ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމަށް، އެކޯޓުގެ ގާޒީކަމުގެ މަޤާމުގައި ހުންނެވި އަޙުމަދު ހައިލަމް އައްޔަންކުރައްވަން، ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމަވައިފިއެވެ. އެކޯޓުގެ އިސް ގާޒީގެ އިތުރުން، ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ އިސް ޤާޒީންގެ މަޤާމަށް މިއަދު ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެވެ.

ގާޒީ ހައިލަމް، ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް ކަނޑައަޅުއްވާފައިވަނީ މިއަދު ޖޭއެސްސީގައި ކުރިއަށް ދިޔަ ސިއްރު ވޯޓަކުންކަމަށް މައުލޫމާތު ލިބެއެވެ.

އެކޯޓުގެ އިސް ގާޒީކަމަށް މިއަދު ބޭފުޅެއް ހަމަޖައްސަވާފައިވާއިރު މިދިޔަ އަހަރުން ފެށިގެން އެކޯޓު ހިންގަވަމުން ގެންދަވާފައިވަނީ ގާޒީ އާދަމް އާރިފެވެ. އެއީ، ކުރިން އެކޯޓުގެ އިސް ގާޒީކަމުގައި ހުންނެވި ގާޒީ ބާރީ، ޖުވެނައިލް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

މިއަދު، ޖުވެނައިލް ކޯޓުގެ އިސް ގާޒީކަމުގެ މަޤާމަށް ކަނޑައަޅުއްވާފައިވަނީ ގާޒީ ސައީދު އިބްރާހީމް އެވެ. ޑްރަގް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އަބްދުއް ސައްތާރު ހަލީމެވެ. މި ދެ ބޭފުޅުންވެސް ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ އެކޯޓުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..