާރުވެސް ލިބެން ޖެހޭނެއޭ!

  7. Anonymous

    އަހަރެންގެ ކޮމެންޓް ނުޖެހިޔަސް ޔާމީންނާއި ޔާމީންގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް.