ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމަކީ އިސްލާމް ދީން ކަމަށް ހެދިގެން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ގޮވާލައްވައިފިއެވެ.

ނިހާދު އެގޮތަށް ވިދާޅުވީ ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް، ވަޅުލެވޭ ގޮތް ހެދުމަށް ދިވެހި ސަރުކާރުން މަޝްވަރާތައް ފެށުމާ ގުޅިގެން މައުމޫން އެ ނިންމުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީ ލަންކާގައި ކޮވިޑް-19 ގެ ސަބަބުން މަރުވާ ސްރީ ލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީ ގޮތުން ދިވެހިން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަންކޮށްދީފި ނަމަ އެކަން ވާނީ އެ ގައުމުގެ ސަރުކާރުން މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައުމޫނަކީ "މުޅި އިސްލާމް ދީން" ކަމަށް ހެދިގެން އުޅުން ހުއްޓާލުމަށް އާދޭސް ދަންނަވާ ކަމަށެވެ. އަދި އެގޮތަށް އުޅުނަސް، އެކަން ނުވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ކިޔަވައިގެން ބައިވަރު އިލްމުވެރިން ނުކުމެއްޖެ. ރީތިކޮށް ނަލަކޮށް ޝަރަފުވެރިކަމާ އެކު ދެ ދުނިޔެ ހޯދަން މަސައްކަތް ކުރުން މާ ބުއްދިވެރި،" ނިހާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ސައްލި

    މީނަ މިދާ ގޮތުން މަށަށް ހީވަނީ މައުމޫނޭ ކިޔަމުން ގޮސް އަދި މުރުތައްދު ވާނެހެން ސަބަބަކީ މީ ރޮބޮޓުންތަކެއް ތިބޭނީ އަންނި ބަޓަންތަކަށް ފިތާފައި ތިމާއަށް ކިޔެނީ ކީކޭ ކަމެއް ކިޔަންވީ ކީކޭ ކަމެއް ނޭގޭނެ މިކަހަލަ ކޮހުން އައްޑޫއިން ހޮވާފައި މިތިބީ ދެން ތިބޭ ތަރައްޤީއޭ ފަޅޮލޭ އަސާރައޭ ކިޔާލަ ކިޔާލަ މިހާރު އެގިއްޖެ އައްޑޫ މީޙުންނަކީ މައި ސޯބުން މީ ދުވާލޭ ރޭގަނޑަށް ކިޔައިފިއްޔާ ދުވާލު ކަމަށް ޤަބޫލު ކުރާ މީހުން ތިބި ތަނެއްކަން މަ ނުދެކެން މިހާ ކޮސް ގޮވާ އައްޑޫ މީހެއް ހެއްހެއް

    72
    2
    • Anonymous

      ނިހާދު މެން ހާދަ ފެކޭ ދޯ! ދިވެހި ސަރުކާރުން ޑްރާމާ ކުޅެނީ. ރެއެއްގެ ހަތަރުދަމު މޑޕ ހަރުގޭގަ ސައްލާ ކޮށްގެން މުސްލިމުން ކަމަށް ދައްކަން ޖެހި މަކަރު ފަޅާ އަރާފި. ލަންކާއިން ދެނަހުތިކަމެއް ނޫނޯ! ދޮގުހެދުން މިހުންނަނީ އަމަށަކު ވަރަކަށް ނޫންވިއްޔާ.

      12
    • ހޯރަ

      ދިވެހި ސަރުކާރުން މުސްލިމް ދިވެހި ރައްތިތުންނަށް ގަނާކުރަނީ!

  2. އިބްރާހިމް

    މީ އަނެއްކާ ކޮން މޮޔައެއް..

    57
    1
  3. ސާފުވެއްޖެ

    އިސްލާމްދީނަކީ މައުމޫނެއްވެސްނޫން އަދި ކަލެއެއްވެސް ނޫން މައުމޫނު ފާޅުކުރީ އެކަމުގަ އޭނަދެކޭ ގޮތް މިމައްސަލައަކީ ހަމައެކަނި ދީނީ މައްސަލައެއްވެސްނޫން މާބޮޑުވެގެން ނުތެޅޭ ކަލެއެއްކަމަކު

    93
    2
  4. ބޮކަރު އިސްމާލު

    ނިހާދޫ ކަލޭތީ އަބްދުއްﷲ ޖާބިރުގެ މުއްފަތުން މިއޮއް ހުރިހާދުވަހު ކައިބޮއި އުޅުން ބޯއީއެއް. ކަލޭއަށް މައުމޫނު ހިނގާ މަގަކުންވެސް ނުހިނގޭނެ. މައުމޫނަކީ ދީނީ އިލްމު އުނގެނި ހުރި އުސްތާޒެއް ކަލޭ ތީ އައްޑޫ އަތޮޅު ފޭދޫ ދާއިރާ ރައޔިތުންނަށް އޮޅުވާލައިގެން ވޯޓު ހޯދައިފައި ހުރިި މީހެއް. ދެން ކަލޭގެ ގަޓެއް ހުރިއްޔާ ތި ގޮނޑި ނަގާބަލަަ. މީ ކަލޭގެ ފަހު ދައުރު. ދެން ނިމުނީ..

    35
    • ޙާސިމް

      ކޮބާ ފެނޭ މީހުންގެ ރުޅިވެރިކަން އޮތްވަރު. ޜާކަނި މަސްކެވިފަ ހުންނާނީ

  5. އާދަން

    ސާބަހޭ ނިހާ ދޫ...އައްޑޫ ކަހަލަ ބިންބޮޑެތި ރައްރަށުގަ ލަންކާ ކޮވިޑު މަރު ވަޅުލުމަށް މަވެސް ތާއީ ދު ކުރަން...

    13
    2
  6. ނިހާ

    ޔޫއެންގެ ގޮނޑި އެއް ކާމިޔާބް ކުރުމަށް ރާއްޖޭގެ ފޮރިންމިނިސްޓަރ ކުރައްވަމުންގެންދަވާ މަސައްކަތުގެ އެއްމަރުހަލާ. ދަށްނަވަނ( ކޮވިޑް 19 މަރުވާ އަވަށްޓެރި ސިރީލަންކާގެ މުސްލިމުން ރާއްޖޭގައި ވަލުލުމަށް މަސްވަރާކުރިކަމެއްވެސް ލަންކާގެ ފޮރިންމިނިސްޓަރ އަދި ކެބިނެޓްއަށް ވެސް ނޭންގޭކަމަށްވާއިރު އެކަން އެގޮތަށް ދިވެހި ސަރުކާރުން ހިތުނިޔަތްގަނފިވަރު މަޖިލީސް ތިމެމްބަރގެ އުފަން ބިމުގައި ވަލުލުމަށް ތާއީދުތޯއެވެ؟

    15
  7. ނުތަނަވަސް

    މީކިހާވަރެއްގެ ބޭކަލެއްބާ. އިސްލާމުދީނަކީ ތިމާގެ އަމިއްލަ ބައެއްކަމަށްހަދައިގެން ނުބައިވަސްވާސް ވަދެގެން މިއުޅެނީ: ކަހާ ވަރަކަށް އިސްލާމީޢިލްމުލިބިގެން ކޮންތަކުން ފާސްނަފައިގެން މައުމޫނުގެ މިނިވަން ޚިޔާލަށް ދުންބުރުއްސާކަށް. ހަރަތު މީހަކު ދައްކާ ވާހަކަ އަކީ މުޅި އިސްލާމީ އުންމަތުގެ ރައުޔަކަށްނުވާނެ. ނުރައްކާތެރި ބައްޔެއް ޖެހިގެން ބޭރުޤައުމަކުން މަރުވެގެން ގެންނަބަޔަކު މިޤައުމުގައި ވަޅުކުމަކީ ދީނީޢިލްމުވެރިންގެ ފަތުވައަކުން ކުރެވެނެކަމެއްނޫން. މިއީ މުޅި ދިވެހިރައްޔިތުން ވިސްނަންޖެހޭ ޤައުމީ ކަމެއް. މަޖިލިސް މެމްބަރުކަން ލިބުނީމާ މުޅި ޤައުމުގެ ބާރު ލިބުނީކަމަށް ހީނުކުރޭ. ތިކަމަކަށް މަށެއްވެސް ތާއީދެއް ނުކުރަން. ސާފުވެއްޖެތަ ކަލެއަށް.

    21
  8. ޔާމިން

    އޭމިހެރަބޯބީތާ ބޮޑުބޭބެއާދިމާލައްހިތުހުރިހާއެއްޗެއްތިޔަކިޔަނީތަ

    12
  9. ސުވާލު

    އަންނިއާ މައުމޫނާ މާބޮޑު ތަފާތެއް ނެތް، ދެމިހުންނަކީ އެއްބަފައިގެ ދަރިން.

  10. ބިންގޯ

    އަންނިޔަކީ ކޯޗަކަށް ހެދިގެން އުޅޭ މީހެއްބާ. މައުމޫނު އެވިދާޅުވިގޮތައް އަންނި ވިދާޅުވިނަމަ ކަލޭ ގެ ޓްވިޓަރ ގަ އެކައްޗެއްވެސްނުލިޔާނެ. މޮޔަ. މޮޔަ. ބޮޑު މޮޔަ.

    14
  11. ދުންތަރި

    މީ އަނެއްކާ ކޮން ތާކުން ފައިބައިގެންއައިސްގެންއުޅޭ ރޯނު އެދުރެއްތަ؟ މިކަލޭގެޔަށްހީވަނީ މަޖިލީހުގެ ގޮނޑިލިބުނީމާ ތިމާމީ އެންމެ މޮޅު މީހާކަމަށްތަ؟ބަލަ ކަލެޔަކަށް ދީނީ ގޮތުންމައުމޫނާ ޖަދަލްކުރުރުމުގެ އެއްވެސް އުރަތްޕެއްނެތް މި ޤައުމުގެ ތިބި ޢިލްމުރެވެރިންކަމަށްބުނާ މީހުންވެސް މައުމޫނުގެ ރައުޔަށް ރައްދެއްނުދޭ ދެންތީކާކު މައުމޫނުގެ ދީނީ ރަޢުޔަށް ރައްދުދޭން؟ މި އެމްޑީޕީ ގުންޑާއިންނަށް ހީވާކަހަލަ ތިމަންމެންނޫނީ ބަޔަކު ނެތޭ އެމީހަކު ރައްދުދޭންޖެހޭނީ އެމީހަކުގެ ފެންވަރާގުޅޭ ހިޔާލްތަކަށް މާބޮޑަށް ސައިޒު އޮޅިގެންނޫޅެ

    17
  12. މޫސަ

    އި ސްލާމް ދީނުގެ ކުޑަ މިންވަރެއް ވެ ސް ކަލެއަކަށް ނޭންގޭނެ. ކަލެއަކީ ކަލޭގެ އަންހެނުންނަކީ ވެ ސް ކާކުކަން ނޭންގޭ ވަރުގެ ގަމާރެއް

    16
  13. އާދަން

    މި ވަރުގެ ބޮލުރޮދި ކެޑިފަ ތިބޭ މީހުން މީ...މައުމޫނު ފާޅު ކުރީ ހީޔާލު ފާޅު ކުރުމުގެ ހައްގު... ކަލޭ ދަސްކު ކުރަންވީ ހަޖަމު ކުރަން.. މީދެން ކޮން ކެނައެއް ައަގައަރުވަން.⁰

    23
  14. ހައިރު

    ސިޔާސީ ކަންކަމުގައި މައުމޫނުގެ ވަރަށް ގިނަ ނިންމުތަކާއި އަޅުގަނޑުމެން ޚިޔާލު ތަފާތު. ނަމަވެސް ބުނަންޖެހެނީ ޢިލްމީ ގޮތުން ކަލެއާއި މައުމޫނާ ދެމެދު ހުރި ފަރަގަކީ 1000 އާއި 1 އާއި ދެމެދު ހުރި ފަރަޤު ކަމަށް. ދެން މިވަރުން ކަލޭތީ އަސާސީ ތަޢުލީމީ ފެންވަރު ހުރި މީހެއްވިއްޔާ އެނގޭނެ ކަމަށް އުއްމީދުކުރަން.

    21
  15. ކޮވިޑް

    ކަލޯ ރައީސް މައުމޫނާއި ގެޅިގަނެގެން ނޫޅެ، ޢިލްމީ ގޮތުންވެސް އެމަނިކުފާނުގެ އަރިހުގައި ފަތިގަނޑު ކާއްތާލަންވެސް ކަލޯއަކަށް ނޭގޭނެ . ތިމާއަށް ތިމާ ފެންނަ ކިބުރު ވެރިވީކަށް ކީޔޭ ނުކިޔޭވެސް ނޭގިގެން ތިއުޅެނި ބޮޑާބެ! ސ ފޭދޫ މީހުންނަށް ތިޔައީ ތިފަދަ ގަމާރެއްކަން ކުރިން
    ނޭގުނުކަން ދެރައީ .

    26
  16. ޢަލިބެ

    ހިކިމަސް ލަންކާއަށްއެތެރެކުރެވޭނީ ލަންކާގެ ދިރިތިބި މުސްލިމުންނާ މަރުވާ މުސްލިމުން މިގައުމުގައި ވަޒަންވެރިކަން ނުވަތަ ރަށްވެހިކަންދިނީމަކަންޔަގީނެވެ މިއީވެސް ކޮންމެވެސް ބައެއްގެ ރޭވުމެކެވެ

  17. ބިންގޯ

    އޭ މިހިރަ ބޮޑު ސިންގާ ގަމާރާ ތިޔަ ބޮޑު ސިންގާ ގަމާރަށް އެގޭތަ އިސްލާމް ދީނުގެ އެއްވެސް މިންވަރެއް. ތިޔަގޮޑީގަ އިދެގެން ހިތުން ތިޔަ ދެއްކުނީ ވަރަށް މޮޅުވާހަކަ އެއްކަމަށް އަމިއްލަޔަށް ހީވޭ ދޯ. ނަޓު ގޮލައެއް.

  18. ގަމާރު

    މީ ދެންއަނެއްކާ ކާކު ކުލުޅައްވުރެން ބިސްދޮށިވެގެން ބޮކައްވުރެ އަނގަބޮޑުވެގެން މިއުޅެނީ ކޮންތާކުން އުނގެނިގެންއުޅޭ ރޯނުއެދުރެއް

    10
  19. އަލްޖިބްރާ

    މައުމޫނަށް ކަލޭ ހިތުހުރި ގޮތަކަށް ނިސްބަތްކުރިއަސް ކަލެއަށްވުރެ މައުމޫނު ތަޢުލީމީ ގޮތުން މޮޅުވާނެ ! މައުމޫނު ބުންޏަސް އެއީ ކޮށްގެން ވާނެ ކަމެއް ނޫން !ތިކަމުގައި 100އިން 100އަށް މަުމޫނަށް ތާއިދު!

    11
  20. ބަރުގޮނު

    އަންނިއަށްވެސް އަންނިއަކީ މުޅި ޤާނޫނު އަސާސީ ކަމަށް ހީނުކުރުމަށް އަންގަންވާނެ.

  21. ސިނޯ

    ނިހާދު، މައްސަލަ ތިޔަ އޮޅުވާލައްވަނީ. ނުވަތަ ރައްޔިތުން ތިޔަ އޮޅުވާލައްވަނީ. މާގިނަ ހާސަރުތަކަކަށް މިހާރަކު ޖާގައެއް ނެތް. އެއީ ސްރީ ލަންކާގެ މައްސަލައެއް. ސްރީ ލަންކާ އެއޮތީ މައްސަލަ އެންމެންނަށް ހައްލުކޮށްދީފަ. އެމީހުންގެ ގައުމަށްވެސް، އަހަރެމެންގެ ގައުމަށްވެސް، އަދި އެހެން ހުރިހާ ގަމުތަކަށްވެސް. މައްސަލަ އެއޮތީ ހައްލުވެފަ. ވަކި އިސްތިސްނާއެއްނެތި އެންމެނަށް. މިއީ އެބުނާ ވިންވިން ސިޗުއޭޝަން. ޗާލު، އެހެން ނޫންތޯ؟ ނާކާމިޔާބުވީ ޝައިޠާނާއަށް. މައުމމޫނަށް ތިޔަ ރައްދުކުރެއްވި އިހާނެތި ބަސްތަކަށް މާފު އެދިވަޑައިގަންނަވާ

  22. މަހަސޭނު

    ކަލޭތީ ހަމައެކައްޗެއްވެސް އެގޭމީހެއްނޫނޭ

  23. ދާންދޫމީހާ

    އެދުވަސްވަރު އަހަރެންނައްވެސް ތިބުނާބިރަކާއެކު އުޅުމުގެ ފުރުސަތުލިބުނު އޭނަވަރު ބޮޑާމީހަކު އަހަރެން ނުދެކެން އޭނަޔަށް ހުންނަނީ އޭނަފެނިފާ މީނަ މައުމޫނާ ގެޅިގެން އުޅޭއިރު މައުމޫނު ހިންގެވި މަގަކައްވެސް މީނަނާރުވާނެ އަހަރެން ދަންނަ ބައެއްމީހުން އެރަށުގައުޅޭނެ އެމީހުންބުނީ މީނަ ކިތައްމެވަރަކަށް ފައިސާބެއްސަސް ތިމަންނަމެން ދެންހޮވާނީ އިބުރާހިމްދީ ކަމައް

  24. އަބްދޫ

    މިސަރުކާރުން ނިންމާފަވަނީ ކޭލަކުނު ލަންކާ އަށް ދިެްއްފުށިމާދޫ އިންޑިޔާ އަށް ކޮވިޑް ގަ މަރުވާ މުސްލިމުންގެ ނަމުގަ ވިއްކާލަން.

  25. ވަކަރަގޭދަރިއެ

    ތަކީ ދީނީގޮތުން މައުމޫނުއައް ފާޑަކިއޭ
    ފެންވަރަހިށިމީހައްނުން

  26. ރޯދަމުބާރަކް!

    ތިޔަ އިއްޒަތްތެރި މެމްބަރު ހޯއްދަވަނީ ކޮން ދުނިޔެއެއް ބާ؟

  27. ރަދީފް

    އޯ ނިހާދު.ތަކީ މައުމޫނަށް ބަސް ބެނޭނެ ފެންވަރި މީހަށް ނުން.ތަކީ ތޭ ކޮން ސްކޫލަކުން ކިޔެވި މީހަށް؟ ތަކީ ލޯންޑްރީ ބޯއިއަށް.އެހެންވީމެއި ތޯ މަޑުން ހިށު.ވ.ވެދުން

  28. މުސްޠަފާ

    ނިހަދް ލާރޮޅެއް ލިބުނީމަ ހާދަ އުހަށް އަރާ ތި އުޅުއްވަނީ. މާދަމާ ވެއްޓި ފާ ބަނބުކޭލެއްފަދައިން ޗިސްވާތަން ބަލަން މިތިބީ. ދެން ކަލެއަށް ވޯޓް ދޭނޭ މީހުން ތިބީ ވަރަށް މަދުން